އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ވޮއިސް
ހަބަރު
11 Nov 2023 | 21:17
އެންމެ އިސްކަންދޭނީ އެއާޕޯޓާއި ފުށިދިއްގަރުފަޅު މަޝްރޫއު ނިންމަން: ޑރ މުއިއްޒު

އާ ސަރުކާރުން އެންމެ އިސްކަންދޭނީ އެއާޕޯޓު މަޝްރޫއާއި ފުށިދިއްގަރުފަޅު މަޝްރޫއު ނިންމުމަށްކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބާއާއި ގުޅިގެން ދައުލަތުގެ މީޑިއާއިން ގެނެސްދިން ޚާއްސަ ޕްރޮގްރާމުގައި ކުރި ބައެއް ސުވާލުތަކަށް ޖަވާބުދެއްވަމުން ނެވެ. 

އެ ޕްރޮގްރާމުގައި ޕްރެސެންޓަރު ވަނީ މިހާރު ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއެއް އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ޑރ މުއިއްޒުގެ ސަރުކާރުން ކިހާ އަވަސް މިނެއްގައި މަސައްކަތް ކުރައްވާނެތޯ ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރާއި ޙަވާލުވުމަށްފަހު އެންމެ އިސްކަމެއް ދެއްވާނީ ރައީސް ޔާމިނުގެ ސަރުކާރުގައި ފެއްޓެވި އެއާޕޯޓު އެކްސްޕެންޝަން ޕްރޮޖެކްޓު ނިންމާލުމަށް ކަމަށެވެ. އެގޮތުން އެ މަޝްރޫއު ނިންމާލުމަށް ބޭނުންވާ ފަންޑު މިހާރު ހަމަޖެހިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގެން ދެތިން މަސްތެރޭގައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އެއީ މި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ކުރިއަށް ގެންދާނެ އެންމެ ބިޔަ މަޝްރޫއު ކަމަށާއި، ފުރަތަމަ އަހަރުތެރޭ ފުށި ދިއްގަރުފަޅު ހިއްކާ ނިންމުމަކީ ސަރުކާރުގެ އަމާޒުކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެމަނިކުފާނުގެ ވެރިކަމުގައި އެ ދެ މަޝްރޫއަށް ޚާއްސަ އިސްކަމެއް ދެއްވާ ސަބަބުތަކަށް ވެސް ޑރ މުއިއްޒުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ. 

އެގޮތުން އެމަނިކުފާނު ވިދާޅުވީ އެއާޕޯޓު މަޝްރޫއަކީ ރާއްޖޭގެ އިޣްތިޞާދު ކޮޅަށް ޖެހުމަށް އެންމެ މުހިންމު މަޝްރޫއުކަމަށެވެ. އެއާޕޯޓު މަޝްރޫއު ވީހާ ވެސް އަވަހަކަށް ނިންމުން ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށް ވަރަށް ބޮޑު ބާރަކަށް ކަމަށާއި، އެ މަޝްރޫއު އަވަސްކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އަދި ހަމައެއާއެކު ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަކީ އެމަނިކުފާނު ޚާއްސަ އިސްކަމެއްދޭ ސިޔާސަތަކަށްވުމުން ފުށިދިއްގަރުފަޅު މަޝްރޫއުވެސް ހަލުވި ދުވެހީގައި ނިންމަވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

އެ މަޝްރޫއާއި ގުޅޭގޮތުން މީގެކުރިން ވާހަކަދައްކަވަމުން ޑރ މުއިއްޒު ވިދާޅުވީ އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ އޮންނަ ސަރަހައްދަށްވުރެ ތިންގުނަ ބޮޑު ސަރަހައްދެއް ކަމަށާއި، އެ މަޝްރޫއު ނިމޭއިރު މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.