ފަހި ދިރިއުޅުން ފްލެޓް-- ފޮޓޯ/ދަ ޕްރެސް
ހަބަރު
05 Nov 2023 | 15:20
ޝަކުވާތައް ނުބަލާ ފްލެޓު ހަވާލު ނުކުރަން އަންގައިފި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ނުދީ ފްލެޓު އެގްރިމެންޓުގައި ސޮއި ނުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.

އޭސީސީން މި ފަދަ އެންގުމެއް ޕްލޭނިންގ މިނިސްޓްރީއަށް އަންގާފައިވާ ކަމަށް އެ އިދާރާއިން ވަނީ ވޮއިސް އަށް ކަށަވަރު ކޮށްދެއްވާފައެވެ. 

އެގޮތުން އެ އޮފީހުގެ މީޑިޔާ އޮފިޝަލް ވިދާޅުވީ، ފުލެޓް ލިސްޓާއި ގުޅިގެން ހުށަހެޅޭ ޝަކުވާތައް ބަލައި އެއާމެދު ގޮތެއް ނިންމުމުގެ ކުރިން، ފްލެޓް ލިބޭ ކަމަށް އިއުލާން ކުރެވުނު 4000 މީހުންގެ ލިސްޓަށް، ލިބުނު ކަމުގެ ލިޔުންދީ، އެކަން ކުރިއަށް ނުގެންދިޔުމަށް ޕްލޭނިންގ މިނިސްޓްރީން އަންގާފައިވާނެ ކަމަށެވެ. 

އޭސީސީން މިފަދަ އެންގުމެއް ޕްލޭނިންގ މިނިސްޓްރީއަށް އަންގާފައިވާއިރު، ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ ޢަމަލު ހިންގާފައިވާ ކަމަށްބުނެވެސް މިއަދުގެ ވަގުތެއްގައި ގިނަ އަދަދެއްގެ ޝަކުވާ އެ އޮފީހަށް ހުށަހެޅިފައިވާ ކަމަށް މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވައެވެ. އަދި އެ މައްސަލަތައް އެ އޮފީހުން ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. 

ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން ގިނަބައެއްގެ ފާޑުކިއުންތައް އަމާޒުވުމާއިއެކު ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލީ މިއަދުގެ ވަގުތެއްގައެވެ. 

އެގޮތުން ޕްލޭނިންގ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ފުލެޓް ލިބުނު ލިބުނު މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. 

އެހެންކަމުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 5 ނޮވެންބަރ 2023 އިން ފެށިގެން 9 ނޮވެންބަރ 2023 ގެ 16:00 ގެ ނިއަލަށް ޝަކުވާ ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. 

ކޮމެންޓް
ކުރެސި
ދެން ލިސްޓުހާވަފައި ޕާޓީ ކުދިންނާއި އެތަނުގައި ތިބި މީހުންނަށް ފަހިވާގޮތަށް ލިސްޓު ނެރޭއިރު އޮންނަނީ އަށާރައަހަރުނުވާ ދަރިން ނެތް މީހުންނާއި މާލެ ނާންނަމީހުމްނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ.މީހުން.
05 Nov 2023
ޭމާލިމީ
ޔާމީން އާއި މުއިއްޒު އަޑީގައި ތިބެގެން މިދުއާމް ލައްވާ ކުޅުވާ ކުޅިގަނޑެއް މިއީ
06 Nov 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.