ސިލިންޑަރު ގޮވި ސަރަހައްދު--
ހަބަރު
22 Oct 2023 | 08:13
މަކުނުދޫ ސިލަންޑަރު ގޮވުން: ފުލުހުންގެ ފޮރެންސިކް ޓީމެއް އެރަށު ހަރަކާތްތެރިވަނީ

ހދ. މަކުނުދޫގައި ބިންހިއްކުމުގެ މަސައްކަތް ކުރަމުންދިޔަ ސައިޓްގައި ގޭސް ސިލިންޑަރު ގޮވިި ހާދިސާއާ ގުޅިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް އެރަށަށް ހިނގައްޖެ އެވެ.

އިއްޔެ ހަވީރު 4:15 ހާއިރު ހިނގި މި ޙާދިސާގައި ދެ ބިދޭސީއަކު ވަނީ ނިޔާވެފައެވެ. މި ޙާދިސާގައި ގޮވާފައިވަނީ އެރަށު ބަނދަރުގެ ދެކުނު ފަރާތުގައި ހުންނަ މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެކެވެ.

އެރަށުން ވޮއިސްއަށް މައުލޫމާތު ދިން މީހަކު ބުނީ އެ ހާދިސާ ހިނގި އެރަށުގެ މަސް މާރުކޭޓުގެ ވަށައިގެން ހުރި ބިއްލޫރިތައް ތެޅިފައިވާ ކަމަށާއި އަދި އެ ތަނުގެ ސީލިންގުވުވެސް ބިމާއި ހަމަވެފައިވާކަމަށެވެ. 

މީގެ އިތުރުން އޭނާ ބުނީ މަސް މާރުކޭޓު ބޭރުން ޗިސްވެފައިވާ އެއް ހަށިގަނޑު ފެށިފައިވާކަމަށާއި އަދި އެ ސަރަހައްދާއި 100 ވަރަކަށް ފޫޓު ދުރުން އެހެން ހަށިގަނޑެއް ފެނިފައިވާކަމަށެވެ. 

އަދި ފެނުނު ދެ ހަށިގަނޑުވެސް ވަނީ ގުނަވަންތައް ވަކިވެ ޗިސްވެފައިކަމަށް އެނާ މައުލޫމާތު ދިނެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަކުނުދޫގައި ހިނގި ހާދިސާއާ ގުޅިގެން އެކަން ތަހުގީގު ކުރުމަށް ކުޅުދުއްފުށިން ފުލުހުންގެ ފޮރެންސިކް ޓީމަކާއި ތަހުގީގު ޓީމެއް އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިކަން ސީދާ ހިނގާ ދިޔަ ގޮތް އަދި ނޭނގޭއިރު މި ހާދިސާ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދަނީ ބަލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.