އިންތިޚާބޫ ރައީސް ޑރ މުއިއްޒު/
ހަބަރު
11 Nov 2023 | 14:56
މިނިސްޓްރީތަކުގެ މެންޑޭޓު ބޮޑުވުމަކީ ނަތީޖާ ނެރެދިނުމަށް އޮތް ހުރަހެއް: ޑރ މުއިއްޒު

ބައެއް މިނިސްޓްރީތަކުގެ މެންޑޭޓު ބޮޑުވުމަކީ ރައްޔިތުންނާއި ގުޅުންހުރި ކަންކަން ތަންފީޒުކުރުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާ ކަމެއްކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ޖުމްހޫރީ ދުވަހުގެ މުނާސަބާއާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރުގައި މިނިސްޓްރީތައް އެކުލަވާލުމުގައި އަމަލުކުރައްވާނެ ގޮތާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވާފައެވެ. 

މީގެ ކުރިން ދެ ސަރުކާރެއްގައި ކެބިނެޓުގައި މަސައްކަތްޕުޅު ކުރައްވާފައިވާ ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ތަޖުރިބާއަށް ބަލާއިރު، ސަރުކާރުން މިނިސްޓްރީތަކަށް ކަނޑައަޅާ މެންޑޭޓު ބޮޑުވުމަކީ، އެ ތަންފީޒު ކުރުމަށް ދަތިތަކާއި ކުރިމަތިވާނެ ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ނަތީޖާ ނުނެރެވި މިނިސްޓްރީތައް ވަރަށް ބޮޑަށް ފެއިލްވެގެންދާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

މި ސަރުކާރުގެ ޕްލޭނިން މިނިސްޓްރީގެ މިސާލު ނަންގަވަމުން ޑރ މުއިއްޒު ވިދާޅުވީ ޕްލޭނިން މިނިސްޓްރީއަށް ނޫފުލޭވަރުގެ ބޮޑު މެންޑޭޓެއް އޮތުމުން ނަތީޖާ ނެރެދިނުމުގައި މިނިސްޓްރީ ފެއިލްވެފައިވާ މިންވަރު، މިނިސްޓްރީއާއި ގުޅުންހުރި ބައެއް މަޝްރޫއުތައް ކުރިއަށް ގެންދާ ގޮތުން ހާމަވެގެންދާ ކަމަށެވެ. 

"އެއް ފުރާޅެއްގެ ދަށުގައި މެންޑޭޓު މާ ފުޅާވެގެން ގޮސް އެއްކަމެއް ނުވާ ސަރުކާރެއް، މިނިސްޓްރީތަކެއް އޮންނާކަށް ބޭނުމެއް ނޫން. އެއީ ރައްޔިތުން އެދޭނެ ގޮތެއް ނޫން. އެއް މިނިސްޓްރީތެރޭ އެބަ އޮވޭ ވަރަށް ބައިވަރު ކަންކަން ހިމަނާފަ. އެއްކަމެއް ވެސް ރަނގަޅަށް ނުވެފަ މި އޮންނަނީ. މިސާލަކަށް، ޕްލޭނިން މިނިސްޓްރީއަށް ބަލާލާއިރު، ކަމެއް ނުވާކަން ބްރިޖަށް ބަލާލީމަ އެނގޭނެ، އަމީނީ މަގަށް ބަލާލީމަ އެނގޭނެ"

އިންތިޚާބީ ރައީސް ޑރ މުއިއްޒު

އެކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު އެކުލަވާލާއިރު، މިނިސްޓްރީތަކަށް ނަތީޖާ ނެރެދެވޭނެ މެންޑޭޓުތަކެއް ކަނޑައެޅުމަށް ވިސްނަވާފައިވާނެ ކަމަށެވެ. ބައެއް ބޮޑެތި މިނިސްޓްރީތައް ދެބައި ކުރުމާއި، ވަކި މަސައްކަތްތަކަށް ޚާއްސަ މިނިސްޓްރީތައް އުފެއްދީ، މިނިސްޓްރީ ފެއިލްނުވެ ނަތީޖާ ނެރެދިނުމަށް މަގުފަހިކުރުމުގެ ގޮތުންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

"އެފިޝަންޓު ޓީމެއް ނެގުމުގެ އިތުރަށް، އެ ޓީމަށް ފޯކަސްޑް މަސައްކަތްތަކެއް ކުރެވޭކަހަލަ ގޮތަކަށް މިނިސްޓްރީތައް އަޅުގަނޑު ހުންނާނީ، ބައެއް ބޮޑެތި މިނިސްޓްރީތައް ސްޕްލިޓްކޮށްފައި"

އިންތިޚާބީ ރައީސް ޑރ މުއިއްޒު

އިންތިޚާބީ ރައީސް ޑރ މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ނަތީޖާ ނެރެދިނުން ކަމަށެވެ. އަދި މިހާރު ސަރުކާރުގެ ވުޒާރާތައް އެކުލަވާލާފައިވާ ގޮތަށް ބަލާއިރު، ސިޔާސީ މަގާމުތައް މަދުވެފައި، އާ ވުޒާރާތައް އެކުލަވާލި ނަމަވެސް، އިތުރު އިމާރާތްތައް ނަގަން ނުޖެހި އަދި ރިކަރެންޓު ޚަރަދުވެސް ބޮޑު ނުވާގޮތަށް ވުޒާރާތައް ހިންގޭނެ އިންތިޒާމުތައް ހަމަޖައްސަވާފައިވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ރިކަރެންޓު ޚަރަދުތައް ކުޑަކޮށްގެން، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ އަމާޒުކަމަށާއި، އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ނަތީޖާ ނެރެދީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދާދޭނެ ސަރުކާރަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.