ޣައްޒާގައި ވެއްޓުފައިވާ ޢިމާރާތްތެއްގެ ކައިރި. ފޮޓޯ: ފަލަސްތީނުގައި ހަރަކާތްތެރިވާ ވޮއިސް މުރާސިލް
ހަބަރު
09 Oct 2023 | 17:22
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: އިޒްރާއިލުން ޣައްޒާއަށް އަސާސީ ޚިދްމަތްތައް ނުލިބޭ ގޮތައް ބަންދުކޮށްފި

ފަލަސްޠީނުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ހަމާސް އާއި އިޒްރާއިލްގެ ހަނގުރާމައިގެ ތެރެއިން އިޒްރާއިލްގެ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާ ޚިދްމަތްތަކުން މަޙްރޫމް ކޮށް ބަންދުކޮށްފިއެވެ.

އިޒްރާއިލްގެ ޔަހޫދީން ބުނެފައިވަނީ ޣައްޒާއަށް ކާބޯތަކެއްޗާއި ފެނާއި ކަރަންޓު ފަދަ އަސާސީ ޚިދްމަތްތައް ނުލިބޭ ގޮތައް ބަންދު ކޮށްފައިވާ ކަމަށެވެ.

އިޒްރާއިލްގެ ޑިފެންސް މިނިސްޓަރ ބުނެފައިވަނީ ޣައްޒާއަށް ދޫކޮށްފައިވަ ކަރަންޓާއި ފެން އަދި ކާބޯތަކެތި ލިބޭ މަގުތައް ބަންދު ކޮށްފައިވާ ކަމަށެވެ.

ޣައްޒާގެ ވައިގެ ސަރަހައްދާއި ޣައްޒާއަށް ވަދެވޭ ތިން ބޯޑަރުގެ ތެރެއިން ދެ ބޯޑަރު ކޮންޓްރޯލް ކުރަނީ އިޒްރާއިލުންނެވެ. ތިންވަނަ ބޯޑަރަކީ މިޞްރުގެ ބެލުމުގެ ދަށުގައި އޮންނަ ތަނެކެވެ.

"އަހަރެމެން ޣައްޒާ އެއްކޮށް ބަންދު ކުރަނީމި، ފެންވެސް، ތެޔޮވެސް، ކަރަންޓުވެސް، ގޭސްވެސް، ކާބޯތަކެތިވެސް، ހުރިހާއެއްޗެއް ބަންދު، އަހަރެމެން ޣައްޒާ އެއްކޮށް ބަންދުކޮށްލީމި" އިޒްރާއިލްގެ ޑިފެންސް މިނިސްޓަރ  ބުނެފައިވެއެވެ.

ފަލަސްޠީނުގެ ހަނގުރަމަ ވެރިން ދިން އިޒްރާއިލްގެ ޔަހޫދީން ސިއްސައިގެން ދިޔަ ހަމަލާ ތަކުގެ ރައްދެއްގެ ގޮތުގައި އިޒްރާއިލުން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގެ އަމާޒަކަށް ހަދައިފައިވަނީ ފަލަސްޠީނުގެ ޢާންމުން ދިރިއުޅޭ ތަންތަނެވެ.

އިޒްރާއިލްގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 436 މީހުން ޝަހީދު ވެފައިވާއިރު އޭގެ ތެރޭގައި 91 ކުޑަކުދިންނާއި 61 އަންހެނަކު ހިމެނެއެވެ.

އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ މީހުންގެ ޢަދަދު 2200 އިން މައްޗަށް އަރައިގެން ގޮސްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.