މެމްބަރު ދޮންބިލެއް އަހުމަދު ހަލީމު މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
23 Oct 2023 | 13:15
ނުފޫޒު ފޯރުވައިގެން އެއްވެސް ސަރުކާރަކަށް އިންތިޚާބެއް ކާމިޔާބުކުރެވިފައެއް ނެތް: ހަލީމް

ނުފޫޒު ފޯރުވައިގެން އެއްވެސް ސަރުކާރަކަށް އިންތިޚާބު ކާމިޔާބުކުރެވިފައި ނެތްކަން ފެހި ޤާނޫނޫ އަސާސީ ވުޖޫދުވީފަހުން ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުތަކަށް ބަލާލުމުން ހާމަވެގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެއް އަހުމަދު ހަލީމް ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހަލީމު ވިދާޅުވީ އެމްޑީޕީން ވަނީ ރާއްޖޭގެ އިންތިޚާބުތަކަށް ނުފޫޒު ނުފޯރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކޮށްދީފައި ކަމަށެވެ. އަދި އެއީ އެމްޑީޕީ ވުޖޫދުވީއްސުރެ މިހާތަނަށް ކުރެވުނު އެންމެ ކާމިޔާބު މަސައްކަތް ކަމަށް އޭނާ ސިފަކުރެއްވި އެވެ. 

އެކަމަށް ބާރުދިނުމުގެ ގޮތުން ހަލީމު ވިދާޅުވީ އެއިރެއްގައި އޮންނަ ސަރުކާރަކުން ވެރިކަން ދެމެހެއްޓުމަށްޓަކައި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ތަފާތު ކަންކަން ކުރަމުން އައިސްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އިންތިޚާބުގެ ނަތީޖާތަކަށް ބަލާއިރު، ސަރުކާރުން ނުފޫޒު ފޯރުވައިގެން އިންތިޚާބުތައް ކާމިޔާބުކުރެވޭތަން ފެނިގެން ގޮސްފައި ނުވާކަމަށާއި، އެއްވެސް ސަރުކާރަކަށް މިހާތަނަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިގެން ގޮސްފައި ނުވާކަމަށް ހަލީމު ވިދާޅުވި އެވެ. 

ފެހި ގާނޫނު އަސާސީ ވުޖޫދުވެ އެންމެ ފުރަތަމަ ބޭއްވުނު ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ވޯޓުން އޭރު އޮތް ސަރުކާރު ބަދަލުކުރި ގޮތަށް، ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެސް ރައްޔިތުން ނިކުމެ ސަރުކާރު ބަދަލުކޮށްފައިވާ ކަމަށާއި، މި ގޮތަށް އެކަން ކުރެވެނީ އިންތިޚާބަށް ނުފޫޒު ފޯރުވި ނަމަވެސް، ދެފުށް ފެންނަ އޮޅުވާނުލެވޭ އިންތިޚާބުތައް ބޭއްވިގެން ދިއުމުގެ ސަބަބުންކަން އޭނާ ފާހަގަކުރެއްވި އެވެ. 

"2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އޭރުގައި އޮތް ޑީއާރުޕީގެ ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވި ވާހަކަ އަޅުގަނޑުމެން ދައްކަން. އެހެން ނަމަވެސް އިންތިޚާބު ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް ނަޝީދު. 2018 ވަނަ އަހަރު ވަރަށް ނުފޫޒު ފޯރުވިކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެހެން ނަމަވެސް ނަތީޖާ ނިކުމެގެން އައީ އެމްޑީޕީއާއި ދިމާލަށް. ދެން މިއަހަރު މި ބޭއްވުނު އިންތިޚާބުގައި އެމްޑީޕީން ވަރަށް ނުފުޒު ފޯރިވިކަމަށް ބުނި. އެހެން ނަމަވެސް ނަތީޖާ އެނބުރިގެން ދިޔައީ އަނެއްކާވެސް ޕީއެންސީއާއި ދިމާލަށް"

ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެއް އަހުމަދު ހަލީމް 

ހަލީމު ވިދާޅުވީ ރާއްޖޭގައި މިހާރު ގާއިމްކުރެވިފައިވާ އިންތިޚާބީ ނިޒާމު ހަރުދަނާވުމުގެ ސަބަބުން ސަރުކާރުން ނުފޫޒު ފޯރިވި ނަމަވެސް ނަތީޖާ ބަދަލުކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫންކަން ރިޔާސީ އިންތިޚާބުގެ ނަތީޖާތަކަށް ބަލާލުމުން ވެސް ހާމަވެގެންދާ ކަމަށެވެ. 

އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ކަންބޮޑުވުންތަކާއެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީ ގަރާރެއް ހުށައަޅުއްވާފައިވަނީ ރިޔާސީ އިންތިޚާބުގެ ތެރޭގައެވެ. 

އެހެން ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވުމުގެ ސަބަބުން އެ ގަރާރަށް ބަހުސްނުކުރެވި މިއަދާއި ހަމަޔަށް މަޑުޖެހިފައި އޮތް ނަމަވެސް މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ވަރަށް ފުޅާކޮށް އެ ގަރާރަށް ބަހުސްކޮށްފައެވެ. އަދި އިންތިޚާބުތަކަށް ނުފޫޒު ފޯރުވުން ހުއްޓުވުމަށް ގާނޫނުތައް އެކުލަވާލާ ތަންފީޒުކުރުން މުހިންމުކަން ގިނަ މެމްބަރުން ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.