ދަ ޑިމޮކްރެޓްސްގެ ޖަގަހައިގައި ބޭއްވުނު ހަރަކާތެއްގެ ތެރެއިން/ ފޮޓޯ ދުވަސް
ހަބަރު
26 Oct 2023 | 11:04
ޑރ މުއިއްޒު ހުވާކުރެއްވުމަށް ހުރަސްއަޅަނީ ރައީސް ޞާލިހު އަންގަވައިގެން: ޑިމޮކްރެޓްސް

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕު މެދުވެރިކޮށް ހުރަސްއަަޅަމުން ގެންދަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަންގަވައިގެން ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތު ބަލަހައްޓަވާ ދަރުބާރެއްގައި ޑރ މުހައްމަދު މުއިއްޒު ހުވާކުރައްވައިފިނަމަ ރައީސް މުއިއްޒަކީ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ހުވާ ކުރައްވައިގެން ހުންނެވި ރައީސެއް ކަމުގައި ބަލައި ނުގަންނާނެ ކަމަށާއި އެމަނިކުފާނުގެ ކެބިނެޓަކަށް ރުހުން ނުދޭނެ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވަނީ ބުނެފައެވެ. 

އެކަމާއި ގުޅިގެން ދަ ޑިމޮކްރެޓްސްއިން ވަނީ ޑރ މުއިއްޒު ހުވާކުރެއްވުމަށް ހުރަސްއެޅުން ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން އިންތިޚާބުވެވަޑައިގެންނެވި ޕީއެންސީގެ ކެންޑިޑޭޓު، އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހުވާކުރުމުގެ ދަރުބާރަށް ހުރަސްއެޅުމަށް، ރިޔާސީ އިންތިޚާބުން ނާކާބިޔާބުވެވަޑައިގެންނެވި ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ޞާލިހު އަންގަވައިގެން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން ލައްވާ ކުރައްވަން އުޅުއްވަނީ ހުތުރު މަސައްކަތްޕުޅެއް ކަމަށެވެ. 

އެކަން އެ ޕާޓީން ހަރުކަށި އިބާރާތުން ކޮށްވެރި ކުރާ ކަމަށާއި، ރައްޔިތުންގެ ނިންމުމަށާއި، ޤާނޫނު އަސާސީގެ ހުރުމަތަށާއި، ޑިމޮކްރަސީގެ އަސާސްތަކާއި މަކާރިމުލް އަޚްލާގުގެ ހަމަތަކަށް ރުޖޫއަވެ ވަޑައިގަތުމަށް އިލްތިމާސްކުރައްވާކަމަށް ދަ ޑިމޮކްެރޓްސްގެ ބަޔާނުގައި ވަނީ އިލްތިމާސްކުރައްވާފަ އެވެ. 

ޑރ މުއިއްޒުގެ ސަރުކާރަކީ ދަ ޑިމޮކްެރެޓްސް ހިއްސާވާ ސަރުކާރެއްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި ސަރުކާރުގެ ޝާމިލުވެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެ ޕާޓީގެ މުއައްސިސުން ވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުައްރަހީމް އަބްދުﷲ އާއި އެކު މަޝްވަރާ ބައްދަލުވުމެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.