އިމިގްރޭޝަނާ ހަވާލުކުރި އަންހެން މީހާ މާފަންނު ޕޮލިސް ސްޓޭޝަންގައި--
ހަބަރު
26 Oct 2023 | 11:30
ޗައިނާ އަންހެންމީހާ ފުލުސް އޮފީހުގައި ކޭންޕު ޖަހައިފި، އިމިޤްރޭޝަނުން ހަވާލުނުވި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެހެން މީހުންނަށް އުނދަގޫ ކޮށް ހަދާތީ ހައްޔަރު ކުރުމަށްފަހު އިމިގްރޭޝަނާ ހަވާލުކުރި ޗައިނާ އަންހެން މީހާ ވަންނާނެ ތަނެއް ނެތި މާލެއަށް ގިނަ ވެއްޖެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެ ޗައިނާ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެއަރޕޯޓްތެރޭގައި އެހެން މީހުންނަށް އުނދަގޫ ވާނެ ހެން އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން ފަދަ ޢަމަލުތައް ހިންގަމުން ދަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެއަރޕޯޓް ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އުޅެފައިވެއެވެ. އަދި އެހާ ގިނަ ދުވަހު އޭނާ އެއަރޕޯޓް ތެރޭގައި އުޅެފައިވަނީ ވިސާގެ މައްސަލަ ޖެހިގެނެވެ.

ވިސާގެ މައްސަލަޖެހުމުން އޭނާ އަށް ނުފުރި ހުރުމުން ޗައިނާ އެމްބަސީއިން އޭނާއަށް ޓިކެޓްވެސް ނަގައިދީފައިވީ ނަމަވެސް އޭނާ ފުރައިގެން ގޮސްފައި ނުވާއިރު، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔުމަށްފަހު އިމިގްރޭޝަން އާ ހަވާލުކުރި ކަމަށް މިމަހު 19 ވަނަ ދުވަހު އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ. 

ނަމަވެސް އިމިގްރޭޝަން ޑިޓެންޝަން ގައި އަންހެނުން ބައިތިއްބާނެ ތަނެއް ނުހުންނާތީ އަންހެން މީހާ އެތަނުގައި ނުބެހެއްޓޭނެ ކަމަށް ބުނެ ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިފަދަ މީހުން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާނީ އިމިޤްރޭޝަނައާއެވެ.

އޭނާ މިވަގުތު ހުރީ މާފަންނު ޕޮލިސް ސްޓޭޝަނުގައި ކޭންޕު ޖަހައިގެންނެވެ. އޭނާ އެތަނުގައި އުޅެމުންދާތާ 6 ދުވަސް ވެފައިވާއިރު އިމިޤްރޭޝަނުން އޭނާގެ ކަންކަމާ ހަވާލުވެފައެއްނުވެއެވެ.

އިމިގްރޭޝަނާ ހަވާލުކުރި އަންހެން މީހާ މާފަންނު ޕޮލިސް ސްޓޭޝަންގައި--

އަންހެން މީހާ ކައިބޮއި، ނިދައި، ފާޚާނާ ބޭނުންކުރުން ފަދަ ހުރިހާ ކަމެއްވެސް ކުރަމުން އަންނަނީ އެ ޕޮލިސް ސްޓޭޝަންގައެވެ.

"އިމިގްރޭޝަން އިން ބުނަނީ އެތަނުގައި ޑިޓެންޝަން ސެންޓަރުގައި އަންހެނުން ނުބެހެއްޓޭތީ ކަމެއް ނުވާ ކަމަށް. މިހާރު ލައިގެން ހުންނަ އެއްޗެހިވެސް ބާލާ ހިސާބަށް އެ މީހާގެ ކަންކަން މިވަނީ ގޮއްސަ." ވޮއިސްއަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވި އެވެ. 

މިކަމާއި ގުޅިގެން އިމިގްރޭޝަންގެ ބަހެއް ލިބޭތޯ ގުޅައި މެސެޖު ކޮށްގެންވެސް އެ ތަނުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. 

ކޮމެންޓް
ާއާމިނާ
ރާއްޖޭގެ ރައްޔިތެއްނަމަ ވަގުތުން ޖަލަށް ގެންދާނެ.
26 Oct 2023
ރީޝާ
މީ މި ރާއްޖޭގެ އިމިގްރޭޝަންގެ ހާާލު...
26 Oct 2023
އާދނަނު124
ރާއްޖޭގަ ބޮސުންނުލާ އެންމެ މުއްސަސާއެއްވެސް ނެތް، މިކަލަ ކަންކަމުން ރާއްޖެއަށް ޚުތުރު ނަންލިބޭނީ، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމު ޗައިނާ އަކީ
26 Oct 2023
ކާޓީ
ތީނާ މިދުއަމް ސަައުދާ ހަވާލުކުރޭ. ޢެއީ ސެލްފް ކްލެއިމްޑް ޗާއިނީސް އެމްބެސެޑަރ
26 Oct 2023
ތުރާކާ
ކޮބައިތަ ޗައިނާ އެމްބަސީ؟ ކީއްވެތަ އެތަނާ ޙަވާލުނުކުރެވެންވީ؟ މިޤައުމުގައި ބޭނުންހާ ގޮތަކަށް ބިދޭސީންނަށް އެބައުޅެވޭ. އަދި ފުލުހުންގެ އިދާރާވެސް އެމީހުންނަށް ބޭނުންއެބަކުރެވޭ. ތީ ދިވެއްސެއްނަމަ މިހާރު ތަޅާމަރާ ޖަލަށްލީސް
26 Oct 2023
ލަބީޤް
އަދިވެސް ކޮންޓްރޯލަރ ފިލްމު ކުޅެނީ
28 Oct 2023
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.