ހޯމަ މިނިސްޓަރު ޢިމްރާން އަބްދުالله-- ފޮޓޯ/ ހޯމް މިނިސްޓްރީ
ހަބަރު
17 Oct 2023 | 10:23
އިސްލާމީ އުންމަތް ބަލިކަށިވެފައިވާ މިންވަރުން އަޅުގަނޑުމެން ހިތާމަކުރަންޖެހޭ: އިމްރާން

މިހާރު އިސްލާމީ އުއްމަތް ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައިކަމަށާއި، މިއީ މުސްލިމުން ހިތާމަ ކުރަންޖެހޭކަމެއްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވަނީ ފަލަސްތީނުގެ އަދުގެ ހާލަތާއި މުސްލިމު އުންމަތުގެ ހާލަތަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ވިދާޅުވީ, ކީރިތި ގުރުޢާނާއި ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ ސުންނަތުން އަހަރެމެންގެ އިސްލާމީ އުންމަތަކީ އެކަތިގަނޑަކަށް އޮތް އެއް އުންމަތެއްކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ. އަދި އެއް މުސްލިމަކާއި، އަނެއް މުސްލިމަކާއި ދެމެދު އޮންނަ ގުޅުމަކީ ލޭގެ ގުޅުމާއި ރަހިމުގެ ގުޅުމަށްވުރެވެސް ބޮޑު އެއްޗެއް ނަމަވެސް، މިއަދު އިސްލާމީ އުއްމަތުގެ ނިކަމެތިކަމާއި ބަލިކަށިކަން ގޮސްފައިވާ ހާލަތުން ހިތާމަ ކުރަންޖެހޭކަމަށް އިމްރާން ވިދާޅުވިއެވެ.

މިއަދު އިސްލާމީ އުންމަތުގެ ނިކަމެތިކަމާއި ބަލިކަށިކަން ގޮސްފައިވާ ހާލަތު އަޅުގަނޑުމެން ހިތާމަކުރަންޖެހޭ ހިސާބުގައި މިއޮތީ. އޭގެ ހަގީގަތަކީ އަޅުގަނޑުމެންގެ އަޅުގަނޑުމެންގެ އީމާންކަން ބަލިކަށިވެފައިވާ މިންވަރު. އަޅުގަނޑުމެންގެ މުސްލިމު އުންމަތާއި ދޭތެރޭގައި މުސްލިމުންގެ އިހްސާންތެރިކަން ނެތް މިންވަރު. 

ޢިމްރާން އަބްދުالله 

މިއާއެކު ޢިމްރާން ވިދާޅުވީ އެންމެ ހަ ދުވަސް ތެރޭގައި އިޒްރޭލުން ފަލަސްތީނަށް އަޅާފައިވަނީ އަފްގާނިސްތާނަށް އެއް އަހަރުގެ ތެރޭގައި އެޅި ބޮންކަމަށާ އެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 3،000 އެއްހާ މީހުން ޝަހީދުވެ، 10,000 އަށްވުރެ ގިނަ މީހުން މިހާރުވެސް ޒަޚަމްވެފައިވާ ކަމަށެވެ. 

އެއްބަނޑު އެއްބަފާ މީހަކަށް މި ކަހަލަ ކަމެއް ދިމާވާއިރު މަޑުން ތިބެވޭނެތޯ ސުވާލު އުފައްދަވައި އިމްރާން ވަނީ ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމްގެ ހަދީސް ފުޅަށް އަލިއަޅުވާލައްވައި މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށާއި އެއް ގުނަވަނުގައި ވޭން އެޅުމުން މުޅި ހަށިގަނޑު ނިދިން މަހުރޫމް ކުރާ ކަމަށް ވިދާޅުވެފައެވެ. 

އިމްރާން ވިދާޅުވީ، މުއުމިނު އަޅަކު، އޭނާގެ އަޚާ ނެތް ތަނުގައި އެ އަޚާއަށްޓަކައި ކުރާ ދުއާ، މާތް الله އިޖާބަ ކުރެއްވުން އަވަސް ކަމަށެވެ. އެހެންކަމުން އަޚުންނާއި އުޚުތުންނަށް ޓަކައި ދުޢާކޮށް، މާތް الله މަގުގައި ހޭދަކުރެވެން ހުރި ވަރަކަށް ހޭދަކޮށް، ފަލަސްތީނަށް އެހީވުމަށް އިމްރާން އެދިވަޑައިގަތެވެ.

ކޮމެންޓް
އަހުމަދު މަނިކު
އަގަ ފަޅާފި. މި ވޭތިވެ ގޮސްފައިވާ ފަސް އަހަރު ހުރި ތަނެއް ގައި ހަމަ ހުރީ. އިންޑިޔާ އިން ބުނި ކަމެއް ކޮށްލަ ކޮށްލާ. ވަރަށް ވެސް ސަލާމް.
17 Oct 2023
ޣާދިރު
މަނިކުފާނު ވަޒީރުކަމާހެދި ޣައިބުވެސ އެނގޭ ބީދައިން މީހުންގެ ހިތްވެސް އެނގޭ ބީދައިން ވާހަކަދެއްކީތީ އަހަރެމެންވެސް މިތިބީ ހިތާމައިން
17 Oct 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.