މުހައްމަދު އިސްމާއިލް-- ފޮޓޯ/ވޮއިސް
ހަބަރު
26 Oct 2023 | 09:14
ހުވާ ކުރުމުގެ ރަސްމިއްޔާތުން ފެށިގެން ޑރ.މުޢިއްޒަށް ޖެއްސުން ކުރާނޭކަން އެމްޑީޕީން އިއުލާން ކޮށްފި: މުހައްމަދު

ހުވާ ކުރުމުގެ ރަސްމިއްޔާތުން ފެށިގެން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ޖެއްސުން ކުރާނެ ކަމަށް މަޖިލީހުގެ މެޖޯރިޓީ އޮތް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ, އެމްޑީޕީން އިއުލާން ކޮށްފައިވާ ކަމަށް ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއާ އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ދުރުކުރަން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ހުށައެޅި މައްސަލަ ފާސް ކުރަން ވޯޓް ދޭން ނިންމާ އެެ ޕާޓީން ނެރެފައިވާ ތްރީލައިން ވިޕާއި ގުޅޭގޮތުން، އިއްޔެ އެ ޕާޓީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ ދެން އެންމެ އަވަހަށް މަޖިލީހުގައި ކުރިއަށް ގެންދަން ޖެހޭނީ ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކަމަށާއި އަދި އެ ޖަލްސާ ނުބާއްވާ ނަމަ އެހެން އެއްވެސް މަސައްކަތެއް ކުރުމަށް އެއްބާރުލުން ނުދޭން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ބާއްވާ ޖަލްސާއަށް ވެސް އެއްބާރުލުން ދެވެން ނޯންނާނެ ކަމުގައި އަސްލަމް ވަނީ ވިދާޅުވެފައެވެ. 

އަސްލަމްގެ ވާހަކަތަކަށް ތާއީދު ކުރައްވައި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒުވެސް ވަނީ، އިތުބާރުގެ މައްސަލަ ނުނިންމާ ނޮވެންބަރު 17 ވަނަ ދުވަހު އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ހުވާ ކުރެއްވުމުގެ ޖަލްސާގެ ރިޔާސަތުގައި ނަޝީދަށް ނުއިންނެވޭނެ ކަމަށެވެ. އަދި އެގޮތުގައި އެ ޖަލްސާ ކުރިއަށް ގެންގޮސްފިނަމަ ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ނުދޭނެ ކަަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"އެ ޖަލްސާ އެހެން ކުރިއަށް ގެންދަވައިފި ކަމުގައިވާނަމަ އެ ރައީސުލްޖުމްހޫރިއްޔާ ފޮނުވާ ކެބިނެޓާއި އެހެން ކަންކަމަށް އަޅުގަނޑުމެންނަށް ކަނޑައެޅިގެން ނޯ ޖަހާނީ އިނގޭތޯ. މިއީ ވަކި ޕްރޮސެސް އެއް އޮންނަ ކަމެއް،" ނާޝިޒު ވިދާޅުވި އެވެ. 

އެމްޑީޕީ މަޖިލީހު މެންބަރުންގެ އެ ވާހަކަ ތަކާއި ގުޅިގެން މުހައްމަދު އިސްމާއިލް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ތެރެއިންނާ އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެގެންވެސް ޑރ. މުޢިއްޒުގެ ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް މީގެ ކުރިން އެމްޑީޕީން ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ހުވާ ކުރުމުގެ ރަސްމިއްޔާތުން ފެށިގެން މުޢިއްޒަށް ޖެއްސުން ކުރަން ފަށާނެ ކަމަށް އިއްޔެ އެމްޑީޕީން  އިއުލާން ކޮށްފައިވާ ކަމަށާ، އެއިންވެސް ޔަގީންވެގެން ދަނީ އެމްޑީޕީ އަކީ ބަހާއި އަމަލާ ދިމާ ނުވާ ޕާޓީއެއްކަން ކަމަށް އޭނާ ވިދާޅުވި އެވެ.

މިއާއެކު މުހައްމަދު އިސްމާއިލް ވިދާޅުވީ، އެމްޑީޕީން މުޢިއްޒުގެ ކެބިނެޓަށް "ނޯ" ބުނާނެ ކަމަށް ބުނިގޮތަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ދިވެހި ރައްޔިތުން އެމްޑީޕީއަށް ނޯ ބުނަންޖެހޭ ކަމަށެވެ. 

"އެހެން ނޫންނަމަ، މަޖިލިސް ތެރެއިން ސަރުކާރަށް ޖެއްސުން ކުރުން ނޫން ކަމެއް އެމްޑީޕީން ނުކުރާނެކަން ޔަގީން. މިއަދު އަދި މި ފެނުނީ އެކަމުގެ މަލަމަތި އެކަނި." މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. 

ކޮމެންޓް
ހާއުފާ
ހުވައި ނުކުރަނިސް މިހާރުއެފެށީ ޖެއްސުންކުރަން. މަޖިލިސް އުވާލަންފެނޭ
26 Oct 2023
ދިފިރު
މިއީ ފިތުނަ އުފައްދަން އުޅޭ މީހުން. ބުނިބަޔަކު ބުނީ ގަދަބާރުން މަޖިލީހުގެ ރައީސްކަމުގެ މަގާމު ހިސޯރުކޮށްގެން އިން ރައީސަކު ހުރެގެން ކުރާކަމެއް ބަލައި ނުގަންނާނެ ވާހަކަ.
27 Oct 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.