އިންތިޚާބީ ރައީސް ޑރ މުއިއްޒު/ ފޮޓޯ: ވޮއިސް
ހަބަރު
11 Nov 2023 | 16:05
ވާދަވެރި ސިޔާސީ ޕާޓީން ޒިންމާދާރުކަމާއެކު މަސައްކަތްކުރުމަށް އެދެން: ޑރ މުއިއްޒު

ސަރުކާރު ބަދަލުވުމުން، މިހާރު ސަރުކާރު ހިންގާ މައި ޕާޓީ ވާދަވެރި ޕާޓީގެ ގޮތުގައި ހަރަކާތްތެރިވާން ފަށާއިރު ޒިންމާދާރު އިދިކޮޅު ޕާޓީގެ ގޮތުގައި ހަރަކާތްތެރިވުމަށް އެދިލައްވާކަމަށް އިންތިޚާބީ ރައީސް ޑރ މުއިއްޒު އެދިވަޑައިގެންފި އެވެ. 

ޖުމްހޫރީ ދުވަހާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދިޔަ ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ މަލްޓި ޕާޓީ ނިޒާމަކީ ރައްޔިތުން ވަރަށް ޝައުގުވެރިވާ ނިޒާމެއްކަމަށެވެ. އަދި ސިޔާސީ ޕާޓީތަކާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ރައްޔިތުންގެ މެދުގައި އޮތްކަން ފާހަގަކުރެވޭ ކަމަށެވެ. 

އެހެންކަމުން ސިޔާސީ ޕާޓީތަކުން މަސައްކަތްކުރާއިރު ޤައުމީ ފިކުރު އިސްކުރުން ވަރަށް މުހިންމުކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

އެގޮތުން ސަރުކާރު ބަދަލުވުމުން، މިހާރު ސަރުކާރު ހިންގާ ޕާޓީ ވާދަވެރި ޕާޓީއަށް ބަދަލުވެގެންދާނެ ކަމަށާއި، އެ މަޤާމު ފުރުއްވާއިރު ޒިންމާދާރު ކަމާއެކު ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދެވުމަށް ޑރ މުއިއްޒު ވަނީ ގޮވާަލައްވާފަ އެވެ. 

އެމަނިކުފާނު ވިދާޅުވީ ޒިންމާދާރު އޮޕޮސިޝަނަކުން ރައްޔިތުންނަށް ފައިދާ ހުރި ކަންކަން ކުރިއަށް ގެންދިއުމަށް ހިތްވަރު ދެއްވާނެ ކަމަށެވެ. އަދި ސަރުކާރުން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް ތައުރީފުވެސް ކުރާނެ ކަމަށެވެ. 

އެހެން ނަމަވެސް ސަރުކާރުން ގޯސްކޮށް ކަމެއް ކުރާކަން ފާހަގަކުރެވޭނެ ނަމަ، އެކަން ރައްޔިތުންނަށް ބުނެދީ، އޭގައި އޮތް ރަނގަޅުކޮށް ހާމަކޮށްދިނުމަކީ ސަރުކާރާއި ވާދަވެރި ސިޔާސީ ޕާޓީގެ ޒިންމާކަމަށާއި، އެގޮތަށް ޕާޓީތަކުން ޒިންމާދާރުކަމާއެކު ފާޅުކުރާ ޚިޔާލުތަކަށް މަރުހަބާ ކިޔާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ސިޔާސީ ޕާޓީތައް ކުރިއަރުވާ ޕާޓީތައް ބާރުވެރިކުރުވުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރަމުން ގެންދަވާނެ ކަމަށެވެ. 

ޕާޓީން ގައުމީ ފިކުރު އިސްކޮށް މަސައްކަތްކުރާނަމަ، ޕާޓީގެ ހަރަކާތްތައް ހިންގުމުގައި މާލީ އެހީތެރިކަން ވެސް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށާއި، ސިޔާސީ ހަރަކާތްތައް ހިންގާއިރު، ގައުމީ ރޫހާއި ޚިލާފުނުވެ ހިންގާ ހަރަކާތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވެސް އިންތިޚާބީ ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
އަހްމަދު
މުއިއްޒު ތިވަނީ ފޭލް. ހުރިހާ ކަމެއް ނުކުރެވޭނެ. ބިޑުތަނުން ފޭލްވަނީ
11 Nov 2023
ގުޅޭ ލިޔުންތައް
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ