ޗައިނާ އަންހެން މީހާ އެއާޕޯޓް ގައި ނިދާފައި--ފޮޓޯ/މުހައްމަދު އަމާން
ހަބަރު
30 Oct 2023 | 13:23
އިމިގްރޭޝަން އިން އަޅާނުލި؛ ޗައިނާ މީހާ އެއާޕޯޓް ގައި ކޭންޕު ޖަހައިފި!

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެހެން މީހުންނަށް އުނދަގޫ ކޮށް ހަދާތީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު އިމިގްރޭޝަނާ ހަވާލުކުރި ޗައިނާ އަންހެން މީހާ ޕޮލިސް ސްޓޭޝަންގައި ބަނޑަހަ ޖަހައިގެން އުޅުމަށްފަހު އަނެއްކާވެސް އެއާޕޯޓް ގައި ދިރިއުޅެން ފަށައިފިއެވެ. 

މިމަހުގެ 19 ވަނަ ދުވަހު އެ ޗައިނާ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެއަރޕޯޓްތެރޭގައި އެހެން މީހުންނަށް އުނދަގޫ ވާނެ ހެން އަޑުގަދަކޮށް ތަންތަނަށް ކުޅުޖެހުން ފަދަ ޢަމަލުތައް ހިންގަމުން ދަނިކޮށެވެ.

އޭރުވެސް އޭނާ އެއަރޕޯޓް ތެރޭގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް މައުލޫމާތު ލިބޭއިރު، އެހާ ގިނަ ދުވަހު އޭނާ އެއަރޕޯޓް ތެރޭގައި އުޅެފައިވަނީ ވިސާގެ މައްސަލަ ޖެހިގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ. 

މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު އިމިގްރޭޝަން އާ ހަވާލުކޮށްފައިވާ ކަމަށް މިމަހު 19 ވަނަ ދުވަހު ފުލުހުންގެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ. 

ނަމަވެސް އިމިގްރޭޝަން ޑިޓެންޝަން ގައި އަންހެނުން ބައިތިއްބާނެ ތަނެއް ނުހުންނާތީ އަންހެން މީހާ އެތަނުގައި ނުބެހެއްޓޭނެ ކަމަށް ބުނެ ދޫކޮށްލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިފަދަ މީހުން ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރެވިފައިވާނީ އިމިގްރޭޝަނައާއެވެ.

އެފަހުން އޭނާ މާފަންނު ޕޮލިސް ސްޓޭޝަނުގައި ކޭންޕު ޖަހައިގެން ގާތްގަނޑަކަށް 6 ދުވަހަށްވުރެ ގިނަ ދުވަހު އުޅެފައިވާ އިރު އިމިޤްރޭޝަނުން އޭނާގެ ކަންކަމާ ހަވާލުވެފައެއްނުވެއެވެ.

އަންހެން މީހާ ޕޮލިސް ސްޓޭޝަންގައި އުޅޭ މައްސަލަ އާއި ގުޅިގެން މިމަހު 26 ވަނަ ދުވަހު ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެމީހާ އަކީ ފުލުހުންގެ ބެލުމުގެ ދަށުގައި ނުވަތަ ބަންދެއްގައިވެސް ހުރި މީހެއް ނޫން ކަމަށެވެ.

"އޭނާ ޕޮލިސް ސްޓޭޝަންގައި އުޅޭތީ ތަކުރާރުކޮށް ނަސޭހަތްދީ އެގޮތަށް ކަންތައް ނުކުރުމަށް އެދިފައި ވާނެ. އޭނާ އަކީ އޮކްޓޯބަރ 19 ވަނަ ދުވަހު އިމިގްރޭޝަން އާއި ހަވާލު ކޮށްފައިވާ މީހެއް." މީޑިއާ އޮފިޝަލް ވިދާޅުވެފައިވެއެވެ. 

އެއަށްފަހު އަންހެން މީހާ އަނެއްކާވެސް އެއާޕޯޓަށްގޮސް، އެތަނުގައި "ކޭންޕު" ޖަހައިގެން އުޅެން ފަށާފައިވާ ކަމަށް 'ވޮއިސް' އަށް ވަނީ މައުލޫމާތު ލިބިފައެވެ. 

މި މައްސަލައިގައި އިމިގްރޭޝަން ގެ ބަހެއް ލިބޭތޯ ތަކުރާރުކޮށް މަސައްކަތް ކޮށްވެސް އަދި މިހާތަނަށްވެސް އެ އިދާރާއިން ޖަވާބެއް ދީފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.