އޭސީސީގެ މެންބަރުންނާ އެ ކޮމިޝަންގެ އެސްޖީ--
ހަބަރު
06 Nov 2023 | 12:57
ފްލެޓްގެ މައްސަލައިގައި އޭސީސީން ހައުސިން މިނިސްޓްރީއަށް

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު، ގެދުރުވެރިޔާ ގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ 4000 ފްލެޓަށް ޝަރުތުހަަމަވާ މީހުން ކަނޑައަޅައި އާއްމުކޮށްފައިވާ ލިސްޓުގެ މައްސަލައިގެ ތަހުގީގަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން، ހައުސިން މިނިސްޓްރީއަށް ވަދެއްޖެއެވެ.

އެސީސީގެ ކުއިކް ރެސްޕޯންސް ޓީމުގެ ފަރާތުން މިއަދު ވަނީ މި މަޝްރޫއާއި ގުޅުން ހުރި ލިޔެކިޔުންތަކާއި ފޯމުތައް ބަލައި ޗެކްކުރުމަށްޓަކައި ހައުސިންގް މިނިސްޓްރީއަށް ވަދެ ހަރަކާތްތެރިވާން ފަށައިފައެވެ. 

މިކަން އެ ކޮމިޝަނުގެ ފަރާތުން ވޮއިސްއަށް ވަނީ ކަށަވަރުކޮށްދީފައެވެ. 

މީގެ އިތުރުން މި މައްސަކައާއި ގުޅުންހުރި ކަންކަން ބަލައި ސާފުވަމުންދާވަރަކަށް މިކަމާއި ގުޅުން ހުރި އެހެނިހެން އަދާހަމަތައްވެސްވެސް ހިއްސާކުރަމުން ދާނެ ކަމުގައި އެ ކޮމިޝަނުން ވަނީ ބުނެފައެވެ. 

ފްލެޓުގެ ދާއިމީ ލިސްޓު އިއުލާންކުރުމާ އެކު އެއީ އިންސާފުން ބޭރުން އެކުލަވާލައި އާއްމުކޮށްފައި އޮތް ލިސްޓެއް ކަމުގެ ޝަކުވާ ބޮޑުވެ އެ މައްސަލަ އޭސީސީއަށް ހުށަހެޅުމާއެކު އެ ސްކީމްގެ ދަށުން ދޫކުރާ ފްލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި އެ ފްލެޓުތައް ހަވާލުކުރުމާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް، ޕޮއިންޓް ދީފައިވާ ގޮތާމެދު ޝަކުވާ ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ދީ، އެ ޝަކުވާތަކަށް ބެލުމަށް ފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް އެސީސީން ވަނީ އަންގައިފައެވެ. 

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ޕްލޭނިން މިނިސްޓްރީން އާންމުކުރީ ހޮނިހިރު ދުވަހުއެވެ. އެ ލިސްޓު އާންމު ކުރީ ވެސް އުސޫލުން ބޭރުން, ކޮރަޕްޝަން އެކުލެވޭހެން 4,000 ފްލެޓް ބަހާލަން އުޅޭކަމުގެ ތުހުމަތުގައި އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.

އެ ލިސްޓު އާންމު ކުރުމާއެކު, ބަޔަކު ވަނީ ހައުސިން މިނިސްޓްރީއަށް އެއްވެ, އެތަނުގައި އިހުތިޖާޖު ވެސް ކޮށްފަ އެވެ. ފްލެޓް ލިސްޓުގައި, ފުރަތަމަ ބުރުގައި 4,000 ފްލެޓް ލިބޭ މީހުން ކަނޑައަޅާފައި ވަނީ ދީފައިވާ ޕޮއިންޓުންނެވެ. ނަމަވެސް މީގެ ކުރިން ނެރުނު ފްލްޓުގެ ވަގުތީ ލިސްޓުގައި ޕޮއިންޓު ދީފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.