އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ -- ފޮޓޯ/ މަޖިލިސް
ހަބަރު
20 Oct 2023 | 15:42
ގުރޭޑު 6 ގެ ދިވެހި ފޮތުގައި އިޒްރޭލަކީ ގައުމެއްގެ ގޮތަށް ލިޔެފައި އޮތުމުން ގިނަ ބައެއްގެ ނުރުހުން!

ރާއްޖޭގެ ސުކޫލުތަކުގެ ގުރޭޑް 6 ގައި ދިވެހި މާއްދާ ކިޔަވައިދިނުމަށް ބޭނުންކުރަމުންދާ ދިވެހި ދަރިވަރުންގެ ފޮތުގައި އިސްރާއީލް އަކީ ގައުމެއްގެ ގޮތުގައި ލިޔެ، ފިލާވަޅެއް ދީފައި އޮތުމުން ގިނަ ބައެއްގެ ނުރުހުން ސަރުކާރަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް އަމާޒުވެއްޖެ އެވެ. 

މި މައްސަލަ މިއަދުގެ ވަގުތެއްގައި އާއްމުންގެ ސަމާލުކަމަށް މީހަކު ގެނެސްފައިވާއިރު، އެފަދަ ފިލާވަޅެއް ހިމަނާފައިވަނީ ގުރޭޑް 6 ގެ ދިވެހި ދަރިވަރުންގެ (ހ) ފޮތުގެ ޞަފުޙާ ނަންބަރު 71 ގައެވެ. 

އެކި ގައުމުތަކުގެ މީހުން އަޅަމުންދާ ސަގާފީ ހެދުމުގެ ތެރެއިން އެގައުމެއްގެ ހެދުން ހިމެނޭ ނަންބަރު ގައުމުގެ ނަމުގެ ކައިރީގައި ލިޔުމަށް އެ ފިލާވަޅުގައި ބުނެފައިވާއިރު، އޭގެ އެންމެ ފުރަތަމަ ވެސް އިން "ގައުމަކީ" އިޒްރާއީލް އެވެ. 

ގުރޭޑް 6 ގެ ދިވެހި ދަރިވަރުންގެ (ހ) ފޮތުގެ ޞަފުޙާ ނަންބަރު 71

މިކަން އާއްމުންގެ ސަމާލުކަމަށް އައުމާއިއެކު ގިނަ ބަޔަކު އަންނަނީ އެކަމާއި ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ. 

އެގޮތުން އެކަމާއި ގުޅިގެން މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އިޒްރޭލް އަކީ ދައުލަތެއް/ޤައުމެއް ނޫން ކަމަށް ބުނެފައެވެ.

"އެއީ ފަލަސްޠީނުގެ ބިން ފޭރިގަނެ، އެތަން އަޅުވެތިކޮށްގެން ތިބި ޓެރަރިސްޓު އިސްތިޢުމާރީ ބައިގަނޑެއް. މިގޮތަށް މުޤައްރަރުގައި ހިމެނުމުގެ ބޭނުމަކީ އެއީ ލެޖިޓިމޭޓް ދައުލަތެއްކަން ކުދިންގެ ސިކުނޑިތަކަށް ވިސްނައިދިނުން. މުސްލިމެއްކަމުގައިވެ ހުރެ، އެއީ ދައުލަތެއް ކަމުގައި ބަލައިގަތުމަކީ الله އާއި އެއިލާހުގެ ރަސޫލާއަށް ވެވޭ ޚިޔާނާތެއް."

މީގެ އިތުރުން އެހެން މީހަކު ކޮށްފައިވާ ކޮމެންޓެއްގައިވެސް، އިސްރާއީލް އަކީ ގައުމެއް ނޫން ކަމަށާ، އެއީ ގައުމަކަށް ވެރިވެގެން އުޅޭ ބައިގަނޑެއް ކަމަށް ބުނެފައިވެއެވެ. 

އިޒްރޭލު ގައުމެއްގެ ގޮތުގައި ލިޔެފައި ވުމުން ނުރުހުން ފާޅުކުރި އިތުރު މީހަކު ވަނީ ސުކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައިދޭންޖެހޭނީ ތެދު ހަގީގަތް ކަމަށް ބުނެފައެވެ. އަދި ހަގީގަތާއި ޚިލާފް އެފަދަ ވާހަކަތައް ލިޔުމަކީ ވެވޭ ޚިޔާނާތެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. 

"ޔަހޫދީންނަކީ މުސްލިމުންގެ ޢަދުއްވުން. އެމީހުންގެ މިއްލަތަށް ތަބާނުވާހާ ހިނދަކު އެމީހުން މުސްލިމުންނަކާ ނުރުހޭނެ. މިވާހަކަތައް ދަރިންނަށް ކިޔައިދޭންވީ. އެމީހުން ފަލަސްތީނުގެ ދަރިން މަރާ ވާހަކަ ކިޔައިދޭންވީ. އެމީހުން ފަލަސްޠީނުގެ ބިންތައް ފޭރިގެންފައިވާ ވާހަކަ ކިޔައިދޭންވީ. އެމީހުން މަސްޖިދުލް އަޤުޞާގެ ހުރުމަތް ކަނޑާލި ވާހަކަ ކިޔައިދޭންވީ. އެމީހުން މަސްޖިދުލް އަޤުޞާ ނެތިކޮށްލަން މަސައްކަތް ކުރާ ވާހަކަ ކިޔައިދޭންވީ." 

އިޒްރޭލަކީ ގައުމެއްގެ ގޮތުގައި ރާއްޖޭގައި ކިޔަވައިދޭ ފޮތެއްގައި ސިފަކޮށްފައި ވާއިރު، ތާރީޚީ ގޮތުން ބެލި ނަމަވެސް، އަދި ދީނީ ގޮތުން ބެލި ނަމަވެސް އެއީ ގައުމެއް ނޫންކަން އެނގި ހާމަވެއެވެ. އަދި އިޒްރޭލުގެ ޔަހޫދީން ދިރިއުޅެމުންދަނީ ފަލަސްޠީނުގެ މުސްލިމުންގެ އަތުން ފޭރިގެންފައިވާ ބިމެއްގައި ކަމަށްވާއިރު، އެމީހުން ފޭރިގަތް ބިމަށް، ހުޅަނގުގެ ގައުމު ތަކުގެ އެހީގައި،  "އިޒްރާއިލް" ކިޔައި ދައުލަތެއް ގާއިމް ކޮށްގެން އުޅުނު ނަމަވެސް ހަގީގަތް އޮޅުވާ ނުލެވޭނެކަމަށް ގިނަ މުސްލިމުން އަންނަނީ ބުނަމުންނެވެ. 

އަދި މިފަހަކަށް އައިސް އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންގެ ވަސްވެސް މި ބިމުން ފޮހެލުމަށް ކުރަމުންދާ ލާ އިންސާނީ ޖަރީމާތަކުގެ ސަބަބުން، ފަލަސްޠީން މިނިވަންކޮށް އެމީހުން އަތުން ފޭރިގެންފައިވާ ބިންތައް އަލުން ދިނުމަށް މުސްލިމުން ގޮވަމުންދާ ގޮވެލީގެ އަޑު ވަނީ ވަރަށް ގަދަވެފައެވެ. 

ކޮމެންޓް
އަދުރޭ
އެއްއިރެއްގާވެސް ދިވެހިން ބަލައިނުގަންނަ ގައު މެއް ޕުރަމޯޓްކުރާ މިހާހަކު ބަހެއްޓުމަކީ ބަލައި ގަނެވޭނެ ކަމެއްނޫނެވެ
20 Oct 2023
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.