ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް
ހަބަރު
11 Nov 2023 | 11:09
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ވާނީ މި ސަރަހައްދުގެ އެންމެ ހިތްގައިމު އެއް ޓާމިނަލަށް: ރައީސް ޞާލިހް

މަސައްކަތް ފެށިގެން މިހާރު ކުރިއަށްދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލްގެ މަސައްކަތް ނިމޭއިރު އެ ޓާރމިނަލް ވެގެންދާނީ މި ސަރަހައްދުގައިވެސް ހުރި އެންމެ ހިތްގައިމު އެއް ޓާމިނަލަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. 

މިއަދު ފާހަގަ ކުރާ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާއި މުޚާތަބު ކުރައްވައި ރައީސް ދެއްވި ޚިތާބުގައި އެމަނިކުފާނު ވިދާޅުވީ، އެ މަނިކުފާނު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު ޓަރމިނަލްގައި އެޅިފައިވަނީ ހަމައެކަނި އެ އިމާރާތުގެ ބިންގާ ކަމުގައެވެ. އަދި ފުރިހަމަ ޚިދުމަތެއް ދިނުމަށްޓަކައި ގެންނަންޖެހޭ ބަދަލު ތަކާއެކު، އައު ޓަރމިނަލްގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި ހޯދަން ޖެހޭ ފައިސާ އެމަނިކުފާނުގެ ސަރުކާރުން ހޯދައިފައިވާނެ ކަމަށެވެ. 

ފުރިހަމަ ޚިދުމަތެއް ދެވޭނެ ގޮތަށް ޑިޒައިނަށް ކޮންމެހެން ގެންނަން ޖެހުނު ބަދަލުތައް ގެނައިން. މަޝްރޫޢު ކުރިއަށް ގެންދަން ހޯދަންޖެހުނު ފައިސާ އަޅުގަނޑުމެން ހޯދިން

ރައީސް ޞާލިޙް 

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، ނިމެމުންދާ ހިތްގައިމު ޓަރމިނަލްގެ ޙަޤީޤީ ސިފަ، ހުޅުލޭގެ މަލައިން ފެންނަން މިހާރު ހުންނާނެ ކަމަށެވެ. 

ނިމޭއިރު އެ ޓަރމިނަލް ވެގެންދާނީ، މި ސަރަޙައްދުގެ އެންމެ ހިތްގައިމު އެއް ޓަރމިނަލަށް.

ރައީސް ޞާލިޙް 

ހަމަ އެޔާއެކު އެމަނިކުފާނުގެ ޚިތާބުގައި ވަނީ، ހަނިމާދޫގައި އަލަށް އަޅާ ބައިނަލްއަޤްވާމީ އެއަރޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށާއި އަދި  އައްޑޫގެ އިޤްތިޞާދީ ތަރައްޤީގެ މައި ނާރެސް ކަމުގައިވާ ގަން އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ ޢަމަލީ މަޝްރޫޢުވެސް ކުރިއަށް ދާކަން ފާހަގަ ކުރައްވައިފައެވެ. 

ހަމައެޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ފާހަގަ ކުރެއްވި ގޮތުގައި ދެ އަހަރަށް ދިގުދެމިގެން ދިޔަ ކޮވިޑްގެ ޢާލަމީ ވަބާގެ ދަތިތަކާއި ގޮންޖެހުންތަކަށްފަހުވެސް ކުރެވުނު ގިނަ މަސައްކަތުން އެންމެ ފުރަތަމަ ބޯޑަރު ހުޅުވި އެއް ޤައުމަކީ ރާއްޖެ ކަމުގައި ފާހަގަކުރައްވައިފައެވެ. އަދި އެއީ ފަތުރުވެރިކަމާއި އިޤްތިޞާދު، އިހުހުރި ހިސާބަށް ރުޖޫޢަވުމުގައި ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައިވެސް އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ. 

ކޮމެންޓް
މޯޖޯޖޯޖޯ
ނިންމެވުނު އެއްވެސް ކަމެށް ދަންވާލަދެއްވިނަމަ
11 Nov 2023
ގުޅޭ ލިޔުންތައް
09 Jul 2026
ޖާޔާ ކުޝަން ކައިރީ ހުންނަ އިމާރާތުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ، ރޯވީ ދެ ފަންގިފިލައަށް ހަދާފައި ހުންނަ އިމާރާތެއްގައި ކަމަށެވެ.
09 Jul 2026
މުނިޔާމަގުގައި ހުރި ގެއެއްގައި ރޯވެ އަނދަނީ
ފުލުހުން ބުނީ، މުނިޔާމަގުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.
09 Jul 2026
އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް
ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
08 Jul 2026
އެމްޑީޕީގެ މަގު ޗާޓު ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކީ ފައްޔާޒް
އެމްޑީޕީން މިރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ.
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.