މެމްބަރު އަނދުން ހުސެއިން މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
23 Oct 2023 | 11:39
ނިމުނު ސަރުކާރުން ބިލުތައް ދައްކާ ޚަލާސްކުރަން ޖެހޭނެކަމަކަށް ޤާނޫނުގައި ނެތް: ހުސެއިން ޝަމީމް

އާ ސަރުކާރުން ވެރިކަމާއި ހަވާލުވުމުގެ ކުރިން، ނިމުނު ސަރުކާރުން، އެ ސަރުކާރުގެ ޚަރަދުތަކާއި، ކުންފުނިތަކުން ދައްކަންޖެހޭ ބިލުތައް ދައްކާ ޚަލާސްކުރަން ޖެހޭނެކަމަކަށް އެއްވެސް ޤާނޫނެއްގައި ބަޔާންކޮށްފައި ނޯންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ. 

އޭނާ މިފަދައިން ވިދާޅުވެފައި ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވުން ހުއްޓުވުމުގެ ގަރާރަށް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ 13 ވަނަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ރިޔާސީ އިންތިޚާބަށްފަހު ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުހަލާ ކުރިއަށްދާއިރު، ސަރުކާރުގެ ކުންފުނިތަކާއި ވުޒާރާތަކުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާއޮތްކަން ފާހަގަވެފައިވާކަމަށް އިންތިޤާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ފާހަގަކޮށްފަ އެވެ. 

އެގޮތުން ސަރުކާރުގެ ފެން ކުންފުނިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައްކަން ޖެހޭ 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ އޮތް އިރު، އެ ފައިސާ ނުދެއްކުމުގެ ސަބަބުން ދިމާވާ ދަތިތައް ފާހަގަކޮށް މަސައްކަތްތެރިންނާއި، ފެނަކައިން ފައިސާ ލިބެންޖެހޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ގެންދަނީ މުޒާހަރާވެސް ކުރަމުންނެވެ. 

ސަރުކާރުގެ ކުންފުނިތަކުން ދައްކަންޖެހޭ ބޮޑެތި ބިލުތައް ނުދައްކާ އޮތުމަކީ އާ ސަރުކާރަށް މާލީގޮތުން ގޮންޖެހުންތައް ކުރިމަތިވާނެ ކަމެއްކަން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ފާހަގަކުރައްވަމުން ގެންދަވާއިރު، އެކަންކަމަށް އިޝާރާތްކުރައްވާ އަނދުން ހުސެއިން ވިދާޅުވީ، ނިމޭ ސަރުކާރުން ދައްކަން ޖެހޭ ބިލުތައް ޚަލާސްކުރަން ޖެހޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައި ނޯންނަ ކަމަށެވެ. 

2018 ވަނަ އަހަރު އެމްޑީޕީ ކޯލިޝަނުން ސަރުކާރާއި ހަވާލުވިއިރު ވެސް ކުންފުނިތަކުން ދައްކަންޖެހޭ ބޮޑެތި ބިލުތަކަށް ފައިސާ ނުދެއްކި އޮތް ކަމަށާއި، މަސްވެރިންނަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ވެސް ނުދައްކާ އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ ސަރުކާރު ބަދަލުވުމުގެ ކުރިން ނިމުނު ސަރުކާރުގެ ހުރިހާ ބިލެއް ދައްކަން ޖެހޭނީ ޤާނޫނުގައި އެފަދައިން އެކަން ކުރުމަށް ލާޒިމްކުރާނަމަ ކަމަށެވެ. އަދި އެއީ އެކުލަވާލުން މުހިންމު ޤާނޫނެއްކަމަށް ފެންނަކަމަށް ވެސް އަނދުން ހުސެއިން ވިދާޅުވި އެވެ. 

"ކޮންމެ ސަރުކާރެއް ބަދަލުވާއިރުގައި ހުރިއްޔާ ހުރި އެއްޗެއް ދައްކާ ޚަލާސްކުރާގޮތަށް އޮންނަން ޖެހޭކަމަށް ޤާނޫނުގައި ލިޔެފިއްޔާ ކޮންމެ ސަރުކާރަކުން ވެސް އެ މައްޗަށް އަމަލުކުރާނީ އެ އުސޫލުން. އެހެންވީމަ މީގަ ދައްކަން ޖެހޭ ވަހަކައަކީ ޤާނޫނުގައި ލިޔެ ގާނޫނެއް ފާސްކުރަންވީ އެއްވެސް ސަރުކާރެއް ދައުރު ނިންމާފައި ގޮސްގެން ނުވާނެކަމަށް އެއްވެސް ލޯނެއް ނުދައްކާ އަދި އެއްވެސް ފަރާތަކުން ހޯދާފައިވާ ޚިދުމަތަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކާ ހުރިހާ ކަމެއް ޒީރޯކޮށްފައި ފައިބަންޖެހޭނެކަމަށް"

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް

އޭގެ އިތުރުން އޭނާ ވިދާޅުވީ އެ ސަރުކާރަކުން ނެގި ލޯނެއް، ދައުރު ނިމުމުގެ ކުރިން ދައްކާ ޚަލާސްކުރަން ޖެހޭގޮތަށް ވެސް ގާނޫނެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ. އާ ސަރުކާރުން ކުރީ ސަރުކާރުގެ ޚަރަދުތަކާއި ދަރަނިތަކަށް ޒިންމާ ނުވާގޮތަށް ހެދޭނީ ގާނޫނެއް ހަދާ އެ ތަންފީޒު ކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

ސަރުކާރު ބަދަލުވުމުގެ މަރުހަލާ ކުރިއަށް ދާއިރު، މި މަރުހަލާގައި ޚަރަދުތައް ކުޑަކޮށް އާ ލޯނުތައް ނުނެގުމަށް އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެދިލައްވާފަ އެވެ.

މިހާރު އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ސަރުކާރުގެ މާލީ ހާލަތު ދެނެގަތުމުގެ މަސައްކަތެވެ. އެގޮތުން އިންތިގާލީ ކޮމެޓީތަކުން އެކުލަވާލާ ރިޕޯޓުތަކުގެ މައްޗަށް ކުރިއަށް އޮތް ތަނުގައި އެ މައުލޫމާތުތައް ހިއްސާކުރަމުން ގެންދާނެކަމަށް އިންތިގާލީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހާމަކޮށްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.