މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް-- ފޮޓޯ/ މަޖިލިސް
ހަބަރު
11 Oct 2023 | 10:26
އިންތިގާލީ މަރުހަލާގައި މަގާމްތަކަށް އިތުރު މީހުން ނުނެގޭ ގޮތަށް މަޖިލީހުން އަމުރެއް ނެރެން ޖެހޭ: އާޒިމް

ވެރިކަން ބަދަލުވާ މަރުހަލާގައި މަގާމް ތަކަށް އިތުރު މީހުން ނެގުން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުން އަމުރެއް ނެރެދޭންޖެހޭ ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަދި ދަ ޑިމޮކްރެޓްސް ގެ ޕީޖީ ލީޑަރު ޢަލީ ޢާޒިމް ވިދާޅުވެއްޖެއެވެ. 

އިންތިޤާލީ މަރުހަލާ ފަށައިގެން މިހާރު ކުރިއަށް ގެންދާއިރު، ސަރުކާރުން މި ވަގުތު ހަތް ކަމެއް މަޑުޖައްސާލަން އެދިވަޑައިގެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޓީފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް މިމަހު 5 ވަނަ ދުވަހު ވަނީ ފޮނުއްވާފައެވެ. 

އެގޮތުން އެދިލެއްވި ކަންކަމުގެ ތެރޭގައި، ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަޤާމުގެ ކުރިއެރުން ނުދިނުން ހިމެނެއެވެ. 

އެހެންނަމަވެސް، އިއްޔެވެސް ރައީސް ޞާލިހު ވަނީ ޕާކިސްތާނަށް އައު ސަފީރަކު ނަގަން ސަފީރަށް ރުހުން ހޯދަން މަޖިލީހަށް ފޮނުއްވާފައެވެ. އެގޮތުން ރައީސް ޞާލިހު މަޖިލީހަށް ފޮނުއްވި ސިޓީ، އަމީން އިއްވެވުމާއި އެކު ޢާޒިމް ވަނީ ނިޒާމީ ނުކުތާ ނަންގަވައި އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

"އިއްޔެ (ސަފީރެއްގެ ރުހުން ހޯދަން) އަޅުގަނޑުމެންނަށް ސިޓީ ލިބުން އެއީ ޑިމޮކްރެޓިކް ގައުމު ތަކުގައި، އަދި އެހެން ކުރި އަރާފައިވާ ގައުމު ތަކުގައި ކަންކުރާ ގޮތެއް ނޫން. އިންތިޚާބަކުން ބަލިވީމާ ދެން އޮންނާނީ ވެރިކަން ފޮރޮޅާލުމުގެ ފަސޭހަތަށް ދެން އޮތް ފަރާތަކަށް ދިނުން."

ޢަލީ ޢާޒިމް

ޢާޒިމް ވިދާޅުވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު، ވެރިކަން ބަދަލުވާ މަރުހަލާގައި އައު ވަޒީފާތަކަށް މީހުން ނެގުމުގެ ކަންކަން ހިނގާއިރު, ގާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ބާރުގެ ބޭނުން ކޮށްގެން އެފަދަ ކަންކަން ނުކުރެވޭ ގޮތަށް އަމުރެއް ނެރެން ޖެހޭ ކަމަށެވެ. 

ގާނޫނު އަސާސީގެ 94 ވަނަ މާއްދާގައި އެބައޮތް ރައްޔިތުންގެ މަޖިލީހަށް ކުރެވިދާނެ ކަމެއް. ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު މިކަންކަން ތަކުރާރުވަމުންދާއިރު, އަޅުގަނޑުމެން އެބަ ޖެހޭ، އަމުރެއް ނެރެން. މިފަދަ ކަންކަން (މަގާމުތަކަށް އައު މީހުން ނެރުން ފަދަ ކަންކަން) ނުކުރުމަށް. 

ޢަލީ ޢާޒިމް

 ޢާޒިމްގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވެސް ވަނީ އައު ސަފީރުން ނަގާތީ އެކަމާއި މެދު ނުރުހުން ފާޅު ކުރައްވާފައެވެ. އަދި ރިޔާސީ ނިޒާމެއްގައި އެފަދައިން ކަންކަން ނުކުރެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
އަލީބެ
އިންތިގާލީ މަރުހަލާގަ ރައީސް އޮންނަންޖެހެނީ އަންހެނުންގާތުގައޭ ބުނީކާކު؟
11 Oct 2023
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް