ޑރ މުއިއްޒު އާ ޓާމިނަލަށް ޒިޔާރަތް ކުރެއްވުން
ހަބަރު
12 Nov 2023 | 22:11
ބޭނުންވަނީ އެއާޕޯޓް އަންނަ އަހަރުގެ އޮކްޓޫބަރަށް ނިންމަން: ޑރ މުއިއްޒު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ 51% އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި ބޭނުންވަނީ ބަކީ ނުނިމި ހުރި މަސައްކަތް ތައް އަންނަ އަހަރުގެ އޮކްޓޫބަރު މަހަށް ނިންމަން ކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ ޓާމިނަލް މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން މުއިއްޒު ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރެއްގައި އެއާޕޯޓުގެ މަޝްރޫއު ވެގެން ދާނީ އެންމެ އިސްކަމެއް ދެވިގެން ކުރިއަށް ދާން މަޝްރޫއު ކަމަށެވެ. އޭގެ ސަބަބެއް ކަމުގައި ވިދާޅުވީ ރާއްޖޭގެ އިގްތިޞާދު ކޮޅަށް ޖަހައިދޭ މައިގަނޑު ތަބަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވުމެވެ.

"އަޅުގަނޑަށް އެނގޭ މައުލޫމާތަކީ މިކުރެވޭ މަސައްކަތުގެ ތެރެއިން ސައުދީ ބިން ލާދިން ގްރޫޕާއި ހަވާލު ކުރެވިފައިވާ މަސައްކަތުގެ ތެރެއިން އެބޭފުޅުންގެ ސްކޯޕުން ގާތްގަނޑަކަށް 54% ނިމިފައިވާ ކަމަށް އެބޭފުޅުން ވިދާޅުވޭ. ދެން އޭގެ ނިޝާން ތައް އެބަ ފެނޭ. އެބޭފުޅުންގެ ސްކޯޕްގައި މަޝްރޫއު ނިންމަން އެބައޮތް 2025 ގެ މެދަކާއި ހިސާބުގައި" އެބޭފުޅާ ވިދާޅުވިއެވެ.

ޓާމިނަލް ގެ މަސައްކަތުގެ ސްޕީޑް މިހާރަށް ވުރެ ބޮޑަށް އަވަސް ކުރުމަށް ބޭނުންވާކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.

މި މަސައްކަތް ތަކުގެ އިތުރުން ވެސް އެއާޕޯޓުގެ މަގު ހެދުމާއި ޖެޓް ޓާމިނަލްއާއި އެއާޕޯޓު ޕާކިން އަށް ވެސް އެކަށީގެންވާ ހައްލެއް ގެނައުމަށް ބަޔަކާއި ހަވާލު ކުރަން ޖެހޭ ކަމަށް ވަނީ އިންތިހާބީ ރައީސް ވިދާޅުވެފައެވެ.

އެއާޕޯޓު ޓާމިނަލް ގެ މަސައްކަތަކީ ނުނިމި ވަރަށް ގިނަ ދުވަސް ތަކެއް ވެގެން ދިޔަ މަސައްކަތް ތަކެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.