ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން އިހުތިޖާޖު ކުރަނީ/ ފޮޓޯ: ވޮއިސް
ހަބަރު
13 Nov 2023 | 13:49
މަޖިލީހުގައި ހައިޖާނު ހަދާ ޖަލްސާ ކުރިއަށް ގެންދަން ފުރުސަތެއް ނުދިން!

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله ރިޔާސަތުގައި އިންނެވުމާއި ދެކޮޅަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އިހުތިޖާޖު ކުރަމުން ދިއުމާއި ގުޅިގެން، މަޖިލީސް ހޫނުވެ މިއަދަށް ތާވަލުކުރި ޖަލްސާ އަނެއްކާވެސް މެދުކަނޑާލަން ޖެހިއްޖެ އެވެ. 

މިއަދުގެ 9:00 އަށް އެޖެންޑާކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮތީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން އެލުކަލާވާފައިވާ ބަޖެޓު މަޖިލީހަށް ހުށައެޅުމަށް ތާވަލުކޮށްފައެވެ.

އެހެން ނަމަވެސް ކޯރަމް ހަމަނުވާތީ އެ ޖަލްސާ މެދުކަނޑާލާފައިވާއިރު، ރިޔާސަތު ބެލެހެއްޓެވި ނައިބު ރައީސް އީވާ ވިދާޅުވީ ބަޖެޓު ހުށައެޅުމަކީ މަޖިލީހުން ކޮންމެހެން ކުރަން ޖެހޭ ކަމަކަށް ވާތީއާއި، ކޯރަމަ ހަމަކޮށްގެން ޖަލްސާ ކުރިއަށް ގެންދިއުމަށް މަސައްކަތްޕުޅު ކުރެއްވާނެ ކަމަށެވެ. 

އެފަހުން ވެސް އެ ޖަލްސާ ކުރިއަށް ގެންދިއުމަށް އީވާ މަސައްކަތްޕުޅު ކުރެއްވި އެވެ. އެހެން ނަމަވެސް އެ ފަހަރުވެސް ކޯރަމަ ހަމަނުވާތީ ބަޖެޓު ހުށައަޅާ ޖަލްސާ ކުރިއަށް ގެންދެވޭގޮތް ވަނީ ނުވެފައެވެ. 

ދެން މިއަދުގެ 11:00 ގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމާއި ގުޅޭ ޖަލްސާ ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި ނައިބު ރައީސް އީވާ އިންނަވާ މަސައްކަތް ކުރެއްވިއެވެ. 

އެހެން ނަމަވެސް އެ ޖަލްސާގެ އެޖެންޑާ ހުށައަޅުއްވަމުން ގެންދެވި ވަގުތު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވަނީ އީވާ ރިޔާސަތުގައި އިންނެވުމާއި ދެކޮޅަށް އަޑުއުފުއްލަވާ ނުރުހުން ފާޅުކުރައްވާފަ އެވެ. އަދި އެ މެމްބަރުންނާއި ދެކޮޅަށް ދަ ޑިމޮކްރެޓސްގެ މެމްބަރުން ވެސް އަޑުއުފުލާފައި ވެއެވެ. 

މަޖިލީސް ތަޅުމުގައި މެމްބަރުން އަޑުގަދަކުރަމުން ދިއުމާއި ގުޅިގެން މަޖިލީހުގެ ނިޒާމު ގެއްލިފައިވާތީ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ނައިބު ރައީސް އީވާއަށް ޖެހިވަޑައިގަތީ އެ ޖަލްސާވެސް މެދުކަނޑާލައްވާށެވެ. 

އެފަހުން ވެސް ޖަލްސާ ފައްޓަވައިގެން ކުރިއަށް ގެންދިއުމަށް އީވާ މަސައްކަތްޕުޅު ކުރެއްވިއެވެ. އެހެން ނަމަވެސް އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެމްބަރުންގެ އިހުތިޖާޖުކުރަމުން ދިއުމާއި، މަޖިލީހުގައި ތާޅަފިއްޔާއި ދުންމާރި ހިފައިގެން އަޑުގަދަކުރަމުން ދިއުމާއި ގުޅިގެން ޖަލްސާ ކުރިއަށް ގެންދެވޭގޮތް ނުވެގެން ވަނީ މެދުކަނޑާލަން ޖެހިފައެވެ. 

12:30 އަށް ޖަލްސާ މެދުކަނޑާލައްވަމުން އީވާ ވިދާޅުވީ އަދިވެސް މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް އެކަމަނާ މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި ދެން ޖަލްސާ ފައްޓަވާނެ ވަގުތެއް މެމްބަރުންނަށް އަންގަވާނެ ކަމަށާއި، މި ލިބޭ ވަގުތުކޮޅުގައި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައިގެން މަޖިލީސް ކުރިއަށް ގެންދެވޭނެ ގޮތާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް އީވާ ވިދާޅުވި އެވެ. 

ކޮމެންޓް
ދުމަހުއަ
ޥަރަށް މޮޅުކަމެއް ތިކުރަނީި ބޯހަލާކު
13 Nov 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.