އާޒިމް މަޖިލީހުގައި ވާހަކަދައްކަވަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
12 Nov 2023 | 09:24
އާޒިމްގެ ނިޒާމީ ނުކުތާއާއި އެކު މަޖިލީސް ހޫނުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލައިގެ ގަރާރާއި ގުޅިގެން މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނެންގެވި ނިޒާމީ ނުކުތާއާއި އެކު މަޖިލީސް ހޫނުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ކުރިޔަށް ގެންދެވޭނެ ގޮތެއް ހޯދަން އެމް.ޑީ.ޕީއިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބެއްލެވުމަށްފަހު އެ ކޯޓުން ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ނެތްނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވޭނެކަމަށް ނިންމާފައެވެ. 

އެއާއެކު މިއަދު އެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހަށް އެޖެންޑާކޮށް ޖަލްސާ ފަށާފައިވާއިރު، އާޒިމް ވަނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށައަޅާފައިވާ ގަރާރަކީ ގާނޫނުގައި ގަރާރެއްގައި ހުންނަން ޖެހޭ ސިފަތައް ނެތް ގަރާރެއްކަން ފާހަގަކޮށްފައެވެ. އަދި ގަވައިދާއި ޚިލާފަށް އޮތް ގަރާރެއް މަޖިލީހަށް ހުށަނޭޅޭނެ ކަމަށާއި، އެގޮތަށް އެ ގަރާރު ހުށައަޅައިގެން ޖަލްސާ ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދެއްވާނެކަމަށް އާޒިމް ވިދާޅުވި އެވެ. 

އެފަހުން ރައްޔިތުންގެ މަޖިލީސް ތަމްސީލުކުރައްވާ ދަ ޑިމޮކްރެޓްސްގެ ގިނަ މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވާ އާޒިމްގެ އެ ވާހަކައަށް ތާއީދުކޮށްފަ އެވެ. ޑިމޮކްރެޓްސްގެ މެމްބަރުން ފާހަގަކޮށްފައިވާ ގޮތުގައި ގަރާރެއް ހުށައަޅާނަމަ އޭގައި ދީގާޖާއެއް އޮންނަން ޖެހެއެވެ. 

އެހެން ނަމަވެސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހުށައަޅާފައިވާ ގަރާރުގައި ދީބާޖާ އުނިވާކަމަށާއި، އެހެންކަމުން ގަރާރެއްގެ ސިފަ ފުރިހަމަނުކޮށް، މިހާރު ހުށައަޅާފައިވާ ގަރާރާއިއެކު މައްސަލަ ކުރިއަކަށް ނުދެވޭނެ ކަމަށާއި، އެ މައްސަލަ ކުރިއަށް ގެންދިއުމަށް ރިޔާސަތުން ފުރުސަތުވެސް ދެއްވައިގެން ނުވާނެކަމަށް ޑިމޮކްރެޓްސްގެ މެމްބަރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

އެކަމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަރަށް ބޮޑަށް މަޖިލީހުގައި ނުރުހުން ފާޅުކުރަން ވަނީ ފަށައިފައެވެ. އަދި މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށް ނިސްބަތްކޮށް ނުރުހުމުގެ ބަސްތައް އެމްޑީޕީގެ މެމްބަރުން ވަނީ ރައްދުކޮށްފަ އެވެ. 

އެއާއެކު ޖަލްސާ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.