ހަބަރު
12 Oct 2023 | 13:23
"ފަލަސްޠީނާއެކު" ފޯރަމް ހިމެނޭހެން ފަލަސްތީނަށް އެހީވުމަށް ދަނގެތީގައި ގިނަ ހަރަކާތްތަކެއް!

ޒަޔަނިސްޓު ޔަހޫދީން ފަލަސްތީނުގައި ހިންގަމުންދާ އުދުވާނު ތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވެ، ފަލަސްތީނާއި ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުމަށް އދ ދަނގެތީގައި ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.

ފަލަސްޠީނުގެ ހައްގުގައި، އެ ގައުމުގައި ދިރިއުޅެމުންދާ މުސްލިމުންނަށް އެހީވުމަށް މާދަމާ ދަނގެތީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކާ ގުޅޭގޮތުން މި ހަރަކާތް ތަކުގެ ބައިވެރިއެއް ކަމަށްވާ ޖަމިއްޔަތުލް ގަލަމްގެ ރައީސް އައްޝައިޚް އަހުމަދު ފަޒާދު ވިދާޅުވީ، ފަލަސްޠީނަށް އެހީވުމަށް ފަންޑު ހޯދުމަށް މާދަމާ މައިގަނޑު ތިން ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން، މާދަމާ ހަވީރު "ދަނގެތި ރައްޔިތުން ފަލަސްޠީނާއެކު" ނަމުގައި ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހިނގާލުން ނިންމާލަމުން އެ ރަށު އޯޕަން ސްޓޭޖް ސަރަހައްދުގައި ފަންޑު ފޮށްޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މި ހިނގާލުމުގެ ތެރެއިންނާއި، ފަންޑު ފޮށި ބެހެއްޓުމަށްފަހުގައިވެސް ފަލަސްތީނާއި ގުޅިގެން ޝުޢޫރުތައް ފާޅުކުރުން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ރަށުގެ ބަނދަރުގައި، ފަލަސްޠީނުގެ ބޮޑު ދިދައެއްވެސް ނެގުމަށް ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.

ހަވީރުގެ ހަރަކާތްތަކުގެ އިތުރުން، މާދަމާ ރޭގެ 8:45 ގައި ދަނގެތީ އޯޕަން ސްޓޭޖް ސަރަހައްދުގައި "ފަލަސްތީނާއެކު" ނަމުގައި ފޯރަމެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފޯރަމްގައި ފަލަސްތީނާއި ގުޅޭ ތާރީޚީ މައުލޫމާތު ތަކާއި، އެ ގައުމުގެ މިއަދުގެ ހާލަތަށް އަލި އަޅުވާލައްވައި ވާހަކަ ދައްކަވާނީ، އައްޝައިޚް އަހުމަދު ސަމީރާއި އައްޝައިޚް މުޖުތަބާ ހަމީދެވެ. އަދި ފޯރަމްގެ ޕްރެޒެންޓަރ އެއްގެ ގޮތުން ބައިވެރިވެވަޑައިގަންނަވާނީ ޕްރެޒެންޓަރ އަހުމަދު ހަމީދު އާދަމް އެވެ. ފަލަސްޠީނާއެކު މި ފޯރަމްގައި ދަނގެތީ ގްރޭޑް 6 އިން ފެށިގެން މަތީގެ ދަރިވަރުން ބައިވެރި ކުރުވުމަށް ނިންމާފައިވާއިރު، ރަށުގެ އެންމެހާ ރައްޔިތުންނަށް ފޯރަމް ވަނީ ހުޅުވާލާފައެވެ.

މި ފޯރަމަކީ "ދާރިސް ޓީވީ" އާއި "ޖަމިއްޔަތުއްސަލަފް" އާއި ގުޅިގެން ހިންގޭ ފޯރަމެކެވެ.

ފަލަސްތީނަށް އެހީވުމަށް ދަނގެތީގައި ހިންގޭ މި ހަރަކާތްތަކަކީ، ދަނގެތީ ކައުންސިލްގެ އިދާރާ އާއި، ޖަމިއްޔަތުލް ގަލަމް، ޖަމިއްޔަތުލް އަންވާރުގެ އިތުރުން، ދަނގެތީ ހެލްތު ސެންޓަރު، ދަނގެތީ ސުކޫލް އަދި ދަނގެތީ ސްޓެލްކޯ ބައިވެރިވެގެން ހިންގޭ ހަރަކާތްތަކެވެ.

މި ހަރަކާތުން ލިބޭ ހުރިހާ ފައިސާ އިންޓަނޭޝަނަލް އެއިޑް ކެންޕެއިން (އައިއޭސީ) އިން ފަލަސްތީނަށް އެހީވުމަށް ކުރަމުންދާ މަސައްކަތަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ. 

ދަނގެތީގެ އިތުރުން ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅު ތަކެއްގައި ވެސް ފަލަސްޠީނަށް އެހީވުމަށް މާދަމާ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ހައްދުފަހަނައެޅި ހަރުކަށި ޔަހޫދީން ފަލަސްޠީނުގައި ހިންގަމުންދާ ގަތުލު ޢާއްމު ތަކާއި ގުޅޭގޮތުން ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ނެރުނު އަދާހަމައިގައި ވާގޮތުން، އިއްޔެގެ 2:00 ގެ ނިޔަލަށް، ފަލަސްތީނުގެ 1100 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި 326 ކުޑަކުއްޖަކު ހިމެނޭއިރު 171 އަންހެނަކު ހިމެނެއެވެ.

އަދި އެކިވަރުގެ އެކި ކަހަލަ ޒަޚަމްތައް ލިބުނު މީހުންގެ ޢަދަދު 5339 އަކަށް އަރާއިރު، 14 މެޑިކަލް ފެސިލިޓީއަކަށް ބޮން އެޅުމުގެ ސަބަބުން ވަނީ ހަލާކުވެފައެވެ. ޝަހީދުވި މީހުންގެ ތެރޭގައި ސިއްޚީ ޚިދްމަތްތެރިންގެ 10 މީހަކުވެސް ވަނީ ހިމެނިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.