އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް--
ހަބަރު
09 Oct 2023 | 16:04
އައު ސަރުކާރަށް ޖެއްސުންކޮށް ފުރައްސާރައެއް ނުކުރާނަން؛ އެއްބާރުލުން ދޭނަން: އަސްލަމް

އިންތިޚާބީ ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާ އަދި ޖެއްސުންކޮށް، ފުރައްސާރަ ނުކުރާނެ ކަމަށް އެމްޑީޕީގެ ޕަރލިމެންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ، އެޕާޓީގެ މަސްޢޫލިއްޔަތަކީ އައު ސަރުކާރު ޒިންމާދާރުކުރުވުންކަމަށެވެ. އަދި މަޖިލީހުން ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސް ކުރުން ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، ބަޖެޓް ފާސް ކުރުމުގައި އަލަށް އިންތިޚާބު ވެފައިވާ ރައީސުލްޖުމްހޫރިއްޔާއާއި އާ ސަރުކާރުން ބޭނުންވާ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އެކަންކަމުގައި އާ ސަރުކާރުގެ މަސައްކަތްތަކަށް ދަތިކޮށް ހުރަސްއެޅުމަކީ، އެއްވެސް ޙާލެއްގައި އެމްޑީޕީގެ ރޫޙެއް ނޫންކަމަށްވެސް އަސްލަމް ވިދާޅުވެފައެވެ.

"ބަޖެޓު އެކުލަވަން ކުރާ މަސައްކަތުގައި އައު ސަރުކާރަށް ދަތިކުރުމުގެ ރޫހެއް ނެތް. ޖެއްސުންކޮށް ފުރައްސާރައެއް ނުކުރާނަން. ފުރިހަމަ އެއްބާރުލުން ލިބޭނެ." 

މުހައްމަދު އަސްލަމް

މީގެއިތުރުން، އިންތިޚާބީ ރައީސުލްޖުމްހޫރިޔާ ހުވާ ކުރުމުގެ ރަސްމިއްޔާތަށް ބޭނުންވާ އެއްބާރުލުންވެސް ދެއްވާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ބަޖެޓް އެކުލަވާލުމުގެ ކަންކަމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ވަނީ މަސައްކަތްތައް ފައްޓަވާފައެވެ. އެގޮތުން ދަޢުލަތުން މިހާރު ފަށައިގެން ކުރިއަށްގެންދާ މަސައްކަތްތަކާއި، މާލީ ތަފްސީލްތައް އެއްކުރުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ.

ޑރ. މުއިއްޒުގެ ސަރުކާރު އެކުލަވާލައި އައްޔަން ކުރައްވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދެއްވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ކެބިނެޓަށް ރުހުން ދެއްވުމާއި އަދިވެސް މަޖިލިސް ތެރެއިން ޤާނޫނު ތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި އިންތިޚާބީ ރައީސް ޑރ. މުއިއްޒު ވަނީ މަޖިލީހުގެ އެއްބާރުލުން ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.