މަޖިލީހުގެ ރިޔާސަތުގައި އީވާ އަބްދުﷲ/ ފޮޓޯ: މަޖިލިސް
ހަބަރު
10 Oct 2023 | 11:31
މަޖިލީހުގެ ނިޒާމު ގެއްލުވާލާ، އެމްޑީޕީ މެމްބަރުން ޖަލްސާ ދޫކުރައްވާ ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ނިޒާމު ގެއްލުވާލާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ޖަލްސާ ދޫކުރައްވާ ވަޑައިގެންފި އެވެ. 

މިއަދު ކުރިއަށް ދަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާއެވެ. މި ޖަލްސާ ފެށިގެން ދިޔައިރު އޮނަތިރީސް މެމްބަރުން މަޖިލީހަށް ހާޒިރުވެތިއްބެވިކަން ރިޔާސަތުން ވަނީ ހާމަކުރައްވާފަ އެވެ. 

މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ވާހަކަދެކެވުނީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށައަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2\2022 (ކުނި މެނޭޖުކުރުމުގެ ޤާނޫނު) އަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމެވެ. 

މި އިސްލާހަށް ބަހުސްކެއްވި އެންމެ ފަހު މެމްބަރު ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އަބްދުالله ޝަފީގު ވާހަކަދައްކަވަމުން ވަނީ ކުނި މެނޭޖުކުރުމުގެ ޤާނޫނަށް ހުށައެޅި އިސްލާހުގެ މަސައްކަތް ލަސްވެގެން ދިޔައީ ރިޔާސަތުން ޒިންމާދާރުކަމާއެކު މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ނުދޭތީކަން ފާހަގަކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

މެމްބަރު ޝަފީގު ވާހަކަދައްކަވަމުން ދަނިކޮށް މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ ނުގުތާއެއް ނަންގަވާ އެމްޑީޕީގެ މެމްބަރުން ޖަލްސާތަކަށް ވަޑައިނުގެންނެވުމުގެ ސަބަބުން މަޖިލީހުގެ ކޯރަމް ހަމަނުވެ އެތައް ޖަލްސާއެއް ނުބޭއްވި ކެންސަލްކުރަން ޖެހިފައިވާކަން ހަނދާންކޮށްދެއްވާފަ އެވެ. 

އަލީ އާޒިމްގެ އެ ވާހަކަތަކަށް ރައްދުދިނުމަށް މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އީސަ ނިޒާމީ ނުގުތާއެއް ނަންގަވާ އެޔަށް ރައްދުދެއްވިއެވެ. އެވަގުތު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުالله ވަނީ އެ ދެބޭފުޅުންގެ ނިޒާމީ ނުގުތާވެސް ބަލައިނުގަންނަކަން ހާމަކުރައްވާ އިސްލާހަށް ވާހަކަދެއްކެވުން ކުރިއަށް ގެންދެވުމަށް މެމްބަރު ޝަފީގުގެ އަރިހުން އެދިވަޑައިގެންފި އެވެ. 

އަލީ އާޒިމް މަޖިލީހުގައި ވާހަކަދައްކަވަނީ

އެހެން ނަމަވެސް އީސަ ތަކުރާރުކޮށް ނިޒާމީ ނުކުތާއަށް އެދިވަޑައިގަންނަމުން ދިޔައެވެ. އަދި ނިޒާމީ ނުކުތާ ނުދީ މަޖިލީހުގެ ރިޔާސަތުން ޖަލްސާ ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވަމުން ގެންދެވިއެވެ. 

އެފަހުން މަޖިލީހުގެ ނައިބު ރައީސާ އީވާ ވަނީ ކުނިމެނޭޖުކުރުމުގެ ޤާނޫނަށް ހުށައެޅި އިސްލާހުގެ ބަހުސް ނިންމަވާލެއްވުމަށްފަހު އީސައަށް ފުރުސަތު އަރުވާފައެވެ. އެ ފުރުސަތުގައި އީސަ ވަނީ ވާހަކަފުޅުވެސް ދައްކަވާފަ އެވެ. އަދި މަޖިލީހުގެ ރިޔާސަތުން ޖަލްސާ ކުރިއަށް ގެންދިއުމުގައި ތަފާތުކުރުންތައް ގެންގުޅޭކަން ފާހަގަކުރައްވާ ނުރުހުން ފާޅުކުރައްވާފަ އެވެ. 

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެމްބަރު ސަނީފް ވެސް މަޖިލީހުގެ ރިޔާސަތު އީވާ ބަލަހައްޓަވަމުން ގެންދަވާގޮތަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފަ އެވެ. 

އެފަހުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށައަޅުއްވާފައިވާ އިންޑަސްޓްރިއަލް ރިލޭޝަންސްއާއި ބެހޭ ބިލުގެ ބަހުސް ފެއްޓުމާއެކު މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވަނީ ޖަލްސާ ދޫކުރައްވާ ވަޑައިގެންފައެވެ. އެކަން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ރިޔާސަތުގެ ސަމާލުކަމަށް ގެންނެވިއެވެ. 

ރިޔާސަތުން ވެސް ވަނީ ނިޒާމު ގެއްލުވާލާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ޖަލްސާ ދޫކުރައްވާ ވަޑައިގެންފައިވާކަން ރިޔާސަތުގެ ސަމާލުކަމަށް އައިސްފައިވާކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް އީވާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.