މަކުނުދޫ ސިލިންޑަރު ގޮވި ސަރަހައްދު--
ހަބަރު
25 Oct 2023 | 11:30
މަކުނުދޫ ސިލަންޑަރު ގޮވި ހާދިސާގައި ނިޔާވި މީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލައިފި!

ހދ. މަކުނުދޫގައި ބިންހިއްކުމުގެ މަސައްކަތް ކުރަމުންދިޔަ ސައިޓްގައި ގޭސް ސިލިންޑަރު ގޮވިި ހާދިސާގައި ނިޔާވި ދެމީހުންގެ ހަށިގަނޑު އާއިލާއާއި ހަވާލު ކުރުމަށް އިންޑިއާއަށް ފޮނުވައިފި އެވެ. 

މިމަހު 21 ވަނަ ދުވަހުގެ ހަވީރު 4:15 ހާއިރު ހިނގި މަކުނުދޫ ގައި ހިނގި އެ ބިރުވެރި ޙާދިސާގައި ދެ ބިދޭސީއަކު ވަނީ ނިޔާވެފައެވެ. މި ޙާދިސާގައި ގޮވާފައިވަނީ އެރަށު ބަނދަރުގެ ދެކުނު ފަރާތުގައި ހުންނަ މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެކެވެ.

އެރަށުން ވޮއިސްއަށް މައުލޫމާތު ދިން މީހަކު ބުނީ އެ ހާދިސާ ހިނގި އެރަށުގެ މަސް މާރުކޭޓުގެ ވަށައިގެން ހުރި ބިއްލޫރިތައް ތެޅިފައިވާ ކަމަށާއި އަދި އެ ތަނުގެ ސީލިންގުވުވެސް ބިމާއި ހަމަވެފައިވާކަމަށެވެ. 

މީގެ އިތުރުން އޭނާ ބުނީ މަސް މާރުކޭޓު ބޭރުން ޗިސްވެފައިވާ އެއް ހަށިގަނޑު ފެށިފައިވާކަމަށާއި އަދި އެ ސަރަހައްދާއި 100 ވަރަކަށް ފޫޓު ދުރުން އެހެން ހަށިގަނޑެއް ފެނިފައިވާކަމަށެވެ. 

އަދި ފެނުނު ދެ ހަށިގަނޑުވެސް ވަނީ ގުނަވަންތައް ވަކިވެ ޗިސްވެފައިކަމަށް އެނާ މައުލޫމާތު ދިނެވެ. 

މިކަން ސީދާ ހިނގާ ދިޔަ ގޮތް އަދި ނޭނގޭއިރު މި ހާދިސާ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ދަނީ ބަލަމުންނެވެ.

އަދި ނިޔާވި ދެމީހުންގެ ހަށިގަނޑުގެ ބައިތައް އެއްކޮށް، މާކެ ގެނެސްގެން އިތުރު ތަހުލީލުތައް ވެސް ފުލުހުން ވަނީ ކޮށްފައެވެ.

އެއަށްފަހު އެމީހުންގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާލާފައި ވަނީ އިއްޔެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.