ދިވެހިން ފަލަސްތީނާއިއެކު ވާކަން ދުނިޔެއަށް ދައްކާލުމަށް ބޭއްވުނު ހިނގާލުމުގެ ތެރެއިން-- ފޮޓޯ/ ވޮއިސް
ހަބަރު
18 Oct 2023 | 14:25
ފަލަސްޠީނުގެ ގޮވާލުމަށް އިޖާބަދީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ބޮޑު އެއްވުމެއް!

ފަލަސްޠީނަށް ގަދަކަމުން ވެރިވެގެންފައިވާ ހަރުކަށި ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ރޭ ފަލަސްތީނުގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން ޓެރެރިސްޓް ހަމަލާ ކުށްވެރިކޮށް، އަރަބި ގައުމަތަކާއި މުސްލިމް ހުރިހާ ގައުމަކުން މަގުތަކަށް ނުކުމެ އިހްތިޖާޖު ކުރުމަށް ފަލަސްޠީނުން ގޮވާލި ގޮވާލުމަށް ރާއްޖެއިން އިޖާބަދީފިއެވެ. 

ފަލަސްޠީނުގެ ހޮސްޕިޓަލަށް ދެވުނު އެ ޓެރަރިސްޓް ހަމަލާއަށްފަހު، އެ ގައުމުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރަމުންދާ ހަމާސްގެ ސީއަރ ލީޑަރެއް ކަމަށްވާ އިސްމާޢީލް ހާނިޔޭ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވަނީ، ޔަހޫދީންގެ އެ ލާ އިންސާނީ ޖަރީމާ ކުށްވެރިކޮށް އަރަބި އަދި މުސްލިމް ހުރިހާ ގައުމުތަކެއްގެ ރައްޔިތުން އަޑު އުފުލުމަށް ގޮވާލާަފައެވެ. 

ހަމާސްގެ އެ ލީޑަރ ގެ ގޮވާލުމަށް އިޖާބަދެއްވައި، އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ބޮޑު އެއްވުމެއް އިންތިޒާމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. 

ރޭ އިޒްރާއިލްގެ ޔަހޫދީން އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާގައި 900 އެއްހާ މީހުން ވަނީ ޝަހީދުވެފައެވެ. "ވޮއިސް" ގެ މުރާސިލް ވިދާޅުވެފައިވަނީ އިޒްރާއިލުން ހަމަލާދިން އަލް އަހްލީ ހޮސްޕިޓަލަކީ ގިނަ ޢަދަދެއްގެ ބަޔަކު، އެހެން ތަންނަތަނަށްވުރެ ބޮޑަށް ރައްކާތެރިކަން ލިބޭނެ ކަން ޤަބޫލު ކޮށް ވަގުތީ ހިޔަލެއްގެ ގޮތުގައިވެސް ބޭނުންކުރަމުން ދިޔަ ތަނެއް ކަމަށެވެ. އަދި އެއީ ކްރިސްޓިއަނުންގެ ބަޔަކު ފަންޑުކޮށްގެން ހިންގާ ތަނެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.