އާސަންދަ އަދި އެންސްޕާގެ އޮފީސް/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
14 Oct 2023 | 11:55
އެންސްޕާއިން އިތުރަށް 198 މިލިއަން، އާސަންދައިން 487 މިލިއަން ޚަރަދުކޮށްފި

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އަދި އާސަންދައަށް މިއަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެ އިތުރަށް ބޮޑެތި ޚަރަދުތަކެއް ކޮށްފި އެވެ. 

މިއަހަރުގެ ބަޖެޓުގައި އެންސްޕާއަށް ކަނޑައަޅާފައި ވަނީ 1920.3 މިލިއަން ރުފިޔާއެވެ.

އެހެން ނަމަވެސް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ސެޕްޓެމްބަރުގެ 28 ގެ ނިޔަލަށް އެންސްޕާއިން ވަނީ 2118.3 މިލިއަން ޚަރަދުކޮށްފަ އެވެ. އެއީ ކަނޑައަޅާފައިވާ ބަޖެޓަށްވުރެ 198 މިލިއަންގެ އިތުރުވުމެކެވެ. 

އޭގެ އިތުރުން މިއަހަރުގެ ނިޔަލަށް އެންސްޕާއަށް ކުރާ ޚަރަދު 2 ބިލިއަނަށް އަރާނެކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ އެވެ. 

އެންސްޕާގެ އިތުރުން އާސަންދައަށް ކަނޑައެޅި ބަޖެޓު ހުސްވެ، އިތުރަށް 487 މިލިއަން ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. 

މިއަހަރު އާސަންދައަށް ބަޖެޓުކޮށްފައި އޮތީ 1.045 ބިލިއަން ރުފިޔާއެވެ.

އެހެން ނަމަވެސް ފިނޭންސްގެ ހިސާބުތަކަށް ބަލާއިރު ސެޕްޓެމްބަރުގެ ނިޔަލަށް 1.531 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. އެހެންކަމުން މިއަހަރަށް ކަނޑައެޅި ބަޖެޓަށްވުރެ 487.6 މިލިއަން ރުފިޔާ ވަނީ އިތުރަށް ޚަރަދުކޮށްފަ އެވެ. 

މި އަހަރަށް ބަޖެޓު އެކުލަވާލަމުން ސަރުކާރުން ބުނެފައިވަނީ އާސަންދައަށް ކުރާ ޚަރަދުތައް ކުޑަކޮށް ބަޖެޓު ޑެފިސިޓް ކުޑަކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ. 

އެހެން ނަމަވެސް އާސަންދައާއި އެންސްޕާއިން ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާއިރު، އިންތިޚާބުތަކާއި ދިމާކޮށް އާސަންދައިން ކުރާ ޚަރަދުތައް އިތުރުވަމުން އަންނަކަން ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ