އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ވޮއިސް
ހަބަރު
11 Nov 2023 | 16:11
ސުލްހަވެރިކަމާއެކު އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކާމިޔާބުކުރާނަން: ޑރ މުއިއްޒު

ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ސުލްހަވެރިކަމާއެކު މަސައްކަތްކޮށް ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތް ކާމިޔާބުކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބާއާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދިޔަ ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިންތިޚާބީ ރައީސް ޑރ މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ބޭނުން ނުވާކަމަށް ރައްޔިތުން ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ބުނެފައިވާ ކަމަށެވެ. 

ރައްޔިތުންގެ އެ ނިންމުމަށް އިޚްތިރާމު ކުރައްވާނެ ކަމަށާއި، އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ސުލްހަވެރިކަމާއެކު ކުރައްވަމުން ގެންދަވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މަސައްކަތް ފަސޭހަކަމާއެކު ކާމިޔާބުކުރެވޭނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. 

"ރައްޔިތުން މިވަނީ ޑިމޮކްރެޓިކް ނިންމުމެއް ނިންމާފަ، ކޮން ގޮތަކަށްކަން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބާއްވަން ބޭނުންވަނީ. އެ ނިންމުމަށް ރެސްޕެކްޓުކުރާނެ ކަމަށް އަޅުގަނޑަށް ފުރިހަމަ ޔަގީންކަން އެބޮތް ހުރިހާ ފަރާތްތަކުން ވެސް. އެހެންވީމަ އަޅުގަނޑު ޑިމޮކްރެޓިކް ރީތި އުސޫލުތަކުން ސުލްހަވެރިކަމާއެކު ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިރާދަކުރެއްވިއްޔާ މާ ލސްތަކެއް ނުވެ ރައްޔިތުން އެދޭގޮތަށް ރާއްޖޭގައި ތިބި ބޭރު ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް ކާމިޔާބުކުރާނަން"

އިންތިޚާބީ ރައީސް ޑރ މުއިއްޒު

ޑރ މުއިއްޒުގެ ވާހަކަފުޅުގައި ވަނީ އިންޑިއާ އާއި ރާއްޖެއާއި އޮތް ޒަމާންވީ ގުޅުމަށް ވެސް އަލިއަޅުވާލައްވާފަ އެވެ. 

އެގޮތުން ޑރ މުއިއްޒު ވިދާޅުވީ އިންޑިއާ އަކީ ރާއްޖެއާއި އަވައްޓެރި ގއުމަކަށް ވެފައި އިންޑިއާގެ އެހީތެރިކަން ވެސް ރާއްޖެއަށް ލިބެމުން އައިސްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ގުޅުން ދަމަހައްޓާ އިރުދެ ގައުމަށް ވެސް އެންމެ ފައިދާވާނެ ގޮތްތައް ބައްލަވައިގެން މަސައްކަތް ކުރައްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ "ޕްރޯ މޯލްޑިވްސް" ޚާރިޖީ ސިޔާސަތަކާއި އެކު ވަޑައިގަންނަވާއިރު، އެމަނިކުފާނު އަބަދުވެސް ދިވެހީންގެ މަސްލަހަތާއި ދިވެހީން ކަންކަމުގައި ބޭނުންވާނެ ގޮތް އިސްކުރައްވާނެ ކަމަށެވެ.

ޑިޕްލޮމަސީގެ ރީތި އުސޫލުތައް ގަބޫލުކުރާ ހުރިހާ ގައުމަކުން ވެސް ރާއްޖެއަކީ ވަކި ފަރާތަކަށް ބުރަވެފައިވާ ގައުމަކަށް ނުވެ އޮތުމަށް ލޯބި ކުރައްވާނެ ކަމަށާއި، އަދި ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކަށް އިޚްތިރާމުކުރާ ހުރިހާ ގައުމަކާއި އެކުވެސް އެކުވެރި ގުޅުންތައް ދަމަހައްޓަވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.