އުރްދުޣާން އަދި ޑރ މުހައްމަދު މުއިއްޒު
ހަބަރު
22 Oct 2023 | 07:05
ފަލަސްތީނަށް އެހީވުމާއީ ގުޅޭގޮތުން އުރްދުޣާން އާއި ޑރ މުއިއްޒު މަޝްވަރާ ކުރައްވާފައިފި

އަނިޔާވެރި ޔަހޫދީ އިޒްރާއީލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންގެ ހާލަތާއި ގުޅޭގޮތުން ތުރުކީގެ ރައީސް އުރްދުޣާން އަދި ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސް ޑރ މުއިއްޒު ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފިއެވެ. 

ޓީއާރޓީ ވޯލްޑް ނޫހުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާގޮތުން މި ދެ ބޭފުޅުން ވަނީ ފޯނުން ގުޅުއްވައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މުސްލިމުންނާއި އިޒުރޭލުގެ ސިފައިންނާއި އިދިކޮޅަށް ހަނގުރާމަ ކުރަމުންދާ މުޖާހިދުންގެ މަސައްކަތަކަށް ލިބެމުންދާ ކުރިއެރުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ ކަމަށެވެ. 

މީގެ އިތުރުން މި ފޯނުކޯލު ގައި އުރްދުޣާން ވަނީ ފަލަސްޠީނަށް އަމާންކަން ހޯދައިދީ އެ ގައުމުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތައް ފޯރުކޮށްދިނުމުގައި ތުރުކީން އެންމެ ފުރިހަމައަށް މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވައިފައިކަމަށް އެ ޓުވީޓުގައި ބުނެފައިވެއެވެ. 

އިޒްރާއިލްގެ ޔަހޫދީން މިހާރު ދަނީ އިންޒާރު ދިނުމެއްނެތި ފަލަސްޠީނުގެ ޢާންމުން ދިރިއުޅޭ ގެތަކަށް އެއްވެސް ހަމައެއް ނެތި ބޮމުގެ ހަމަލާތައް ދެމުންކަމަށް ބައިނަލް އަޤްވާމީ ބައެއް މީޑިއާތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.