ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓާމިނަލްގެ ކުރެހުމެއް
ހަބަރު
12 Nov 2023 | 19:28
އައު ޓާމިނަލް ވާނީ އެންމެ އިސްކަންދޭނެ އިޤްތިޞާދީ މަޝްރޫޢަށް: ޑރ މުއިއްޒު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ތަރައްގީ ކުރުމުގެ މަޝްރޫގެ މަސައްކަތް ވެގެންދާނީ އައު ސަރުކާރުގައި އެންމެ އިސްކަމެއް ދީގެން އެއްވަނަ ދަރަޖައިގައި ކުރިއަށް ގެންދާނެ މަޝްރޫއަކަށް ކަމުގައި އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ޑރ މުއިއްޒު މިފަދައިން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީ ކުރަމުންގެންދާ އައު ޓަރމިނަލްގެ މަސައްކަތް ބައްލަވާ ލެއްވުމަށްޓަކައި މިއަދު އެ ސަރަހައްދަށް ވަޑައިގެން އެ މަސައްކަތްތައްް ބެލެއްވުމަށްފަހު ނޫވެސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގެ ތެރެއިންނެވެ. 

އެގޮތުން ޑރ މުއިއްޒު ވިދާޅުވީ, ރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖެހުމަށް ބަލާއިރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއަކީ އިގްތިޞާދުގެ މައި ދޮރާށިކަމުގައި ވުމުން، މި މަޝްރޫއު ނިންމުން އެއީ އެމަނިކުފާނުގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދެއްވާނެ އިޤްތިޞާދީ މަޝްރޫޢުކަމުގައި ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ. 

މި މަޝްރޫއު އަވަސްކޮށް ނިންމުން އެއީ އިރާދުކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި އެންމެ އިސްކަމެއް ދޭނެ އިޤްތިޞާދީ މަޝްރޫއަށް 

ޑރ މުހައްމަދު މުއިއްޒު 

ވީއައިއޭގެ މަސައްކަތް ރައީސް މުއިއްޒު ބައްލަވާލެއްވުން: ފޮޓޯ/ މި ނޫސް

މީގެ އިތުރުން އިބްތިޚާބީ ރައީސް ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ސައުދީ ބިން ލާދިން ކުންފުންޏާއި ހަވާލު ކުރެވުނު މަސައްކަތުގެ 54 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދީފައިވާކަމަށާއި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމުން އެކަން ފެނިވަޑައިގަތް ކަމަށެވެ.

އެހެންނަމަވެސް އެ ކުންފުނީގެ ސްކޯޕުގައި ވަގުތުން މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތަައް ނިންމުމަށް އަދި އޮތީ 2025 ވަނަ އަހަރުގެ މެދަކާއި ހަމައަށް ކަމަށާއި އެހެންނަމަވެސް، އެހެންނަމަވެސް އެ ކުންފުނީގެ ސްކޯޕް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހާއި ހަމައަށް ނިންމުމަށް އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވާކަމަށެވެ.

ބާކީ އޮތް ސްކޯޕް ނިންމަން އަދި އެބަ އޮތް 2025 ވަނަ އަހަރުގެ މެދަކާއި ހަމައަށް، އަޅުގަނޑު ބޭނުންވަނީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހަށް އެ ބޭފުޅުންގެ ސްކޯޕް ނިންމަން، އެއީ އަށެއްކަ ނުވާ ވަރަކަށް މަސް ދުވަހުގެ އަވަސް ކުރުމެއް 

ޑރ މުހައްމަދު މުއިއްޒު 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ގެ މަސައްކަތަކީ ކުރީގެ ރައީސް ޔާމީނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށިގެން ކުރިއަށްދާ މަޝްރޫއެކެވެ. އެގޮތުން އަންނަ އަހަރުގެ ޕީކް ސީޒަން ފެށެންވާއިރަށް މި މަޝްރޫއުގެ މަސައްކަތް ނިންމުމަކީ އަމާޒެއް ކަމުގައި އިންތިޚާބީ އައު ރައީސް ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.