އެފްއޭއެމްގެ ރައީސް ބައްސާމް/ ފޮޓޯ: އިންޓަނެޓް
ހަބަރު
01 Nov 2023 | 13:09
ފަސް ލައްކައިގެ ދަރަންޏެއް ދައްކަން އެފްއޭއެމްގެ މައްޗަށް ހުކުމްކޮށްފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބީހައިވް ހޮޓެލްސްއަށް ނުދައްކާ އޮތް ފަސް ލައްކަ ރުފިޔާގެ ދަރަންޏަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. 

މި ފައިސާ އަކީ އެފްއޭއެމްގެ އެދުމުގެ މަތިން ބީހައިވް އިން ދޫކޮށްފައިވާ ފަސް ލައްކަ ރުފިޔާއަށް ވާ ޑޮލަރުގެ ފައިސާއެވެ. 

މި މައްސަލައިގައި އެފްއޭއެމްއާ ދެކޮޅަށް ބީހައިވްއިން ކޮށްފައިވާ ދައުވާއަށް އެ އެސޯސިއޭޝަނުން ވަނީ އެއްބަސްވެފަ އެވެ.

އެގޮތުން، ދަރަނި ދައްކަން ބީހައިވްއަށް ޗެކެއް ދޫކުރި ކަމަށާއި ނަމަވެސް އެ ފައިސާ ބޭންކުން ނެގޭ ގޮތް ނުވީ އެފްއޭއެމްގެ މާލީ ހާލަތު ހުރި ގޮތުން ކަމަށް ބުނެފައިވެ އެވެ. އަދި، ދަރަނި ނުދެއްކި އޮތީ ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ލިބެން ޖެހޭ ފައިސާ އެ ދުވަހަށް ނުލިބި އޮތުމުން ކަމަށް ބުނެފައިވެ އެވެ. 

އެ ދަރަނި ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ދައުވާތަކަށް އެމްއޭއެމުން އެއްބަސްވެފައިވާތީ އެވެ. އަދި އެ ކޯޓުން ވަނީ އެފްއޭމުން އެދުނު ގޮތަށް އެފްއޭއެމްގެ މާލީ ހާލަތު ހުރި ގޮތަށް ބަލައި އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކަން ޖެހޭ ގޮތަށް އަމަރުކޮށްފައެވެ. 

އެމްއޭއެމްގެ މައްޗަށް ފަސްލައްކައިގެ ދަރަންޏެއް ދައްކަން ހުކުމްކޮށްފައިވާއިރު، ވަރަށް ގިނަ ތަންތަނަށް އެމްއޭއެމުން ފައިސާ ނުދައްކާހުރި މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެގެން ގޮސްފައެވެ. 2021 އިން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް އެފްއޭއެމްއާ ދެކޮޅަށް ސިވިލް ކޯޓުގައި 18 ދައުވާއެއް ކޮށްފައިވެއެވެ. 

އެފްއޭއެމާއި ދެކޮޅަށް ދައުވާކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ޑީކޭ ހޮސްޕިޓަލާއި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ހިމެނެ އެވެ.

އޭގެ އިތުރުން އެފްއޭއެމްގެ ތެރޭގައި ޚިޔާނާތާއި ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ފުލުހުން ވަނީ ތަހުގީގެއް ވެސް ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.