އިލިޔާސް ޑިމޮކްރެޓްސްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ/ ފޮޓޯ: ދަ ޑިމޮކްރެޓްސް
ހަބަރު
28 Oct 2023 | 12:38
ވޯޓު ހޯދަން އެންމެ މީހަކަށް 6 ލައްކަ ރުފިޔާ އެންސްޕާއިން ދީފަވޭ: އިލިޔާސް

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވޯޓު ހޯދަން ޤައުމީ ހެލްތު އިންޝިއުރެންސް ސްކީޕް އާސަންދަ އަދި އެންސްޕާގެ ބޭނުން ނަހަމަގޮތުގައި ހިފާ ކޮރަޕްޝަން ހިންގާފައިވާކަން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބު ހާމަކުރައްވައިފި އެވެ. 

އިލިޔާސް މިފަދައިން ހާމަކުރައްވާފައި މި ސަރުކާރުގެ ދަރަންޏާއި، އިންތިޚާބުގެ ތެރޭގައި ދައުަތުގެ މާލިއްޔާއިން ކޮށްފައިވާ ޚަރަދުތަކަށް އަލިއަޅުވާލައްވާ ދަ ޑިމޮކްރެޓްސްގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އިލިޔާސް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވޯޓު ހޯދުމަށްޓަކައި ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އާސަންދަ އަދި އެންސްޕާއިން ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. 

އެގޮތުން އެމަނިކުފާނަށް ވޯޓުދޭނެކަމަށް މީހުންލައްވާ އެއްބަސްކުރުމަށްފަހު ބޭސްފަރުވާ ކުރުމުގެ ނަމުގައި "ޗުއްޓީ ހެދުމަށް" އާސަންދަ އަދި އެންސްޕާއިން ޚަރަދުކޮށްގެން އެތައް ބަޔަކު ބޯރަށް ފޮނުވާދީފައިވާކަމަށް އިލިޔާސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޞާލިހަށް ވޯޓު ހޯދުމަށް އެންސްޕާއިން އެންމެ މީމަހަކަށް 6 ލައްކަ ޚަރަދުކޮށްފައިވާކަން އެ ތަނުގެ ޚަރަދުތަކަށް ބެލުމުން ހާމަވެފައިވާ ކަމަށެވެ. 

"އާސަން ނަމުގައި، އެންސްޕާގެ ނަމުގައި ދިޔައީ ދާރި ބަހަމުން ބަހަމުން. އަޅިގަނޑުމެންނަށް ފެންނަން ހުރި ހިސާބުތަކުގައި އެބަހުރި އެންމެ މީހަކަށް އެބަހުރި 6 ލައްކަ ރުފިޔާ ދީފަ. އެނސްޕާއިން. އެންމެ މީހަކަށް 6 ލައްކަ ރުފިޔާ ދީފަ، މަޖިލީސް މެމްބަރަކު ބުނީމަ އޭނަ ދާއިރާއަށް ވޯޓު ހޯދަދޭނަމޭ ބުނީތީ"

އިލިޔާސް ލަބީބު

މި ސަރުކާރުގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަކޮށް އިލިޔާސްގެ ވާހަކައިގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވީ ރައީސް ޞާލިހުގެ ސަރުކާރުން އެކަނި 75 ބިލިއަން ދަރަނި ނަގާފައިވާ ކަމަށެވެ. 

އެހެން ނަމަވެސް އެހާ ބޮޑު ދަރަންޏެއް ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާއިރު، މި ސަރުކާރަށް އާމްދަނީ އިތުރުކުރުމަށް ހިންގިފައިވާ ޕްރޮޖެކްޓެއް ވެސް ނެތް ކަމަށާއި، އަދި އާންމު ރައްޔިތުންގެ އާމްދަނީ އިތުރުކިށްދިނުމަށް ކުރެވުނު ކަމެއް ވެސް ނެންކަމަށެވެ. 

ދައުލަތުގެ ދަރަނި އިތުރުކޮށް ނަތީޖާއެއް ނެރެނުދެވުމަކީ ރައީސް ޞާލިހުގެ ވަރަށްބޮޑު ވެއްޓުމެއްކަމަށާއި، ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލައިފިނަމަ، އަސްލު ހާލަތު އެނގިގެންދާނެކަމަށް އިލިޔާސް ވިދާޅުވި އެވެ.

ކޮމެންޓް
ޖޭކޭ
ތިޔައީ ތެދެއްހަމަ، ނަޝިދު ޔޫރަޕް ގައި ޗުއްޓީ ހޭދަކުރުމައް 2021 ވަނަ އަހަރު 4 މިލއަން ޚަރަދުކުރި
29 Oct 2023
ހުަޅުދޫ
ކަލޭގެތިދޮގުތައް ގަބޫލުކުރާބަޔަކުމިގައުމުގަމިހާރަކުނެތް
29 Oct 2023
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.