މަކުނުދޫ ހާދިސާ ހިނގި ސަރަހައްދު
ހަބަރު
22 Oct 2023 | 14:39
މަކުނުދޫގައި ނިޔާވި މީހުންގެ ހަށިގަނޑު އިތުރަށް ތަހުލީލު ކުރުމަށް މާލެ ގެންނަނީ

ހދ. މަކުނުދޫގައި ބިންހިއްކުމުގެ މަސައްކަތް ކުރަމުންދިޔަ ސައިޓްގައި ގޭސް ސިލިންޑަރު ގޮވިި ހާދިސާގައި ނިޔާވި ދެމީހުންގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ހަށިގަނޑުގެ ބައިތައް އެއްކޮށް، އިތުރު ތަހުލީލުތައް ކުރުމަށްޓަކައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެމީހުންގެ ހަށިގަނޑާމެދު ދެން އަމަލު ކުރާނެ ގޮތެއް ނިންމާނީ ކުރަން ޖެހޭ ތަހުލީލުތަކަށް ފަހު ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

އިއްޔެ ހަވީރު 4:15 ހާއިރު ހިނގި މަކުނުދޫ ގައި ހިނގި އެ ބިރުވެރި ޙާދިސާގައި ދެ ބިދޭސީއަކު ވަނީ ނިޔާވެފައެވެ. މި ޙާދިސާގައި ގޮވާފައިވަނީ އެރަށު ބަނދަރުގެ ދެކުނު ފަރާތުގައި ހުންނަ މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެކެވެ.

އެރަށުން ވޮއިސްއަށް މައުލޫމާތު ދިން މީހަކު ބުނީ އެ ހާދިސާ ހިނގި އެރަށުގެ މަސް މާރުކޭޓުގެ ވަށައިގެން ހުރި ބިއްލޫރިތައް ތެޅިފައިވާ ކަމަށާއި އަދި އެ ތަނުގެ ސީލިންގުވުވެސް ބިމާއި ހަމަވެފައިވާކަމަށެވެ. 

މީގެ އިތުރުން އޭނާ ބުނީ މަސް މާރުކޭޓު ބޭރުން ޗިސްވެފައިވާ އެއް ހަށިގަނޑު ފެށިފައިވާކަމަށާއި އަދި އެ ސަރަހައްދާއި 100 ވަރަކަށް ފޫޓު ދުރުން އެހެން ހަށިގަނޑެއް ފެނިފައިވާކަމަށެވެ. 

އަދި ފެނުނު ދެ ހަށިގަނޑުވެސް ވަނީ ގުނަވަންތައް ވަކިވެ ޗިސްވެފައިކަމަށް އެނާ މައުލޫމާތު ދިނެވެ. 

މިކަން ސީދާ ހިނގާ ދިޔަ ގޮތް އަދި ނޭނގޭއިރު މި ހާދިސާ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދަނީ ބަލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.