ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ހަބަރު
24 Oct 2023 | 10:06
މުހިންމު މަސައްކަތް ހުރި ނަމަވެސް, ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ކުރިއަކަށް ނުގެންދެވުނު

ކޯރަމް ހަމަނުވުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާ ކުރިއަށް ނުގެންދެވި ކެންސަލްކޮށްފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ތާވަލުކޮށްފައިވަނީ ހެނދުނު 9:00 އަށެވެ. ކޯރަމްގެ ބެލު ޖެހުމަށްފަހު ވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭ ގާނޫނީ އަދަދަށް މެމްބަރުން މަޖިލީހަށް ހާޒިރުވެފައި ނުވާތީ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސާ އީވާ އަބްދުالله ވަނީ ޖަލްސާ ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅާ ކުރުކޮށްލާފަ އެވެ. 

މިއަދުގެ ޖަލްސާ ކެންސަލްކޮށްފައިވާއިރު، މަޖިލީހުން ފަށާފައިވާ މުހިންމު މަސައްކަތްތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ. 

އޭގެތެރޭގައި ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށައަޅުއްވާފައިވާ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓުއަރިޒަމާ ބެހޭ ގާނޫނު) އަށް އިސްލާހު ގެނައުމުގެ މަސައްކަތް ވަނީ މިއަދަށް އޭޖެންޑާ ކުރެވިފައެވެ. 

އޭގެ އިތުރުން ދިވެހިރާއްޖޭގެ މަސް ކަނޑުން ގެއްލުނުބައި ހޯދުން އަވަސްކުރުމަށް ސަރުކާރަށް ގޮވާލާ ހުށައަޅާފައިވާ ގަރާރާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގެ އިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ބިލަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްވެސް ވަނީ މިއަދަށް ތާވަލު ކުރެވިފައެވެ. 

ހަމައެއާއެކު ވޯޓަށް އަހަންހުރި މުހިންމު ކަންކަން ވެސް މަޖިލީހުގެ މިއަދުގެ އެޖެންޑާގައި ތާވަލުކޮށްފައި ވެއެވެ. 

މި ފަހަކަށް އައިސް ކޯރަމް ހަމަނުވުމުގެ ސަބަބުން މަޖިލީހުގެ ގިނަ ޖަލްސާތަކެއް ކެންސަލް ކުރަމުންދާއިރު މަޖިލީހުގެ މަސައްކަތްތައް ނުނިމި ދިގުލައިގެންދާތީ ގިނަބައެއްގެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Jul 2026
ޑރ. ފަޒުނާ ނިޔާވުން: ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އަދި މަރްޙޫމާ ޑރ. އާމިނަތު ފަޒްނާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލެހެއްޓެވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
09 Jul 2026
"ޑޮލަރެެއް ނެތް" ނަމުގައި އެމްޑީޕީން ޕެނަލް ޑިސްކަޝަނެއް
ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވާނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އީވާ އަބްދުالله އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އިލްޔާސް ލަބީބެވެ.
09 Jul 2026
ތިނަދޫ "ޖަޒީރާ" ބޯޓް ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް, ބައެއް ތަކެތި އޮޔާ ދަނީ
އެމްއެންޑީއެފުން ވަނީ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ.
09 Jul 2026
އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު ނިޔާވެއްޖެ
ޑރ. ފަޒްނާ ނިޔާވީ ކެންސަރު ބަލީގަައި ކަމަށް އެނގިފައިވެ އެވެ. އުމުރުން 47 އަހަރުގެ ޑރ. ފަޒުނާ ހިމެނުނީ އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރުގެ ގޮތުގަ އެވެ.
09 Jul 2026
ފަހުން ފައިސާ ދައްާގޮތަށް ފުލުހުންނަށް އެއާ ޓިކެޓް ދޭނޭ ބަޔަކު ހޯދަނީ
09 Jul 2026
ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި
އަތުލައިގަތް ތަކެތީގެ ތެރޭގައި ހިމެނެނީ، ސިންތެޓިކް ކެތިނޯން އެވެ
09 Jul 2026
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސްދެއްވާ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރުވެސް ދެއްވުމަށް ހަމަޖެހިފައިވަނީ، ހަތަރު ގިންތިއަކުންނެވެ
09 Jul 2026
މާލެސިޓީ ކައުންސިލްގެ އޮޑިޓެއް، ރަޖިސްޓްރީ ނެތުމާއި ކޯޓޭޝަން ހޯދުމުގައި ބޮޑެތި އޮޅުވާލުންތަކެއް
އޮޑިޓްގައިވާގޮތުން މާލެސިޓީ ކައުންސިލަށް ބޭނުންވާ ހިދުމަތްތައް ހޯދުމާއި، ރަޖިސްތްރީ ހައްދައިދިނުމާއި އަދި ހަރުމުދާ ބެލެހެއްޓުމުގައި އޮޅުވާލުންތަކެއް ހިނގާފައިވާކަން ވަނީ ފާހަގަކޮށްފައެވެ