ސިވިލް ކޯޓު
ހަބަރު
12 Oct 2023 | 20:27
އަމިއްލަ ކުންފުންޏަކަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ލިލީގެ މައްޗަށް ހުކުމް ކޮށްފި!

އެމްކޭޓީ ކެޕިޓަލް ކިޔާ އަމިއްލަ ކުންފުންޏަކަށް 650،000 އަށް ވުރެ ގިނަ ޑޮލަރު (10 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ދައްކަން ލިލީ އެންޓަޕްރައިސަސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލަ އަކީ، އެމްކޭޓީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއް މެދުވެރިކޮށް ލިލީ އެންޓަޕްރައިސަސް އިން އެއް މިލިއަން އެއް ލައްކަ (-/1,100,000$) އެމެރިކާ ޑޮލަރު ގަތުމަށްފަހު އެމްކޭޓީ ކެޕިޓަލް އަށް ހަ ލައްކަ ފަންސާސް ހާސް ޑޮލަރު ނުދައްކާ އޮތުމުން، އެ ފައިސާ ހޯދުމަށް އެދި ދައުވާ ކޮށްފައިވާ މައްސަލަ އެކެވެ. 

މި މައްސަލާގައި ދައުވާ ކުރި އެމްކޭޓީ ކެޕިޓަލް ޕްރައިވެޓް ލިމިޓެޑް އިން ބުނެފައިވާ ގޮތުގައި އެ ނުލިބިވާ ފައިސާ ހޯދުމަށް އެތައް ފަހަރެއްގެ މަތިން ލިލީ އަށް އެންގުމުން ވެސް ލިބިފައެއް ނުވެއެވެ. 

އެހެންކަމުން އެފައިސާ ނުލިބުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި، ދިހަ މިލިއަން ހަތަރުލައްކަ ހަތްހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރު ހޯދުމަށާއި، އެކު ޖުމްލަ އެގާރަ މިލިއަން ފަސްލައްކަ ހަތްދިހަ ހާސް ފަސްސަތޭކަ އެމެރިކާ ޑޮލަރަށްވާ ފައިސާ އާއި ގާނޫނީ ޚަރަދުގެ ގޮތުގައި 15,000 ރުފިޔާ ލިލީ އަތުން ހޯދުމަށް ވެސް އެމްކޭޓީ ކުންފުނިން ދައުވާކޮށްފައި ވެއެވެ. 

ސިވިލް ކޯޓުން މި މައްސަލަ ބެއްލެވި ގާޒީ ވަނީ އެމްކޭޓީ ކެޕިޓަލް މެދުވެރިކޮށް ލިލީ އިން ގަނެފައިވާ، 650،000 ޑޮލަރު ނަގުދު ފައިސާއިން ދިން ކަމަށް ލިލީއިން ބުންޏަސް، އެކަން ސާބިތުކޮށް ނުދެވޭ ކަމަށް ކަނޑައަޅުއްވާފައެވެ. އެހެންކަމުން، އެ ފައިސާ މިއަދުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި ދައްކަން ލިލީ އަށް ވަނީ ހުކުމް ކޮށްފައެވެ. 

މީގެ އިތުރުން، އެ ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި 10.4 މިލިއަން ޑޮލަރާއި ގާނޫނީ ފީގެ ގޮތުގައި 15,000 ނަގައިދޭން އެމްކޭޓީ ކެޕިޓަލް އިން އެދިފައި ވީ ނަމަވެސް ސިވިލް ކޯޓުން ނިންމީ އެ ފައިސާ ނަގައި ނުދެވޭނެ ކަމަށެވެ.

މީގެ ކުރިންވެސް އާންމު ވިޔަފާރިވެރި އަކަށް 9.3 މިލިއަން ރުފިޔާ ދައްކަން ލިލީ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ މަައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.