އެމްޑީޕީ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް-- ފޮޓޯ/މަޖިލިސް
ހަބަރު
23 Oct 2023 | 15:33
ސަރުކާރު ބަދަލުވާއިރު ކުންފުނިތަކުގެ ވެރިން ބަދަލުވާކަށް ނުޖެހޭ: އަސްލަމް

ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ބަދަލުވާން ނުޖެހޭކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ހުށައަޅުއްވާފައިވާ އިންތިހާބުތަކުގައި ސަރުކާރުން ނަޖާއިޒު ނުފޫޒާއި، ބާރު ފޯރުވަމުންދާތީ، އިންތިހާބުތައް އިންސާފުވެރިކުރުމަށާއި، މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒްކޮށް މަގުފަހިކުރުމަށް ގޮވާލާ ހުށައަޅާފައިވާ ގަރާރުގެ ބަހުސްގެ މަރުހަލާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރަން ޖެހޭނެ ކަމަށް އޭނާވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެހެންނަމަވެސް، ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވާއިރު، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި މަސައްކަތް ކުރަމުންދާ މީހުން ބަދަލުވާން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑު ވެސް ގަބޫލު ކުރަން ސަރުކާރުގެ ކުންފުނިތައް ހަރުދަނާ ކުރަން ޖެހޭކަން. ކޮންމެ ސަރުކާރެއް ބަދަލުވެގެން އަންނައިރު އެ ސަރުކާރެއްގެ ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ އެންމެން ބަދަލުވާކަށް ނުޖެހޭނެ. ސަރުކާރު ކުންފުނިތަކަކީ އެހެން ހިންގަން ޖެހޭނެ ކުންފުނިތަކެއް ނޫން. ސަރުކާރު ކުންފުނިތައް ހިންގަން ޖެހޭނީ އެކުންފުނިތައް ހިންގޭ ހަރުދަނާ ގާބިލު މީހުން،" 

މުހައްމަދު އަސްލަމް

މިއާއެކު އަސްލަމް ވަނީ ކޮންމެ ފަސް އަހަރަކުން ސަރުކާރު ބަދަލުވެ މިނިވަން މުވައްސަސާތަކުގެ ބޭފުޅުންވެސް ބަދަލުވާނަމަ ގައުމު ހަރުދަނާވާނީ ކޮން ގޮތަކުންތޯ ސުވާލު ކުރައްވާފައެވެ. އަދި އެކަން ކަމަށް އެންމެން ވިސްނައިގެން ހައްލެއް ހޯދަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ކޮމެންޓް
ފަހާދީ
ނުޖެހުނަސް ކުރާނަން
23 Oct 2023
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.