މަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲ/ ފޮޓޯ: އިންޓަނެޓް
ހަބަރު
13 Nov 2023 | 11:21
އީވާ ނައިބު ރައީސްކަމުން ވަކިކުރަން އެމްޑީޕީ ޕީޖީން ފާސްކޮށްފި

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ އަބްދުالله ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފި އެވެ. 

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އެފަދައިން ނިންމާފައިވަނީ މިއަދު ބޭއްވި ޕީޖީ ބައްދަލުވުމުގައެވެ. އަދި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް ޕީޖީން ނިންމާފައިވާކަން ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. 

އެމްޑީޕީން ވަނީ އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށައެޅުމަށް މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ވެސް ފަށާފައެވެ. އެހެން ނަމަވެސް މިހާތަނަށް ސޮއި ހޯދުނު އަދަދު އަދި އެމްޑީޕީގެ ޕީޖީން ހާމަކޮށްފައެއް ނުވެއެވެ. 

މީގެ ކުރިން ވެސް އެމްޑީޕީން ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅާފައެވެ.

އެހެން ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެ މައްސަލަ ޕާޓީން އަނބުރާ ނަގާފައިވާއިރު، ދެވަނަ ފަހަރަށް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށް އެމްޑީޕީން މަސައްކަތްކޮށްފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުން ވަކިކުރުމަށް ހުށައަޅާ މައްސަލައިގެ ގަރާރު އިއްވުމަށް ބޭއްވި ޖަލްސާ ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅާ ނިންމާލުމާއި ގުޅިގެންނެވެ. 

އިއްޔެ މަޖިލީހުގައި އެކަމަށް ޖަލްސާއެއް އެޖެންޑާ ކުރެވުނު ނަމަވެސް އީވާ ވަނީ އެއީ، ބޭރުކޮށްލާފައިވާ ގަރާރެއްކަން ފާހަގަކޮށް އެ ޖަލްސާ ކުރިއަށް ނުގެންދިއުމަށް ނިންމާފައެވެ. 

އެމްޑީޕީގެ މެމްބަރުން ސިފަކުރެއްވީ އެއީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށެވެ. އަދި އެ މައްސަލަ ސުލޫކު ކޮމެޓީއަށް ހުށައަޅާ ވަނީ އެ ގޮތަށް ފާސް ވެސް ކޮށްފައެވެ. 

އީވާ ވަކިކުރަން ސޮއި ހޯދަން ފެށީވެސް އެކަން އެގޮތަށް ފާސްކުރުމަށް ފަހުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.