ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރަނީ/ ފޮޓޯ: ދެން
ހަބަރު
11 Oct 2023 | 11:25
2025 ގެ ނިޔަލަށް ތިލަމާލެ ބްރިޖަށް 3 ބިލިއަން ޚަރަދުވާނެ ކަމަށް ލަފާކޮށްފި!

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން އިއުލާނުކުރި އެންމެ ބޮޑު މަޝްރޫއުކަމަށްވާ ތިލަމާލެ ކަނެކްޓިވިޓީ މަޝްރޫއުއަށް 2025 ގެ ނިޔަލަށް ތިން ބިލިއަން ރުފިޔާއަށްވުރެ ގިނައިން ޚަރަދުވާނެކަމަށް ސަރުކާރުގެ ރަސްމީ ހިސާބުތަކުން ދައްކައިފި އެވެ. 

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ކުރިއަށް އޮތް ދެ އަހަރަށް ސަރުކާރުން ހިންގަން ރާވާފައިވާ 5 މަޝްރޫއަކަށް ބަޖެޓުން ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރެއިން އެންމެ ބޮޑު ޚަރަދެއްކުރަން ކަނޑައަޅާފައިވަނީ ތިލަމާލެ ބްރިޖަށެވެ. 

އެގޮތުން 2023 ވަނަ އަހަރުގެ ބަޖެޓުގައި ތިލަމާލެ ބްރިޖަށް 543.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، 2024 ވަަނަ އަހަރަށް 1181.7 ބިލިއަން ރުފިޔާ އަދި 2025 ގައި 2358.9 ބިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ބަޖެޓުކުރެވިފަ އެވެ. 

ތިލަމާލެ ބްރިޖުގެ މަޝްރޫއަކީ އިންޑިއާއިން 500 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން އަދި ދައުލަތުގެ ބަޖެޓުންވެސް ބޮޑު ޚަރަދެއްކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މީ ރައީސް ޞާލިހުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރު ނިންމާނެކަމަށް ވައުދުވި މަޝްރޫއެކެވެ.

އެހެން ނަމަވެސް އެ މަޝްރޫއު ނިންމާލެވިފައި ނުވާއިރު، އެކަށީގެންވާ ހަލުވި މިނުގައި މަޝްރޫއު ކުރިއަށް ނުދާތީ ގިނަ ފާޑުކިޔުންތަކެއް ވެސް ރައީސް ޞާލިހަށް ވަނީ އަމާޒުވެގެން ގޮސްފައެވެ. 

ބަޖެޓުން ބޮޑު ޚަރަދެއް ކުރުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި:

1- އެރައިސް ޕްރޮޖެކްޓް

2- ވީއައިއޭ ޓާމިނަލް މަޝްރޫއު

3- ފެނާއި ނަރުދަމާގެ ޕްރޮޖެކްޓު

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޯންސް އިންފްރާސްޓްރަކްޗާ ކުންފުންޏާއި ހަވާލުކޮށްގެން ނެވެ. ތިލަމާލެ ބްރިޖުގެ މަސައްކަތަށް ގުޅިފަޅާއި މާލޭގައި 1500 މީހުން މަސައްކަތް ކުރަމުން ދާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.