ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް
ހަބަރު
11 Nov 2023 | 15:33
"ޝަރުޢީ ދާއިރާއާއި ފުލުހުން ސިޔާސީ ނުފޫޒުން އެއްކިބާ ވުމުގެ ފުރުސަތު މި ފަސް އަހަރު ލިބުނު"

ޝަރުޢީ ދާއިރާއާއި ފުލުހުންނާއި ސިފައިން އަދި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވުމަކީ، ދިވެހި ޤައުމަށް ކޮންމެހެން ބޭނުންކަމެއް ކަމަށާއި އެ ފުރުސަތު މި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ލިބިގެން ދިޔަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމާއި މުޚާތަބު ކުރައްވައި ރައީސް މިއަދު ދެއްވި ޚިތާބުގައި ވިދާޅުވެފައިވަނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުޞަތު ޝަރުޢީ ދާއިރާއާއި ފުލުހުންނާއި ސިފައިން އަދި މިނިވަން މުއައްސަސާތަކަށް މި ފަސް އަހަރުގެ ތެރޭގައި ލިބިގެން ދިޔަ ކަމުގައެވެ. 

ރާއްޖޭގެ ޝަރުޢީ ދާއިރާއާއި ފުލުހުންނާއި ސިފައިން އަދި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން މިނިވަންވުމަކީ، ޤައުމަށް ކޮންމެހެން ބޭނުންކަމެއް. ނުފޫޒުން އެއްކިބާވެ މަސައްކަތްކުރުމުގެ ފުރުޞަތު އެ ދާއިރާތަކަށް މި ފަސް އަހަރު ލިބިދެވުނު.

ރައީސް ޞާލިޙް 

ހަމަ އެޔާއެކު އެމަނިކުފާނު ވިދާޅުވީ، މި ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވެރިކަމުގެ ޙައްޤުތައް އަދާކުރުމުގައި ހަމަހަމަކަމާއެކު އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމަށް ޚާއްސަ އިސްކަމެއް އެ މަނިކުފާނު ދެއްވައިފައި ވާނެކަމަށެވެ. އަދި އޭގެ އިތުރުން ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަޤު ކުޑަކުރުމަށް ރައީސް ޞާލިޙް ގެ ސަރުކާރުން އިސްކަން ދެއްވިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ފަރުދީގޮތުން ރައްޔިތުންނަށް ޚިދުމަތްކުރެވެން އޮތް ކޮންމެ ފުރުސަތެއްގެ ބޭނުން އެ މަނިކުފާނުގެ ސަރުކާރުން ހިއްޕަވައިފައިވާނެ ކަމަށެވެ. 

ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަޤު ކުޑަކުރުމަށް ސަރުކާރުން އިސްކަންދިނިން. ޚިދުމަތްތައް ހަމަހަމަކުރެވި، ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ، ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރަންޖެހޭ ޙައްޤުތަކަށް އިސްކަންދިނިން.

ރައީސް ޞާލިޙް 

މިއަދު ރައީސް ދެއްވި ޚިތާބުގައި ވަނީ، ހެޔޮ ވެރިކަމެއް ކުރެއްވުމަށް އެމަނިކުފާނަށް އެއްބާރުލުން ދެއްވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރައްވައި އައު ސަރުކާރަށް ކާމިޔާބީއާށާއި ދިވެހި ރައްޔިތުންނަށް އުފާ ފާގަތި ކަމަށް އެދި ވަޑައިގަންނަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.