ޖެނެރަލް މެނޭޖަރ (ޖީއެމް) ފޯރަމް، އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު، ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަވަނީ--ފޮޓޯ/އިންތިޚާބީ ރައީސްގެ އޮފީސް
ހަބަރު
19 Oct 2023 | 15:22
އަމާޒަކީ އައު ޓަރމިނަލްގެ މަސައްކަތް އަންނަ އަހަރުގެ ޕީކް ސީޒަނަށް ނިންމުން: ޑރ. މުޢިއްޒު

އަމާޒަކީ، ކުރިއަށް ނުގޮސް، މަޑުޖެހިފައި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ޓާމިނަލްގެ މަސައްކަތް އަންނަ އަހަރުގެ ޕީކް ސީޒަނަށް ނިންމެވުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީއައިއޭގެ އާ ޓާމިނަލް އިމާރާތް ކުރަން 2016 ވަނަ އަހަރުގެ މެއި 22 ގައި ހަވާލުކުރީ ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ އެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 2017 ވަނަ އަހަރުގެ މެދުތެރޭގައެވެ. އެ ކުންފުނިން އެ މަސައްކަތް ކުރަނީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ ހަވާލުކޮށްގެންނެވެ. 

އަލަށް ތަރައްޤީކުރާ ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ. މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ. 

ވީއައިއޭގެ އައު ޓާމިނަލް-- ފޮޓޯ/ ދައުރު

ނަމަވެސް އެ ޓާމިނަލްގެ މަސައްކަތް މި ސަރުކާރު އައި ފަހުން މަޑުޖެހިފައި އޮތް އިރު، އެކަމާއި ގުޅިގެން، ބަނޑޮސް ރިސޯޓްގައި މިހާރު ކުރިއަށްދާ ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރ (ޖީއެމް) ފޯރަމް ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން، މުޢިއްޒު ވިދާޅުވީ, ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ނިންމަންޖެހޭ އެންމެ މުހިންމު މަޝްރޫޢަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތްކަމަށެވެ.

އަދި އުންމީދު ކުރައްވަނީ، 2024 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ "ޕީކް ސީޒަން"ގެ ކުރިން އެއަރޕޯޓުގެ އައު ޓަރމިނަލްގެ މަސައްކަތް ނިމި، ފަތުރުވެރިކަމުގެ ދާއިރާއަށާއި، އޭވިއޭޝަންގެ ދާއިރާއަށް، އޭގެ މަންފާ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ފަތުރުވެރިކަން ފުޅާ ކުރުމަށް ހިންގޭނެ އެންމެ ބޮޑު މަޝްރޫޢަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތް ނިމުން. އަޅުގަނޑު އުންމީދު ކުރަނީ މި މަޝްރޫޢަށް ފައިނަންސް ކުރާ ތަންތަނުންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރުން، މަސައްކަތް އަވަސްކޮށް، 2024 ވަނަ އަހަރުގެ "ޕީކް ސީޒަން"ގެ ކުރިން އެއަރޕޯޓުގެ މަންފާ ފަތުރުވެރިކަމުގެ ދާއިރާ އަށާއި، އެވިއޭޝަންގެ ދާއިރާއަށް ކުރުން."

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު  

ޑރ. މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި އިތުރު 13 ޑޮމެސްޓިކް އެއަރޕޯޓު ރާއްޖޭގައި ހެދިގެންދާނެކަން ފާހަގަކުރައްވަައިފައެވެ. އަދި އެމަނިކުފާނުގެ އުއްމީދަކީ ރާއްޖޭގެ ދެކުނުގައި ސީ ޕްލޭން ހަބެއް ޤާއިމް ކުރައްވައި ހުރިހާ ކަންކޮޅަކަށް ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާވެގެން ދިޔުން ކަމަށްވެސް ވިދާޅުވި އެވެ. 

ބަނޑޮސް ރިސޯޓްގައި މިހާރު ކުރިއަށްދާ ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރ (ޖީއެމް) ފޯރަމްގެ ތެރެއިން-- ފޮޓޯ/އިންތިޚާބީ ރައީސްގެ އޮފީސް 

މީގެ އިތުރުން ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮޕަރޭޝަންތައް މިހާރަށް ވުރެ ފުޅާކޮށް، ފަތުރުވެރިންގެ އަދަދު އިތުރުކުރަން ގައުމީ އެއާލައިންގެ ބޯޓްތައް އިތުރުކޮށް ތަރައްގީ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"އަންނަ މަހު ގައުމީ އެއާލައިނަށް ވައިޑް ބޮޑީ އެއާކްރާފްޓްތަކެއް ސަރުކާރުން ގަންނާނެ. މީގެ މަގްސަދަކީ މިފަހުން ހުޅުވި ޗައިނާ މާކެޓާއި ބައެއް އެހެން ސޯސް މާކެޓުތަކުން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުން،" މުއިއްޒު ވިދާޅުވި އެވެ.

ޖެނެރަލް މެނޭޖަރ (ޖީއެމް) ފޯރަމް، އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު، ޝަރަފުވެރި ކޮށްދެއްވާ ވާހަކަދައްކަވަނީ--ފޮޓޯ/އިންތިޚާބީ ރައީސްގެ އޮފީސް

މުޢިއްޒުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް ކުރައްވަން ވިސްނަވާފައިވާ ބައެއް ކަންކަން ވެސް ހާމަކުރައްވާފައެވެ. އެގޮތުން "ޕޭ ހާމަނައިޒް"ކޮށް، ޤާނޫނަށް ބަދަލު ގެނެސްގެން، އެ ސިނާޢަތުގައި ގިނަ އަންހެނުނަށް ފުރުޞަތުތައް ފަހިވާނެ މަގުތައް ތަނަވަސް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.