މެމްބަރު ޠާރިގު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
11 Oct 2023 | 13:08
ސަރުކާރުގެ އިސްލާހުން ސިޔާސީ ނުފޫޒުން ޖޭއެސްސީ މިނިވަންވާނެ ގޮތެއް ނުފެނޭ: ޠާރިގު

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން، ހިތަދޫ އުތުރުދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށައަޅާފައިވާ އިސްލާހު އޮތްގޮތުން ޖޭއެސްސީ ސިޔާސީ ނުފޫޒުތަކުން މިނިވަންވާތަން ފެނިވަޑައިނުގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެ އެވެ. 

ޠާރިގު މިފަދައިން ވިދާޅުވެފައި ވަނީ ޖޭއެސްސީގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުންނެވެ. 

ތާރިގު ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮސިޝަނަށް ތިންފަހަރު މަތިން އިސްލާހު ހުށައެޅި ނަމަވެސް އެމްޑީޕީން އެ އިސްލާހުތައް ބޭރުކޮށްލާފައި ވާއިރު، އެ އިސްލާހުތަކަކީ ވަރަށް ގިނަ ގޮތްގޮތަށް ބެލުމަށް ފަހު، ޤާނޫނީ ގޮތުން ފުންނާބު އުސް ފަރާތްތަކާއި، ފެހި ޤާނޫނު އަސާސީ އެކުލަވާލިއިރު ޚާއްސަ މަޖިލީހުގައި ތިއްބެވި ބައެއް މެމްބަރުންނާއި ވެސް މަޝްވަރާ ކުރުމަށްފަހު ހުށައެޅި އިސްލާހުތަކެއް ކަމަށެވެ. 

އެ އިސްލާހުތަކުގައި ޖޭއެސްސީގެ ކޮމްޕޮސިޝަނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް ޖޭއެސްސީގައި ނުހިމެނުމަށް ނިންމާ، އޭގެ ބަދަލުގައި ލެކްޗަރާއިންނާއި، އެހެން ސެކްޓާތަކަށް ނިސްބަތްވާ ފަރާތްތައް ހިމެނުމަށް ހުށައަޅާފައިވާނެކަމަށް ތާރިގު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭގެ ބޭނުމަކީ ސިޔާސީ ނުފޫޒުތަކުން އެ ކޮމިޝަން މިނިވަންކުރުން ކަމަށެވެ.

އެހެން ނަމަވެސް އޭރު އެމަނިކުފާނު ހުށައެޅި އިސްލާހުތައް ބޭރުކޮށްލުމަށްފަހު، މިހާރު ސަރުކާރުން ހުށައަޅާފައިވާ އިސްލާހުގައި ހުރި ކަންކަމަށް ބަލާއިރު، ޖޭއެސްސީ އިސްލާހުކުރުމަށް ސަރުކާރުން ހުށައަޅާ މަޤްސަދު ހާސިލް ނުވާކަމަށް ތާރިގު ވިދާޅުވި އެވެ. އަދި މިހާރު ސަރުކާރުން ހުށައަޅާފައިވާ އިސްލާހު ފާސްކުރިޔަސް ޖޭއެސްސީއަށް އޮންނަ ސިޔާސީ ނުފޫޒުތަކުން އެ ކޮމިޝަން މިނިވަންވާނެކަމަށް ދެކިވަޑައިނުގަންނަވާކަމަށް ޠާރިގު ވިދާޅުވި އެވެ. 

"ސަރުކާރުގެ ނިޔަތް ނެތުމާއެކު، ސަރުކާރަށް ނިސްބަތްވާ 65 މެމްބަރުން ރައްޔިތުން އިންތިޚާބުކޮށްދީފައި، ދައުރުނިމެން 15 ވަރަކަށް ދުވަހަށްވީމަ، ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮސިޝަން ބަދަލުކުރަން މިގަޑީގައި ސަރުކާރަށް އެ ބާރު )ގާނޫނު އަސާސީ ބަދަލުކުރުމުގެ މެޖޯރިޓީ) ސަރުކާރަށް ނެތިމެ، މި ތަނަށް އެއްޗެއް ހުށައެޅީ ހަމައެކަނި ނަމެއްގައި މިކަން ކުރުމަށް" 

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ޠާރިގު

މެމްބަރު ޠާރިގުގެ ވާހަކައިގައި ވަނީ ޝަރުއީ ދާއިރާ އިސްލާހުކުރުމާއި ގުޅޭ އެހާ މުހިންމު އިސްލާހެއް އެމްޑީޕީގެ ވެރިކަން ނިމެން މަސްދުވަހަށް ކުޑަވުމުން ހުށައެޅި ހުށައެޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. 

އެގޮތުން ޠާރިގު ވިދާޅުވީ ޖޭއެސްސީގެ ކޮމްޕޮސިޝަން ބަދަލުކޮށް އެ ކޮމިޝަން ސިޔާސީ ނުފޫޒުތަކުން މިނިވަންކުރުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އަދި އެއީ ވެރިކަމަށް ހުވާކުރައްވާތާ ފުރަތަމަ 100 ދުވަސްތެރޭ ކުރައްވާނެ ކަންކަމުގެ ތެރޭގައި ވެސް ހިމަނުއްވާފައިވާ ވައުދެއް ކަމަށެވެ. 

ރައީސް ޞާލިހުގެ އެ ވައުދުފުޅު ފުއްދުމަށް އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާއިރު، އެކަން ކުރުމަށް ހުށައެޅި އިސްލާހުތައްވެސް ބޭރުކޮށްލާފައިވާކަން ޠާރިގު ވަނީ ހަނދާން އާކޮށްދެއްވާފަ އެވެ. އަދި ޖޭއެސްސީ އިސްލާހުކުރުމުގެ ނަމުގައި މިހާރު ހުށައަޅާފައިވަނީ ނަމެއްގައި އޮތް އިސްލާހެއް ކަމަށް ޠާރިގު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.