މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް-- ފޮޓޯ/މަޖިލިސް
ހަބަރު
29 Oct 2023 | 11:55
އީވާގެ ދެވަނަ ބްލަޑް ރިޕޯޓެއް ހެއްދެވީވެސް ކިރިޔާވެސް ރަނގަޅުނަމަ މަޖިލީހަށް ވަޑައިގަތުމަށް: ޢާޒިމް

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުالله، މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ވަޑައިނުގެން ސަލާމް ފޮނުއްވުމުން ކުރެވެމުންދާ ތުހުމަތު ތަކާއި ފާޑުކިޔުންތަކަށް ދަ ޑިމޮކްރެޓްސް ގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް ރައްދު ދެއްވައިފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ  ރިޔާސަތުން ވަކިކުރުމަށް 49 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހަޅައި އެމަނިކުފާނަށް 14 ދުވަހުގެ ނޯޓިސް ފޮނުވައި، ނޯޓިސްގެ މުއްދަތު ހަމަވުމާއިއެކު މިއަދު ވަނީއެ މައްސަލަ އެޖެންޑާ ކޮށްފައެވެ. 

ނަމަވެސް މިއަދަށް އެ ޖަލްސާ އެޖެންޑާ ކުރި މައްސަލަ މަޖިލީހުގެ ނައިބު ރައީސާ އީވާ އާލާސްކަންފުޅާއި އުޅުއްވާތީ ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ.

އެގޮތުން އެކަން ހާމަ ކުރައްވަމުން މަޖިލީހުގެ އަމީން އާއްމު ނިޔުޝާ ވިދާޅުވީ, މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރުމަށް ބާއްވާ ބަހުސެއްގެ ރިޔާސަތު މަޖިލީހުގެ ރައީސް ބަލަހައްޓައިގެން ނުވާނެކަމަށާއި، އެފަދަ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމުގެ މަސްއޫލިއްޔަތަކީ މަޖިލީހުގެ ނައިބު ރައީސާއި މަޖިލީހުގެ ގަވައިދުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތެއްކަމަށެވެ.

އަދި ރިޔާސަތު ބަލަހައްޓަވާދެއްވުމަށް މަޖިލީހުގެ ނައިބު ރައީސްއަށް އަންގާފައިވާނެކަމަށާ އެހެން ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އާލާސްކަންފުޅާއި އުޅުއްވާކަން ބަޔާންކޮށް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ސަލާން ފޮނުވާފައިވާތީ މިއަދު އެ ގަރާރަށް ބަހުސްކުރުން ކުރިއަށް ގެންދެވެން ނެތްކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފަ އެވެ. 

އެކަމާއި ގުޅިގެން އެމްޑީޕީ މެންބަރުން ވަނީ މަޖިލީހުގައި އިހްތިޖާޖު ކޮށް އަޑު އުފުލާފައެވެ. އަދި އިވާ ޑެންގޫ އަށް ޕޮޒިޓިވް ވީ ކަމަށް މިމަހުގެ 23 ވަނަ ދުވަހު ކަމަށް މަޖިލީހަށް އޭނާ ފޮނުއްވި ރިޕޯޓްގައި ލިޔެފައިވީ ނަމަވެސް، 24 ވަނަ ދުވަހުވެސް އޭނާ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި ކަމަަށް އެމްޑީޕީ މެންބަރުން ވަނީ ވިދާޅުވެފަ އެވެ. 

އެވާހަކަތަކަށް ރައްދު ދެއްވައި ޢާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖުލީހުގެ ނައިބު ރައީސް ‎އީވާއަކީ އެންމެ މަދުން މަޖިލީހަށް ސަލާން ވިދާޅުވެފައިވާ އެއްބޭފުޅާ ކަމަށެވެ. 

"ދެވަނަ ބްލަޑް ރިޕޯޓެއް ހެއްދެވީވެސް ކިރިޔާވެސް ރަނގަޅުނަމަ
މަޖިލީހަށް ވަޑައިގަތުމުގެ މަގްސަދުގައި." ޢާޒިމް ވިދާޅުވިއެވެ. 

އީވާގެ ދެ މެޑިކަލް ރިޕޯޓްވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރ ‎މުހައްމަދު އަސްލަމް އަށް ފޮނުއްވާފައިވާ ކަމަށް އާޒިމް ފާހަގަކުރެއްވި އެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.