އީސީގެ މެމްބަރުން ނޫސްވެރިންނާއި ބައްދަލުކުރައްވަނީ. ފޮޓޯ: އިންޓަރނެޓް
ހަބަރު
09 Nov 2023 | 16:58
މަޖިލިސް އިންތިޚާބަށް ގއ ގެ ދާއިރާތައް ބެހިގޮތަށް ބަދަލު ގެނެސްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ގއ. އަތޮޅުގެ ހަތަރު ދާއިރާގައި ރަށްތައް ހިމަނާފައިވާ ގޮތަށް އިލެކްޝަންސް ކޮމިޝަން ބަދަލު ގެނެސްފި އެވެ.

އީސީ އިން މި ބަދަލު ގެނެސްފައިމިވަނީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތާ ގުޅޭގޮތުން އާންމުން ހުށަހެޅި ޝަކުވާތަކާއި ހިޔާލުތަކަށް ބަލައިފައި ކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.

އަންނަ އަހަރު އޮންނަ މަޖިލީހުގެ އިންތިޚާބުގެ ދާއިރާތަކުގެ އާބާދީ ކަނޑައެޅިފައިވާ ގޮތުގެ ވަގުތީ ރިޕޯޓު މިދިޔަ ސެޕްޓެމްބަރު އާންމުކުރި އިރު، ޖުމްލަ 15،510 މީހުން އާބާދީއެއް އޮންނަ ގއ. އަތޮޅުގެ ނުވަ ރަށް ބަހާފައިވަނީ ހަތަރު ދާއިރާއަކަށެވެ.

އެރިޕޯޓުގައި ވިލިނގިލި ދާއިރާގައި ހިމަނައިފައިވަނީ ހަމައެކަނި އެ ރަށެވެ. 

ދާންދޫ ދާއިރާގައި ހިމަނައިފައިވަނީ ދާންދޫގެ އިތުރުން، ނިލަންދޫ އަދި މާމެންދޫ އެވެ. ގެމަނަފުށި ދާއިރާގައި ގެމަނަފުއްޓާއި، ކަނޑުހުޅުދޫ އަދި ކޮނޑޭ ހިމެނޭ އިރު، ކޮލަމާފުށި ދާއިރާގައި ހިމަނާފައިވަނީ ކޮލަމާފުށީގެ އިތުރުން ދެއްވަދޫ އެވެ.

ދާއިރާތަކަށް ރަށްތައް ބަހާފައިވާ ގޮތް ރަނގަޅު ނޫން ކަމަށް ބުނެ އަމިއްލަ މީހަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން، އީސީން ދިން ޖަވާބުގައި ވަނީ ވަގުތީ ރިޕޯޓުގައި ގއ. އަތޮޅުގެ ދާއިރާތަކަށް ރަށްތައް ކަނޑައެޅި ގޮތަށް ބައެއް ބަދަލުތައް ގެނެސްފަ އެވެ.

އީސީން ގެނެސްފައިވާ ބަދަލުގެ ދަށުން، ގެމަނަފުށި ދާއިރާގައި މިހާރު ހިމެނެނީ ގެމަނަފުއްޓާއި، ކަނޑުހުޅުދޫ އަދި ދެއްވަދޫ އެވެ.

އަދި ދާންދޫ ދާއިރާއަށް ބަދަލު ގެނައީ ދާންދޫގެ އިތުރުން، ނިލަންދޫ އަދި ކޮނޑޭ ހިމެނޭ ގޮތަށެވެ.

މިއާއިއެކު މާމެންދޫ މިހާރު ވަނީ ކޮލަމާފުށި ދާއިރާގެ ތެރޭގައި ކޮލަމާފުއްޓާ އެކު ހިމަނައިފަ އެވެ. މި ބަދަލު ގެނައީ އީސީން ބުނެފައިވާ ގޮތުގައި، ކޮލަމާފުށި ދާއިރާގައި ދެއްވަދޫ ހިމެނުމުގެ ބަދަލުގައި މާމެންދޫ ހިމެނުމުން ދާއިރާގެ އާބާދީ އެއް ހަމަ ކުރެވޭނެ ކަމަށް ފެންނާތީ އެވެ.

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އިންތިހާބުކުރާ މެމްބަރުންގެ އަދަދު 93 އަށް އިތުރުކުރަން އިލެކްޝަންސް ކޮމިޝަނުން ކުރިން އޮތީ ނިންމައިފަ އެވެ. މިހާރު ތިއްބަވާ 87 މެމްބަރުންގެ ބަދަލުގައި 93 މެމްބަރުން އިތުރުކުރަން ނިންމީ އާބާދީ އަށް ބެލުމަށް ފަހު ބައެއް ދާއިރާތައް އިތުރުކުރަން ނިންމުމުންނެވެ.

ކޮމެންޓް
އަދުރޭ
ކޮންމެ ފަސްހާހަކައް މެންބަރެއް ކަމައް ބުނާއިރު ފަނަރަހާސް މީހުންނައް ހަތަރު މެންބަރުން ސުވާލު އުފެދޭ
09 Nov 2023
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.