ޕީއެންސީ ގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ-- ފޮޓޯ: ވޮއިސް
ހަބަރު
08 Nov 2023 | 22:09
އެއާޕޯޓަށް ބޭނުންވާ 80 މިލިއަން ޑޮލަރު ހޯދީ މި ސަރުކާރަކުން ނޫން: އަބްދުއްރަހީމް

އެއާޕޯޓް މަރާމާތު ކުރުމަށް ބޭނުންވާ 80 މިލިއަން ރުފިޔާ ހޯދީ  ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނޫންކަމަށް ޕީއެންސީ ގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރަށް ބޭނުންވި 79.8 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ހޯދުމުގެ މަސައްކަތްތައް ކުރީ މި ސަރުކާރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމާއި ގުޅިގެން މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

އަދުރޭގެ ޕޯސްޓްގައި އިތުރަށް ވިދާޅުވަފައިވަނީ އެއާޕޯޓް ގެ މަޝްރޫއު އަށް އިތުރަށް ބޭނުންވި ފައިސާ ހޯއްދެވީ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށެވެ. އަދި މި 80 މިލިއަން ޑޮލަރަކީ މުއިއްޒު ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި ހޯއްދެވި އެއްޗެއް ކަމަށްވެސް އެބޭފުޅާ ފާހަގަ ކުރެއްވިއެވެ.

"ރޯ މާ ދުވާލު މިވަރުގެ ބޮޑެތި ދޮގުތައް ހަދާއިރު ރައްޔިތުންނަށް އޮޅުވާލުމުގެ ނަތީޖާ އަދިވެސް ނުފެންނަނީތޯ؟ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާއިން ވަރަށް ސާފުކޮށް އިބޫ ސޯލިހް ގެ ސަރުކާރުގެ އޮޅުވާލުމާއި ،މަކަރާއި، ހީލަތް ރައްޔިތުން ބަލައި ނުގަންނަކަން އެއޮތީ ވަރަށް ރީތިކޮށް ފެންނަން." އަދުރޭ ވިދާޅުވިއެވެ.

ވީއައިއޭގެ އާ ޕެސެންޖާ ޓާމިނަލްގެ ޑިޒައިނަށް ގެނެވުނު ބަދަލާއެކު މަސައްކަތް ނިންމުމަށް އިތުރު 200 މިލިއަން ޑޮލަރު ބޭނުންވާއިރު ، އޭގެ ތެރެއިން 100 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް ސައުދީ ފަންޑުން ވަނީ އެއްބަސްވެފަ އެވެ.

ބާކީ ބޭނުންވާ 100 މިލިއަން ޑޮލަރުގެ ތެރެއިން 80 މިލިއަން ޑޮލަރު ޔޫއޭއީގެ އަބޫ ދާބީގެ ފަންޑު ފޯ ޑިވޮލެޕްމެންޓު (އޭޑީއެފްޑީ) މެދުވެރިކޮށް ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ޔޫއޭއީން ދިނުމާއެކު އެ މަސައްކަތް އަންނަ އަހަރަށް ނިންމޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ފިރުޒުލް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.