އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު--
ހަބަރު
08 Nov 2023 | 13:19
އެއާޕޯޓު މަޝްރޫއު ނިންމަން ބޭނުންވާ 1.2 ބިލިއަން ރުފިޔާ ޔޫއޭއީން ހަމަޖައްސައިދީފި

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިންމުމަށް ޔޫއޭއީން 1.2 ބިލިއަން ދިވެހި ރުފިޔާ ދޭން ނިންމައިފިއެވެ. 

އިންތިޚާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވަނީ މި ފަހުން މުއިއްޒު ޔޫއޭއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވާފައެވެ.

އެގޮތުން އެ ދަތުރުފުޅުގެ ހަވާސާގައި، ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމަން ބޭނުންވާ ފައިސާ، ޔޫއޭއީގެ އަބޫދާބީ ފަންޑު މެދުވެރިކޮށް ހަމަޖައްސަވައި ދެއްވުމަށް މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ. 

އަދި، އެ އެދިވަޑައިގަތުމަށް އިޖާބަދެއްވައި، ވީއައިއޭ ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމުމަށް ބޭނުންވާ 1.2 ބިލިއަން ދިވެހި ރުފިޔާ ހަމަޖައްސައިދޭން ޔޫއޭއީގެ ސަރުކާރުން ނިންމާފައިވާ ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ. 

"އެ ފައިސާ (އެއާޕޯޓް ނިންމަން ބޭނުންވާ ފައިސާ) ހަމަޖައްސައިދެއްވުމަށް ޔޫއޭއީ ސަރުކާރުގެ އަބޫދާބީ ފަންޑުގައި (މުޢިއްޒު) އެދިވަޑައިގެންފައިވޭ. އެ އެދިވަޑައިގަތުމަށް އިޖާބަ ދެއްވައި، އަބޫދާބީ ފަންޑު ފޯ ޑެވިލޮޕްމަންޓް (އޭޑީއެފްޑީ)ން 80 މިލިއަން ޑޮލަރު، އެހެން ގޮތަކަށް ދަންނަވާނަމަ 1.2 ބިލިއަން ރުފިޔާ ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވޭ. މި ފައިސާ ހަމަޖެހިގެން ދިއުމާ އެކު އެއާޕޯޓު މަޝްރޫއު ނިންމުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިގެން މި ދިޔައީ" 

އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް 

ފިރުޒުލް ވިދާޅުވީ، ޔޫއޭއީގެ މި އެހީއާ އެކު އެއާޕޯޓު މަޝްރޫއު ބާރަށް ކުރިއަށް ގެންގޮސް އައު ސަރުކާރުގެ އަމާޒާއި ހަމައަށް ވާސިލްވެވޭނެ ކަމުގެ ޔަގީންކަން ބޮޑުވެފައިވާ ކަމަށެވެ.

އެއާޕޯޓް މަޝްރޫއަށް ދޭން ނިންމި ފައިސާގެ އިތުރުން، ރާއްޖޭގެ ބަޖެޓު ސަޕޯޓަށާއި، އަދި އެހެނިހެން ދާއިރާތަކުން ކުރިއެރުންތައް ހޯދުމަށްވެސް ޔޫއޭއީން އެހީތެރިވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ޑރ މުޢިއްޒު ވެރިކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ފަހުންވެސް އެމަނިކުފާނު ވަނީ ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖެހުމަށް އެންމެ މުހިންމު ކަމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމުން ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ ދެން އަންނަ އަހަރުގެ ޕީކް ސީޒަނަށް އެއާޕޯޓްގެ މަސައްކަތް ނިންމައި، ދަތުރުކުރާ އެންމެހާ ފަރާތްތަކަށް އެއާޕޯޓްގެ ފުރިހަމަ ޓާމިނަލް ބޭނުން ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.