ސެނެޓަރ ހުސައިން ޝިފާޒް އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު--
ހަބަރު
10 Nov 2023 | 18:53
ޑރ. މުޢިއްޒު ކުރައްވާނީ ހުރިހާ ދާއިރާއަކުންވެސް ގައުމަށް ނަފާވާނެ ވެރިކަމެއް: ޕީއެންސީ ސެނެޓަރ ޝިފާޒު

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ދިވެހިރާއްޖެއަށް އިގްތިސާދީ ގޮތުންނާއި އެނޫންވެސް ހުރިހާ ދާއިރާ އަކުން ކުރިއެރުން ލިބިގެންދާނެ ކަމަށް ޕީއެންސީ ސެނެޓަރ ހުސައިން ޝިފާޒް ވިދާޅުވެއްޖެ އެވެ. 

ޝިފާޒު މިއަދު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނަވަން ހަފްތާއަކަަށް ވެފައިވާއިރު، މާތް الله ގެ އިރާދަފުޅުން އެމަނިކުފާނު ވެރިކަން ވެގެންދާނީ އުއްމީދީ ވެރިކަމެއް ކަމަށެވެ. 

"އެއީ ގައުމު ވެއްޓިފައިމިވާ އިގްތިސާދީ އަނދަވަޅުން ނަގައި، ކޮޅަށް ޖަހައި، ބާރު ދުވެލީގައި ކުރިއަށް ޖައްސާލައި ހުރިހާ ދާއިރާ އަކުންވެސް ގައުމަށް ނަފާވާނެ ވެރިކަމެއް. ދިވެހިންނަށް ދެން އޮތީ އުފާވެރި ދުވަސްތަކެއް. ދިވެހީންގެ ރާއްޖެ ދިވެހިންނަށް ވަރަށް އަވަށް ލިބިގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫން." ޝިފާޒް ވިދާޅުވި އެވެ. 

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރައްވައި ވެރިކަމާއި ހަވާލުވެވަޑައިގަންނަވާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެމަނިކުފާނު ހުވާ ކުރައްވާ ޖަލްސާގެ ކަންކަންވެސް މިހާރު ކުރިއަށް ދާއިރު، އެމަނިކުފާނުގެ އެދުމުގެ މަތިން އެ ޖަލްސާ ބާއްވަން ނިންމާފައިވަނީ ޖުމްހޫރީ މައިދާނުގަ އެވެ. 

ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ ފަށްޓަވާނީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައި ދެއްވުމުގެ މަސައްކަތް ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ޖާނޭ
އާސަހަރާގެ މަސައްކަތުން ވެސް ފައިދާވެއްްޖެނު ހޮޅިމުއީޒުގެ މިޔަރުކަމުގައި
10 Nov 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.