ވީއައިއޭގެ މަސައްކަތް ރައީސް މުއިއްޒު ބައްލަވާލެއްވުން: ފޮޓޯ/މި ނޫސް
ހަބަރު
12 Nov 2023 | 19:30
ހަމައެކަނި މިހާރު ކުރިއަށްދާ މަސައްކަތްތަކުން ޓަރމިނަލް ބޭނުން ކުރާކަށް ނުފެށޭނެ: ޑރ މުއިއްޒު

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރިމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ސައުދީ އަރަބިއްޔާގެ ބިން ލާދިން ކުންފުންޏާއި ހަވާލުކުރެވިގެން މިހާރު ކުރިއަށްދާ މަސައްކަތްތަކުން އެެކަނި، އެޓާރމިނަލް ގެ ބޭނުން ކުރަން ފެށޭ ވަނރު ނުވާނެކަމުގައި އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރިމިނަލް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރިއަށްދާ މަސައްކަތްތައް ބައްލަވާލެއްވުމަށް މިއަދު އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަަވަމުންނެވެ. 

އެ މަނިކުފާނުގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވި ގޮތުގައި ސައުދީ އަރަބިއްޔާގެ ބިންލާދިން ކުންފުންނާއި ހަވާލުކުރެވިގެން ކުރިއަށްދާ ސްކޯޕްގެ 54 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވީނަމަވެސް އަދި އެ ސްކޯޕްގެ ބާކީ ބައި ނިމުމަށް އެ ކުންފުނިން އަންދާޒާ ކުރަނީ 2025 ވަނަ އަހަރުގެ މެދެއްހާތަނުގައި ކަމަށެވެ. އެހެންމެވެސް ބާކީ ހުރި މަސައްކަތްތައް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ފުރިހަމަ ކުރުމަށް އެމަނިކުފާނު ބޭނުންފުޅުވެ ވަޑައިގަންނަވާކަމުގައިި އިންތިޚާބީ ރައީސް ފާހަގަކުރެއްވިއެވެ. 

އެހެންކަމުން މިއީ 8 ނުވަތަ 9 ވަރަކަށް މަސްދުވަސް މަސައްކަތް އަވަސްކުރުން ކަމުގައި ފާހަގަ ކުރައްވަމުން އިންތިޚާބީ ރައީސް ޑރ މުއިއްޒު ވިދާޅުވީ، އައު ޓަރމިނަލް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ސްކޯޕްގައި ނުހިމެނޭ، އެހެންނަމަވެސް އެ މަސައްކަތްތަކާއި ނުލައި ޓަރމިނަލް ބޭނުންކުރަން ނުފެށޭ ކަންކަން ހުރިކަން ފާހަގަވެގެން ގޮއްސިކަމުގައި ޑރ މުއިއްޒު ވިދާޅުވިއެވެ. 

އެ ބޭފުޅުންގެ ސްކޯޕްގައި ނުހިމެނޭ މަސައްކަތްތައްވެސް އެބަ ހުރި ވަރަށް ކްރޫޝަލް މަސައްކަތްތަކެއް، އެ މަސައްކަތްތަކާއި ނުލައި އެބޭފުޅުންގެ ސްކޯޕް ނިމުނަސް ތަން ބޭނުން ނުކުރެވޭނެ މަސައްކަތްތައް އެބަ ހުރި، އެކަން ފާހަގަވެގެން ގޮއްސި 

ޑރ މުހައްމަދު މުއިއްޒު

އެގޮތުން އެފަދަ ކަންކަން ފާހަގަ ކުރައްވަމުން ޑރ މުއިއްޒު ވިދާޅުވީ ޓަރމިނަލްގެ ހުރިހާ އޮޕަރޭޝަނަކާއި ގުޅުވައިދޭ ސަރވިސް ރޯޑު  ހެދުމަށް ހަވާލު ކޮށްފައި ނުވާކަމަށާއި ވުމާއެކު އެމަނިކުފާނުގެ އެންމެ އިސް އަމާޒެެއްގެ ގޮތުގައި އެ މަގު ހެދުން ކުރިއަށް ގެންދަވާނެ ކަމަށާއި އެ މަސައްކަތަށްވެސް 10 ވަރަކަށް މަސް ހެދަވާނެކަމަށް އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވިއެވެ. 

މީގެ އިތުރުން ޑރ މުއިއްޒު ފާހަގަ ކުރެއްވި ގޮތުގައި އެ މަޝްރޫއުގެ ދަށުން ހަވާލުކުރެވިފައިވަނީ ހަމައެކަނި "ބޭސިކް ފިނިޝިންގ" ގެ މަސައްކަތްތައްކަމަށާއި މަޝްރޫއަށް އެންމެ މުހިއްމު ޑިއުޓީ ފްރީގެ ސަރަހައްދު ތަރައްގީ ކުރުމަށްވެސް ހަވާލުކުރެވިފައި ނުވާކަމަށެވެ.

އެހެންވީމަ ޑިއުޓީ ފްރީ އޮޕަރޭޝަނަށް ނުގެނެސް މި އެއަރޕޯޓުގެ ފުރިހަމަކަމެއް ނުލިބޭނެ، ކޮންމެ ގޮތެއްވިޔަސް ޑިއުޓީ ފްރީން އާމްދަނީގެ ބޮޑު އެއްޗެއް މި ވަންނަނީ، އެހެންވީމަ ޑިއުޓީ ފްރީ ނިންމަންވެސް ބަޔަކާއި ހަވާލުކުރުމަށްވެސް އަޅުގަނޑުމެން ސަމާލުކަން ދޭނަން 

ޑރ މުއިއްޒު

އެހެންކަމުން ނުނިމި އަދި ހަވާލުނުކުރެވި ހުރިހާ މަސައްކަތެއް ނިންމުމަށް ބަޔަކާއި ހަވާލުކުރެވި، އަދި އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހަމަ ޖެއްސުމާއި އެކީގައި ގުޅިގެން އެންމެ އިސްކަމެއްދޭ މަސައްކަތެއް ގޮތުގައި މި މަޝްރޫޢު ކުރިއަށް ގެންދެވިއްޖެ ނަމަ، އަމާޒުކުރެވިފައިވާ ލަނޑުދަނޑި އާއި އެއްގޮތަށް 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އެ މަޝްރޫޢު ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތްކަމުގައި ޑރ މުއިއްޒު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Jul 2026
އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް
ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.
08 Jul 2026
އެމްޑީޕީގެ މަގު ޗާޓު ކޮމިޓީ އެކުލަވާލައިފި، މުގައްރިރަކީ ފައްޔާޒް
އެމްޑީޕީން މިރޭ ބުނީ އެ ޕާޓީގެ ސެކްރެޓޭރިއެޓުން ވަނީ ޕާޓީގެ އަސާސީ ގަވާއިދު އާއި ހިންގުމަށް އަންނަންޖެހޭ ބަދަލުތަކުގެ މަގު ޗާޓު އެކުލަވާލާފައި ކަމަށެވެ.
08 Jul 2026
ރާއްޖެ-އިންޑިއާ އެފްޓީއޭއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވައިފި
މި ބައްދަލްވުމާއި ގުޅޭގޮތުން މިނިސްޓަރު ސައީދު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު އެހާމެ އުފެއްދުންތެރި މަޝްވަރާތަކެއް ކުރިއަށް ގެންދެވުނު ބައްދަލްވުމެއް ކަމަށެވެ.
08 Jul 2026
ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެެއް, އަނިޔާވި މީހާއަށް ފަރުވާ ދެނީ
​މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
08 Jul 2026
ވިނަރެސްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް / ނަޞްރުﷲ ޝަކީލު ޙުސައިން (38އ) އެވެ.
08 Jul 2026
ޗައިނާއިން ރާއްޖެއަށް ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ހަދިޔާކޮށްފި
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިޢުއާ ހަވާލުކުރައްވާފަ އެވެ.
08 Jul 2026
ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް އެމްއާރް ވެކްސިން ޑޯޒު ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އިންޓާނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް، ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ އެމްއާރް ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު ހަދިޔާކޮށްފި އެވެ.
08 Jul 2026
އައްޑޫއާ 933 ކިލޯ މީޓަރު ދުރަށް ބިންހެލުމެއް، ރާއްޖެއަށް އަސަރެއް ނުކުރާނެ
މެޓް އޮފީހުން ބުނީ ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެއަށް ނުކުރާނެ ކަމަށެވެ.