އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު/
ހަބަރު
11 Nov 2023 | 15:00
މިނިސްޓްރީތައް ގިނަވިޔަސް ސިޔާސީ މުވައްޒަފުން މަދުވެފައި ޚަރަދު ކުޑަވާނެ: ޑރ މުއިއްޒު

އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މިނިސްޓްރީތައް އިތުރުވި ނަމަވެސް، ސިޔާސީ މަޤާމުތައް މަދުވެފައި ޚަރަދުތައް ކުޑަވާނެކަމަށް އިންތިޚާބީ ރއީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބާއާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ސަރުކާރުގެ ވުޒާރާތަކާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

ޑރ މުއިއްޒު ވިދާޅުވީ ބައެއް ވުޒާރާތަކުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ބޮޑެތި ވުޒާރާތައް ބައިކޮށްފައިވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ވައުދުވި ގޮތަށް، ބައެއް ދާއިރާތަކަށް ޚާއްސަކޮށްގެން އާ ވުޒާރާތަށްވެސް އެކުލަވާލައްވާފައިވާނެ ކަމަށެވެ. 

އިންތިޚާބީ ސަރުކާރުގައި 22 ވުޒާރާ އެކުލަވާލާފައިވާނެކަން ޑރ މުއިއްޒު ފާހަގަކުރެއްވި އެވެ. އެއާއެކު އެމަނިކުފާނު ވިދާޅުވީ އާ ވުޒާރާތަކަށް އިތުރު އިމާރާތްތައް ނުނަންގަވާނެ ކަމަށެވެ. އަދި އެ ވުޒާރާތައް ހިންގަވާނީ މިހާރުވެސް ހުރި އިމާރާތްތަކުގައި ކަމަށެވެ. 

އޭގެ އިތުރުން އާ ވުޒާރާތައް އެކުލަވާލި ނަމަވެސް ސިޔާސީ މަޤާމު 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށާއި، ހިންގަވާނީ ޚަރަދުކުޑަ ސަރުކާރެއްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު ދޭ ޔަގީންކަމަކީ މުޅި ސަރުކާރުގެ ސިޔާސީ މަގާމުތައް ވޭތުވެދިޔަ ދެ ސަރުކާރަށްވުރެ މަދުވާނެ.. 700 ސިޔާސީ މަގާމަށްވުރެ އިތުރުނުކޮށް އަޅުގަނޑު އިރާދަކުރެއްވިއްޔާ 5 އަހަރު ނިންމާނަން. ދެވަނަ ކަމަކަށް މިހާރު ސަރުކާރު އޮފީސްތައް ހިންގުމަށް ބޭނުންކުރާ އިމާރާތްތަކުގެ އިތުރަށް އަމިއްލަ އެއްވެސް ތަނެއް ކުއްޔަކަށް ނުނަގާނަން"

އިންތިޚާބީ ރައީސް ޑރ މުއިއްޒު

ޑރ މުއިއްޒު ވިދާޅުވީ އާ ވުޒާރާތަކެއް އެކުލަވާލި ނަމަވެސް، ސިވިސް ސާވިސްއަށް އޭގެ ޒާތުގައި ނަގަން ޖެހޭ މުވައްޒަފުން ނިސްބަތުން އިތުރުވެގެން ނުދާނެ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް އަލަށް ނަގާ ވަޒީފާތައް 5 އިންސަވެސް އިތުރު ނުވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ ބައެއް ބޮޑެތި ވުޒާރާތަށް ދެބައި ކުރުމާއި އާ ވުޒާރާތަކެއް އުފެއްދުމުގެ މަގްސަދަކީ ވުޒާރާތަކަށް ބުރަ ނުވާނެވަރުގެ މެންޑޭޓުތައް އެކުލަވާލުން ކަމަށެވެ. އަދި އެފަދަ މެންޑޭޓުތައް އެކުލަވާލައިގެން މަސައްކަތް ކުރާނަމަ ނަތީޖާ ނެރުމަށް ވުޒާރާތަކަށް ވެސް ފަސޭހަވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ވުޒާރާތަކަށް ބޮޑެތި ލުއި ފަސޭހަކަން ލިބިގެންދާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.