މެމްބަރު ޝިޔާމް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
23 Oct 2023 | 11:15
ރައީސް ޔާމިނުގެ ހައްގުތައް ނިގުޅައިގެންފައިވާތީ ޝިޔާމުގެ ބޮޑެތި ކަންބޮޑުވުންތަކެއް

ސަރުކާރުގެ އާރާއި ބާރު ބޭނުންކޮށްގެން ވާދަވެރި ސިޔާސީ ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ ގިނަ ހައްގުތަކެއް ނިގުޅައިގެންފައިވާކަން ފާހަގަކުރައްވާ ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފި އެވެ. 

ޝިޔާމު މި ކަންބޮޑުވުންތައް ފާޅުކުރެއްވީ އިންތިޚާބަށް ސަރުކާރުން ނާޖާއިޒް ނުފޫޒާއި ބާރު ފޯރުވަމުންދާތީ އިންތިޚާބުތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ގޮވާލާ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ހުށައަޅުއްވާފައިވާ ގަރާރަށް ބަހުސްކުރައްވަމުންނެވެ. 

އެއީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ހުށައެޅުނު ގަރާރެއް ނަމަވެސް، ތަފާތު ސަބަބުތަކާއި ހުރެ ގަރާރުގެ މަސައްކަތް ކުރިއަށް ނުގެންދެވި ވަނީ ދިގުލައިގެން ގޮސްފައެވެ. 

މިއަދު އެ ގަރާރަށް މަޖިލީހުގައި ބަހުސްކުރެވިފައިވާއިރު، ޝިޔާމު ވިދާޅުވީ އިންތިޚާބެއްގައި ރައްޔިތުންނަށް ލިބޭ އެންމެ މުހިންމު ހައްގަކީ ވާދަކުރުމާއި، ވޯޓުލުމުގެ ހައްގު ކަމަށެވެ. އެހެން ނަމަވެސް ސަރުކާރާއި ވާދަވެރި ޕާޓީ ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލާފައިވާކަމަށާއި، އެއީ އެމަނިކުފާނަށް ވޯޓުލުމުގެ އުންމީދުގައި ތިިބި ލައްކައަކަށްވުރެ ގިނަ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުންކަމަށް ޝިޔާމު ވިދާޅުވި އެވެ. 

"ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮތީ ޕީޕީއެމް-ޕީއެންސީ ކޯލިޝަން. އެ ކޯލިޝަންގެ ރައީސަކަށް ހުންނެވީ ރައީސް ޔާމީން. އެމަނިކުފާނަށް އެ ކޯލިޝަނުން އެންމެ ފުރަތަމަ ދިވެހިރާއްޖޭގައި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރިޔާސީ ޓިކެޓެއް އެރުވުނީ ރައީސް ޔާމިނަށް. އެހެން ނަމަވެސް ކަން ހިނގައިދިޔަ ގޮތް މިތަނުގައި ތިބެ ބަލާލީމަ އެބަ އެނގޭ. އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރުމުގެ ހައްގު ނިގުޅައިގަތީ ސީދާ ސަރުކާރުގެ ނުފޫޒުން"

މެމްބަރު އަހުމަދު ޝިޔާމް

އެއާއެކު ޝިޔާމު ވިދާޅުވީ ރައީސް ޔާމިނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަވެސް ކުރިއަށް ނުގެންގޮސް އަދިވެސް ދިގު ދަންމަމުންދާ ކަމަށެވެ. އެ މައްސަލަ ރައީސް ޔާމިނުގެ ފަރާތްޕުޅުން އިސްތިއުނާފު ކުރިތާ 8 މަސް ފާއިތުވެގެން ގޮސްފައިވާ ކަމަށާއި، އިސްތިއުނާފު މަރުހަލާ މިހާ ބޮޑަށް ދިގުލައިގެން ދިއުމަކީ ފަރުދަކަށް ދެވޭ އަނިޔާއެއް ކަމަށާއި، މިކަން ކުރަމުންދަނީ ސީދާ ނުފޫޒު ފޯރުވައިގެން ކަމަށް ޝިޔާމު ވަނީ ވިދާޅުވެފަ އެވެ. 

"23 ފެބްރުއަރީގައި އެމަނިކުފާނު ހައިކޯޓުގައި އިސްތިއުނާފުކުރެއްވީ، 8 މަސް ދުވަސް (ވެގެން މިދަނީ). ކޮން ހައްގެއްތޯ އިސްކުރަން ޖެހެނީ؟ އަނިޔާ ލިބެމުންދާ ފަރާތެއްގެ ވާހަކަ މި ދައްކަނީ. ދަށު ކޯތަކުން ހުކުން ޖަހައިގެން ޖަލުގައި 4 އަހަރު ހޭދަކުރައްވާ ބޭފުޅެއްގެ ވާހަކަ މި ދައްކަނީ. އަނިޔާ ލިބެނީ އެ ފަރުދަށް އެކަންޏެއް ނޫން. އެމަނިކުފާނުގެ އާއިލާއަށް ދިވެހި ރައްޔިތުންނަށް"

މެމްބަރު އަހުމަދު ޝިޔާމް

ވ އާރަށުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް ކޮށްފައިވާއިރު، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓަށްފަހު އެމަނިކުފާނު ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. 

އެހެން ނަމަވެސް ހައިކޯޓުގައި އޮތް އާރަށު މައްސަލައިގެ އިސްތިއުނާފު ފަހު އަޑުއެހުމާއި ހަމަޔަށް ގޮސް މަޑުޖައްސާލާފައިވާއިރު، އަޑުއެހުން ތާވަލުނުކޮށް ދިގު ދަންމަމުން ދިއުމަކީ ރައީސް ޔާމިނުގެ އިސްތިއުނާފީ ހައްގަށް ހުރަސްއެޅިގެންދާ ކަމެއްކަމަށާއި، އެ މަރުހަލާ ދިގުލައިގެން ދިއުމަކީ އިޔާދަ ނުކުރެވޭނެ ގެއްލުންތައް އެމަނިކުފާނަށް ލިބިގެންދާނެ ކަމެއްކަން ފާހަގަކޮށް ގާނޫނީ ވަކީލުން ވެސް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުން ނެވެ. 

ކޮމެންޓް
ޒުލޭހާ
ހައްގު އޮތީ ޔާމިނުގެއެކަނި ޖަލުގަތިބި އެހެންމީހުންގެ ހައްގެނެގް އަދު ޔާމިނު ކިޔަކިޔާ މިތިބެނީ މޮޔަވެފަ
23 Oct 2023
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ