އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ޕްރެސް ކޮންފަރެންސްގައި/ ފޮޓޯ: މަޖިލިސް
ހަބަރު
31 Oct 2023 | 12:44
ނަޝީދު މައްސަލައިގައި ސުޕްރިމް ކޯޓުން ނިންމާ ގޮތަކަށް ތަބާވާނަން: އެމްޑީޕީ

މަޖިލީހުގެ ރިޔާސަތުން މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލަ ކުރިއަށް ގެންދަންވީ ގޮތާއި ގުޅިގެން ސުޕްރިމް ކޯޓުގެ ލަފަޔަކަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން އެދިފައިވާއިރު، އެ މައްސަލައިގައި އެ ކޯޓުން ނިންމަވާ ކޮންމެ ގޮތަކަށް ތަބާވާނެކަމަށް އެމްޑީޕީ ޕީޖީ ގުރޫޕުން ބުނެފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން މަކިކުރުމަށް 49 މެމްބަރުންގެ ސޮޔާއެކު ހުށައެޅި މައްސަލަ މި ހަފްތާގެ އާދިއްތަ އަދި ހޯމަ ދުވަހަށް އެޖެންޑާ ކުރެވުނު ނަމަވެސް، މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުالله އާލާސްކަންފުޅާއި އުޅުއްވާތީ މަޖިލީހަށް ހާޒިރުވެވަޑައިނުގެންނެވުމުގެ ސަބަބުން ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ. 

އޭގެ އިތުރުން އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އެއްވެސް މަސައްކަތެއް އިތުރަށް ކުރިއަށް ނުގެންދެވޭނެކަން ބަޔާންކޮށް، އެ މައްސަލައިގައި ދެން އަމަލުކުރަންވީ ގޮތުގެ ލަފަޔަކަށް އެދި އެމްޑީޕީގެ ޕީޖީ ގުރޫޕުން ސުޕްރިމް ކޯޓަށް ހުށައަޅާފައިވާއިރު އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިގެންފަ އެވެ. 

ރައްޔިތުންގެ މަޖިލީހަށް މިއަދުގެ ޖަލްސާގައި ބަޖެޓު ހުށައެޅުމަށް އެޖެންޑާ ކުރެވުނު ނަމަވެސް ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން ކަމެއް ނުކުރެވޭނެކަން ފާހަގަކޮށް އެމްޑީޕީގެ މެމްބަރުން ވަނީ ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސްއަޅާފަ އެވެ. އަދި އެމްޑީޕީގެ މެމްބަރުން ހަމަނުޖެހުން އުފައްދާ ނިޒާމު ނަގާލުމަށް މަސައްކަތް ކުރަމުން ދިއުމާއި ގުޅިގެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ. 

އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެމްޑީޕީގެ ޕީޖީއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އިންނަވަން ވާނީ މަޖިލީހުގެ އަގުލަބިއްޔަތު މެމްބަރުންގެ އިތުބާރު އޮތް ބޭފުޅެއް ކަމަށެވެ. 

އެއީ މަޖިލީހުން ރިޔާސަތަކަށް އައްޔަންކުރާ ހުރިހާ ތަނެއްގައި ވެސް އަމަލުކުރެވެމުން އަންނަ އުސޫލު ކަމަށާއި، މަޖިލީހުގެ ރިޔާސަތަށް އިތުބާރުނެތްކަމަށް ގިނަ މެމްބަރުންތަކެއް ބުނާނަމަ، އެ މައްސަލަ އަވަހަށް ބަލާ ރިޔާސަތަށް އޮތް އިތުބާރު ކަށަވަރުކުރެވެން ވާނެކަމަށް އަސްލަމް ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދާނެ ގޮތާއި ގުޅިގެން އެކި ސިފަސިފައިގައި މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ނުފެންނަ ކަމަށާއި، ސުޕްރިމް ކޯޓުގެ ލަފަޔަކަށް އެދުނީ މަޝްވަރާކޮށްގެން އެކަން ކުރިއަށް ގެންދެވޭނެ މަގު ނުފެނުމުންކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި ސުޕްރިމް ކޯޓުން ނިންމާ ގޮތަކަށް ތަބާވެ އެމްޑީޕީން ކުރިއަށް ދާނެ ކަމަށެވެ. 

"ރައީސަށް ޗެއާ ނުކުރެވޭނެކަމަށް ގާނޫނު އަސާސީގައި އޮންނަނީ. ގާނޫނުގައި މި ކަނޑައެޅީ އެކަން ކުރާނެ ވަކި ފަރާތެއް، އެހެން ނަމަވެސް މި ދެންނެވި ގަވައިދުގައި އެބަވޭ އެއީ ނައިބު ރައީސް ކަމަށާއި، ނައިބު ރައީސަށް ނުކުރެވުނީމާ އަމަލުކުރާނެ ގޮތް ވެސް އެބަވޭ. އެހެން ނަމަވެސް އެ މާއްދާއަށް ވަޑައިގަންނަވާކަށް މަޖިލީހުގެ އިދާރާއިން ބޭނުންފުޅެއް ނުވޭ. ދެން އިރާދަކުރެއްވިއްޔާ ސުޕްރިމް ކޯޓުން މިކަމުގައި ގޮތެއް ކަނޑައަޅުއްވާދީ، އެއީ ކޮންމެ ގޮތަކަށް ކަނޑައެޅުއްވި ކަމަށް ވިޔަސް އެ ނިންމުމަށް އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުން ބޯލަނބާ ކިޔަމަންވާނަން"

އެމްޑީޕީ ޕީޖީ ލީޑަރު އަސްލަމް 

އަސްލަމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮތުމަކީ ޤާނޫނު އަސާސީއާއި މަޖިލީހުގެ ގަވައިދުގެ ރޫހާއި ވެސް ޚިލާފުކަމެއް ކަމަށެވެ. 

އެހެން ކަމުން ނަޝީދު ވަކިކުރުމުގެ މައްސަލަ އަވަހަށް ކުރިއަށް ގެންގޮސް އިތުބާރު ހިފޭ ރިޔާސަތަކާއެކު މަޖިލީހުގައި ކުރަން ހުރި މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއްކަމަަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.