ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު-- ފޮޓޯ/މަޖިލިސް
ހަބަރު
23 Oct 2023 | 11:07
އިންތިގާލީ މަރުހަލާގައި ލިޔެކިޔުންތައް ނައްތާލުމުން ސަރުކާރުން ގޯސްތަކެއް ހަދާފައި ހުރިކަން ޔަގީންވޭ: އިލްޔާސް

އިންތިގާލީ މަރުހަލާގައި ލިޔެކިޔުންތައް ނައްތާލުމުން ސަރުކާރުން ގޯސްތަކެއް ހަދާފައި ހުރިކަން ޔަގީންވެގެންދާކަން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ. 

އިލްޔާސް މިފަދައިން ވިދާޅުވެފައި ވަނީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިންތިޚާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާތީ، އިންތިޚާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވަޢުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށް ގޮވާލައި ހުށަހަޅާ ޤަރާރަށް މަޖިލީހުގެ ތަޅުމުގައި މިއަދު ވާހަކަދައްކަވަމުންނެވެ. 

އިލްޔާސް ވިދާޅުވީ، ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ހުރި ބައެއް ލިޔެކިޔުންތައް، ތިލަފުށްޓަށް ގެންގޮސް މެށިންގެ އެހީގައި އެއްކޮށް ނައްތާލާފައިވާ ކަމަށް ޚަބަރުތަކުން ފެނިގެން ގޮސްފައިވާ ކަމަށެވެ. 

ސަރުކާރުގެ އެއްވެސް ޑޮކިއުމަންޓެއް ޓްރާންސިޝަނަލް ޕީރިއަޑްގައި ނައްތާލުމަކީ ރަނގަޅު ކަމެއް ނޫން. ނައްތާލާައިގެންވެސް ނުވާނެ. އަދި ދެން އަންނަ ސަރުކާރަކުން ބޭނުންވެއްޖެއްޔާ އެ ޑޮކިއުމެންޓް ތައް ފެންނަ ހިސާބުގައި އޮންނަންވެސް ޖެހޭނެ. ސަރުކާރުގައި ހުންނަ ޑޮކިޔުމެންޓް ތަކަކީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ހުންނަ ޑޮކިޔުމެންޓް ތަކަކީ އެއީ އަމާނާތްތެރި ކަމާއެކު ރައްކާކުރަންޖެހޭ ތަކެތި. 

އިލްޔާސް ލަބީބު 

އިލްޔާސް އިތުރަށް ވިދާޅުވީ އިއްޔެވެސް ފިޔުލް ސަޕްލައި ކުންފުނީގެ ލިޔެކިޔުންތަކެއް ކަމަށް ބުނާ ތަކެތި ނައްތާލާ ވީޑިއޯ އެއް އެތަނުގެ މުވައްޒަފެއްގެ ޒަރީއާއިން މީސްމީޑިއާގައި އާއްމުވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ކުންފުންޏެއްގެ ލިޔެކިޔުންތައް އެފަދައިން ނައްތާލައިގެން ނުވާނެ ކަމަށާ، އެތަކެތި ބަލަން ބޭނުންވާ ފަރާތްތަކަށް އެ ބެލެން ޖެހޭނެ ކަމަށެވެ. އަދި އެފަދައިން ނައްތާލުމުން ސާފުވެގެންދާ ކަމަކީ ސަރުކާރުގެ އެ ކުންފުނިތަކުން ގޯސްތަކެއް ހަދާފައިވާ ކަންކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ. 

މިވަގުތު، ޓްރާންސިޝަނަލް ޕީރިއަޑްގައި އެކަން ކުރަންފެށީމާ، ސާފުވޭ އެބަ، ގަބޫލުކިރެވޭނެ ސަބަބުތަކެއް އެބަހުރި، ކޮންމެވެސް ގޯސްތަކެއް ހަދާފައި އޮތީކަން. އަދި އެ ގޯސްތައް ފޮރުވަން މަސައްކަތް ކުރާކަން. މިއީ އަޅުގަނޑުމެން ގަބޫލު ކުރާ ގޮތެއް ނޫން. 

އިލްޔާސް ލަބީބު 

އިލްޔާސް ލަބީބު ވިދާޅުވީ، އެއް ސަރުކާރުން އަނެއް ސަރުކާރަށް ބަދަލު ވާއިރު، ކުރީ ސަރުކާރުގެ ކިޔެކިޔުންތައް ހުންނަންޖެހޭނެ ކަމަށާ، އޭގެ އެހީގައި އައު ސަރުކާރަށް ކުންފުނި ހިންގުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސީ ނުފޫޒު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވީހާވެސް ކުޑަ ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.